Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގެ ޙާލަތު

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި 9،000 އަންހެނުން މަރުވި: އދ

ޣައްޒާގެ އަންހެނުންގެ ތެރެއިން 95 އިންސައްތަ މައިންނަކީ ކާއެއްޗެހި ދަތިވެ، ދަރިންނަށް ކާންދިނުމަށް މަދުވެގެން އެއް އިރުގެ ކެއުން ދޫކޮށްލާ މީހުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 3 މާރިޗު 2024 | އާދީއްތަ 12:47
ޣައްޒާގައި ހާލުގައި ޖެހިފައިވާ އަންހެނުންތަކެއް

ޣައްޒާގައި ހާލުގައި ޖެހިފައިވާ އަންހެނުންތަކެއް

ހަނގުރާމައިގެ ފަސް މަސްދުވަހުގެ ތެރޭގައި ޣައްޒާގައި އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 9،000 އަންހެނުން މަރުވެފައި ވާކަމަށް އދ.ން ބުނެފިއެވެ.

އދ.ގެ އިންސަނީ ހައްގުތަކާބެހޭ އިދާރާއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ކުރިއަށްދާ ކޮންމެ ދުވަހަކު ވެސް އެވްރެޖްކޮށް 63 އަންހެނުން މަރުވަމުން ދާނެއެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 37 މައިން މަރުވެ، އާއިލާތައް ބިކަވެ، ދަރިންނަށް ރައްކާތެރިކަން ކުޑަވެގެންދެއެވެ.

ޣައްޒާގެ ކޮންމެ ފަސް އަންހެނަކުން ހަތަރު އަންހެނަކު (84 ޕަސެންޓް) ހާމަކުރާ ގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި އެމީހުންގެ އާއިލާގެ މަދުވެގެން އެކަކު ކެއުން ދޫކޮށްލަން ޖެހުނެވެ. އޭގެ ތެރެއިން 95 އިންސައްތަ މައިންނަކީ ކާއެއްޗެހި ދަތިވެ، ދަރިންނަށް ކާންދިނުމަށްޓަކައި މަދުވެގެން އެއް އިރުގެ ކެއުން ދޫކޮށްލާ މީހުންނެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީއަށް ހަފުތާއެއްގެ ތެރޭގައި ކާބޯތަކެތީގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ކޮންމެ 10 އަންހެނަކުން ގާތްގަނޑަކަށް ނުވަ އަންހެނަކު (87 ޕަސެންޓް) ރިޕޯޓްކުރާ ގޮތުގައި، ފިރިހެނުންނަށްވުރެ ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި، ބައެއް އަންހެނުންނަށް މިހާރު ވަނީ ކުނިތަކުގެ ދަށުގައި ނުވަތަ ޑަސްބިންތަކުން ކާބޯތަކެތި ހޯދުމުގެ މަސައްކަތް ކުރުންފަދަ ސިއްހީގޮތުން ނުރައްކާތެރި ކަންކަމާ ކުރިމަތިލާން ޖެހިފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާގައި ސަރވޭކުރި އަންހެނުންގެ 12 ޖަމްއިއްޔާގެ ތެރެއިން 10 ޖަމިއްޔާއަކުން ވަނީ، އެ ޖަމިއްޔާތައް އޮޕަރޭޓްކޮށް އިމަޖެންސީ ރެސްޕޮންސްގެ ޒަރޫރީ ގިނަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށް ބުނެފައެވެ. ގައުމީ ނުވަތަ ލޯކަލް އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ތަފާތު މަސައްކަތްތަކެއް ކުރިނަމަވެސް، 2023 ވަނަ އަހަރުގެ ފްލޭޝް އެޕީލް މެދުވެރިކޮށް އެފަދަ ޖަމްއިއްޔާތަކަށް ލިބިފައިވަނީ އިންސާނީ އެހީއަށް ލިބުނު ފައިސާގެ އެންމެ އެކެއް އިންސައްތައަށްވުރެ ވެސް މަދު އަދަދެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މި ޖަމްއިއްޔާތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަކީ އަންހެނުންނާއި އެމީހުންގެ ޢާއިލާތަކާއި މުޖުތަމައުތަކުގެ ބޮޑެތި ކަންކަން ފުއްދައިދިނުމަށާއި، ޣައްޒާގެ އަންހެނުންގެ ބަނޑުފުރާނަ މުއްތިކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އޮކްޓޯބަރު 7، 2023ގައި ހަމާސް ޖަމާއަތުން ދިން ހަމަލާގައި ގާތްގަނޑަކަށް 1،200އެއްހާ މީހުން މަރުވިކަމަށް ތެލް އަވީވުން ބުނިފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭންފަށައިފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30،335 މީހުން ޝަހީދުވެ، 70،450ށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ (ޚާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން) ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ، ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރު ވެފައިކަމަށް އދ.ން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި، ފިޔަވަޅުތައް އެޅުމަށް ތެލްއަވީވަށް އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި

މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި

10 ސެޕްޓެމްބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17ގައި ބާއްވަނީ

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17ގައި ބާއްވަނީ

05 ސެޕްޓެމްބަރު 2017
ބާސެލޯނާ ހަމަލާ: މަރުވި 3 އަހަރުގެ ހާވިއޭގެ ބައްޕަ "މުސްލިމުންނާ އެކު"

ބާސެލޯނާ ހަމަލާ: މަރުވި 3 އަހަރުގެ ހާވިއޭގެ ބައްޕަ "މުސްލިމުންނާ އެކު"

26 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

10 އޯގަސްޓު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު