Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޣިޔާޘުއްދީން ސްކޫލް

އެޑްމިޝަން ފޯމުގައި "ޓްރާންސްޖެންޑާ" ޖެހުނީ އޮޅުމަކުން: ޣިޔާޘުއްދީން ސްކޫލް

އެކަމަށްޓަކައި މައާފަށް އެދެމުން އެފަދަ ކަމެއް ދެވަނަ ފަހަރަކަށް ނުވާނެ ކަމުގެ ޔަގީންކަން އެ ސްކޫލުން ދީފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 3 މާރިޗު 2024 | އާދީއްތަ 06:23
ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލު

ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލު

ސްކޫލަށް ވަނުމަށް އެދޭ ފޯމުގައި "ޓްރާންސްޖެންޑާ" ނުވަތަ "ޖިންސު ބަދަލުކުރި" ކަމުގެ އިޚްތިޔާރު ހިމެނުނީ އޮޅުމަކުން ކަމަށް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ބުނެފިއެވެ.

މާލެ ސިޓީގައި ހުންނަ ޣިޔާޘުއްދީން ސްކޫލަށް ވަނުމަށް އެދޭ ފޯމުގެ ޖިންސު ޚިޔާރުކުރުމުގެ އޮޕްޝަންގައި، "ޓްރާންސްޖެންޑާ" ހިމެނިފައިވާ ކަމަށް ބުނެ، އެ ޕޯޓަލްގެ ސްކްރީން ޝޮޓްތަކެއް މީސް މީޑިޔާގައި ދައުރުވިއެވެ. އެކަމާ ގުޅިގެން އެ ސްކޫލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

Advertisement - newsAdvertisement

އެ އަމާޒު ކިޔުންތަކާ ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، 2024-2025 ވަނަ އަހަރުގެ ގްރޭޑް އެކަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެޑްމިޝަން ހުޅުވުމުގެ ތެރޭގައި، ޖިންސު އިޚްތިޔާރު ކުރުމުގެ މެނޫ އަށް، ޓްރާންސްޖެންޑާ އިތުރު ކޮށްފައިވަނީ އެ ސްކޫލު ހިންގާ ފަރާތުގެ އީއާރްޕީ ސިސްޓަމުގެ ތެރެއިން، އިންޑިޔާ އަދި ބޭރު އެހެން ގައުމުތަކަށް ކަމަށެވެ.

އެހެން ނަމަވެސް އެ ބަދަލު ރާއްޖޭގެ ޣިޔާޘުއްދީން ސްކޫލުގެ ފޯމުގައި ހިމެނުނު ކަމަށާއި، އެ ކަން އެހެން ދިމާވީ ބަލަންޖެހޭ ވަރަށް ކަންކަން ނުބެލި، ޣިޔާޘުއްދީން ފޯމުގައި އެ ބަދަލު ހިމެނުނުކަން ޔަގީން ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

އަދި އެކަން ފާހަގަ ކުރެވުނު ހިސާބުން، އެ ކަން އިސްލާޙުކުރުމަށް ޑެވެލޮޕަރުންނާ ވާހަކަ ދައްކައިގެން، އެ އޮޕްޝަން އުނިކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަމަށްޓަކައި އާންމުންގެ ކިބައިން މަޢާފަށް އެދެމުން އެ ބަޔާނުގައި ބުނީ، އެ ސްކޫލުން ރާއްޖޭގައި ފާއިތުވި 14 އަހަރު ފޯރުކޮށްދިން ޚިދުމަތުގައި، އަބަދުވެސް ބެލީ ރާއްޖޭގެ ޤާނޫނުތަކަށާއި އިސްލާމް ދީނުގެ އުސޫލުތަކުގެ މަތިން ޢަމަލުކޮށް، ރިވެތި އުސޫލުތައް ކިޔަވައިދިނުމަށް ކަމަށެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރަށް ނުވާނެ ކަމުގެ ޔަގީންކަން އެ ސްކޫލުން ދީފައިވެއެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2018

ވޯޓާސް ލިސްޓްގައި ފޮޓޯ ޖަހަންޖެހޭ ގޮތަށް ޤަވާޢިދު ގެޒެޓްކުރެވުނީ އޮޅުމަކުން: އިލެކްޝަންސް

23 ޖުލައި 2018
ވޯޓާސް ލިސްޓްގައި ފޮޓޯ ޖަހަންޖެހޭ ގޮތަށް ޤަވާޢިދު ގެޒެޓްކުރެވުނީ އޮޅުމަކުން: އިލެކްޝަންސް
04 ޖޫން 2018

ފާއިޒްގެ ބަހުގެ ހަމަލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް: އެދުވަހު ސިއްރު ހެކި ބަލައިނުގަތް ނަމަ މިއަދު އެކަމާ ކުރިމަތިލާކަށް ނުޖެހުނީސް

04 ޖޫން 2018
ފާއިޒްގެ ބަހުގެ ހަމަލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް: އެދުވަހު ސިއްރު ހެކި ބަލައިނުގަތް ނަމަ މިއަދު އެކަމާ ކުރިމަތިލާކަށް ނުޖެހުނީސް
14 މެއި 2018

ރައީސް މައުމޫނަށް އާއިލީ ބައްދަލުވުން ދިނުން ހުއްޓާލީ އޮޅުމަކުން: ފުލުހުން

14 މެއި 2018
ރައީސް މައުމޫނަށް އާއިލީ ބައްދަލުވުން ދިނުން ހުއްޓާލީ އޮޅުމަކުން: ފުލުހުން
03 މެއި 2018

މޭޑޭ މުޒާހަރާއަށް ނުކުންނަންޖެހުނީ މިސަރުކާރުން މަސައްކަތްތެރިންނަށް ޚިޔާނާތްތެރިވީމަ: އަމީތު

03 މެއި 2018
މޭޑޭ މުޒާހަރާއަށް ނުކުންނަންޖެހުނީ މިސަރުކާރުން މަސައްކަތްތެރިންނަށް ޚިޔާނާތްތެރިވީމަ: އަމީތު
06 އެޕްރީލު 2018

އަޖަލު ޖެހުނީމަ ޖެހޭނީ ފައިބަން، އަޖަލު ޖެހޭނެ: އަލީ ހުސެއިން

06 އެޕްރީލު 2018
އަޖަލު ޖެހުނީމަ ޖެހޭނީ ފައިބަން، އަޖަލު ޖެހޭނެ: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު