Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް ޓްރެފިކްކުރުން

އަރުޝަދުގެ ޑްރަގް ނެޓްވޯކްގައި ހިމެނޭކަމަށް ބުނާ އަސްލަމް ނާޒިމްގެ މައްޗަށް ކުށް ސާބިތުވީ ރަނގަޅަށް: ހައިކޯޓު

ކުށް ސާބިތުވީ ހުސައިން ޒަހީން އާއި އަސްލަމް ނާޒިމް މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 މާރިޗު 2024 | އާދީއްތަ 07:11
ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުން

ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުން

މަސްތުވާތަކެތީގެ ނެޓްވޯކެއްގެ އިސްކޮށް އުޅޭ ފަރާތްކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ޚާލިދުގެ ޑްރަގް ނެޓްވޯކްގައި ހިމެނޭ އަސްލަމް ނާޒިމްގެ މައްޗަށް ކުށް ސާބިތުވީ ރަނގަޅަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެތަކެއް ބަލައި ފާސް ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ.

Advertisement - newsAdvertisement

މަސްތުވާތަކެތީގެ މި މައްސަލައިގައި، ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ.

އަދި މި މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ހޯދާފައިވެއެވެ.

މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރި ފަސް މީހުންނަކީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަރުޝަދަކީ އިސްކޮށް އުޅުނު މީހާކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ.

ނަމަވެސް އޭރު މި މައްސަލަ ނިމިގެން ދިޔައިރު ކުށް ސާބިތުވީ ހުސައިން ޒަހީން އާއި އަސްލަމް ނާޒިމް މައްޗަށެވެ. ދެން ތިބި މީހުން ދޫވިއިރު، އޭގެ ތެރޭގައި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށްބުނާ އަރުޝަދުވެސް ހިމެނެއެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުވެސް ކުރިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ސާބިތުވި ހުސައިން ޒަހީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިމިފައިވަނީ އޭނާއާ ދެކޮޅަށެވެ.

މި މައްސަލަ ސާބިތުވި އަސްލަމް ނާޒިމްގެ ފަރާތުންވެސް މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އެގޮތުން އޭނާ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރި ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އޭނާގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ހައިކޯޓުން މިހާރު ވަނީ މި މައްސަލަ ބަލައި ގޮތެއް ކަނޑައަޅާފައެވެ.

އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ ދަށު ކޯޓުން އަސްލަމް ނާޒިމްގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް

ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް

26 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު