Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

މޮންޒާ ބަލިކޮށް، ރޯމާ އިން ގަދަ ހަތަރެއްގެ އުންމީދުގައި

މޮޅާއެކު ރޯމާ އޮތީ ފަސް ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2024 | އާދީއްތަ 06:05
މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރޯމާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރޯމާ އިން ގަދަ ހަތަރެއްގެ އުންމީދު ހިފަހައްޓައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ މޮންޒާގެ ދަނޑުގައި ކުޅުނު މެޗު ރޯމާ އިން ކާމިޔާބު ކުރީ، 4-1 އިންނެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ރޯމާގެ ރަޔާން ކްރިސްޓޭންޓް ލަނޑު ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި ރޯމާ އަށް ލީޑު ނަގައިދިނީ ލޮރެންޒޯ ޕެލެގްރިނީ އެވެ. އޭނާ އެ ލަނޑު ޖެހީ ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ރޯމާގެ ދެ ވަނަ ލަނޑު ޖެހީ ލުކާކޫ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕައުލޯ ޑިބާލާ އެވެ.

ދެ ވަނަ ހާފުގައި ވެސް ރޯމާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. 63 ވަނަ މިނެޓުގައި ޑިބާލާ ތިން ވަނަ ލަނޑު ޖެހިއިރު، ފަހު ލަނޑު ލިއާންޑްރޯ ޕަރޭޑަސް ޖެހީ 82 ވަނަ މިނެޓުގަ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އޭނާ ޖެހި ލަނޑެކެވެ. މެޗުގައި މޮންޒާގެ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ޖެހީ، އަންޑްރިއާ ކާބޮނީ އެވެ.

މޮޅާއެކު ރޯމާ އޮތީ ފަސް ވަނައިގަ އެވެ. އެއީ މިހާާތަނަށް ކުޅުނު 27 މެޗުން 47 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި ބޮލޮގްނާ އަށް 48 ޕޮއިންޓު ލިބެނީ ރޯމާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު