Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2025 ފަށައިފި

31 ޖުލައި 2025 | ބުރާސްފަތި 14:58

މި މުބާރާތަކީ ދިވެހި ރާއްޖޭގެ އީ-ސްޕޯޓްސް އަދި ގޭމިން ދާއިރާ ކުރިއެރުވުމަށް ދިރާގު ގޭމާސް ގިލްޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޖުލައި 2025 | ބުރާސްފަތި 14:58
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ)

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ)

1،500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިންނާއެކު, ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) ފަށައިފިއެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އެ ކޮންކުއެސްޓް ފަށާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ޑީއެމްޖީސީ 2025 ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާދަވެރި ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. މި މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ކުޅުންތެރިންނަށް ޖުމްލަ 170،000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ގޭމިންގ ތާރީހުގައި ފާހަގަކޮށްލެވޭ ހާއްސަ ދުވަހެއް. މިއަދު މި ފަށަނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް. މިއީ، ދިރާގު ގޭމާސް ގިލްޑް މެދުވެރިކޮށް، ގޭމް ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ އިތުރުން ޒިންމާދާރުކަމާއެކު ގޭމް ކުޅުމުގެ އާދަތައް (ރެސްޕޮންސިބަލް ގޭމިންގ) އަށަގަންނުވައި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ
ދިރާގުގެ ޑިރެކްޓަރ އޮފް ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަން، މިރްޝާން ހަސަން

ޑީއެމްޖީސީ 2025ގެ މައިގަނޑު މުބާރާތްތަކުގެ އިތުރުން ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރޭސިންގ ސިމިއުލޭޝަން ޒޯން، ވަރޗުއަލް ރިއަލިޓީ (ވީއާރު) ޒޯން، ފްރީ ޓު ޕްލޭ ސްޓޭޝަންސް އަދި ބޯޑް ގޭމްސް ފަދަ ތަފާތު އެކްޓިވިޓީތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތްތައް ކުރިއަށްދާއިރު، ކާބޯތަކެއްޗާއި ގޭމިންގ އެކްސެސަރީޒް އަދި އެހެނިހެން ތަކެއްޗަށް ހާއްސަ ސްޓޯލްތަކެއް ވެސް ވަނީ ހިމަނައިފައެވެ.

މި މުބާރާތަކީ ދިވެހި ރާއްޖޭގެ އީ-ސްޕޯޓްސް އަދި ގޭމިން ދާއިރާ ކުރިއެރުވުމަށް ދިރާގު ގޭމާސް ގިލްޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް