Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

މިތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި، ލާޒިއޯ މެޗުން މޮޅުވާން ޖެހޭ: ފްރެއުންޑް

ފްރެއުންޑް ވިދާޅުވީ، މިވަގުތު ބަޔާންގެ އެންމެހައި ކުޅުންތެރިން އަދި އިސްވެރިން ވެސް ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2024 | އާދީއްތަ 00:44
ބަޔާން މިއުނިކްގެ ޑައިރެކްޓަރު ފްރެއުންޑް

ބަޔާން މިއުނިކްގެ ޑައިރެކްޓަރު ފްރެއުންޑް

ޖަރުމަނުގެ ބަޔާން މިއުނިކް މިވަގުތު އޮތީ، ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށާއި، ކުރިއަށް އޮތް ލާޒިއޯ މެޗުން މޮޅުވާން ޖެހޭ ކަމަށް އެ ކުލަބުގެ ޑައިރެކްޓަރު ކްރިސްޓޮފް ފްރެއުންޑް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވޯ، ބަޔާނަށް ކުރިއަށް އޮތް މެޗަށް އިޝާރާތް ކޮށެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބަޔާނުން ނިކުންނާނީ ލާޒިއޯއާ ދެކޮޅަށެވެ. ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ބަޔާން ވަނީ ބަލިވެފަ އެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވެގެން ނޫން ގޮތަކަށް، ބަޔާނަށް ކުއާޓާ ފައިނަލްގެ ޖާގަ ލިބެން ނެތެވެ. ދެ ވަނަ ލެގުގެ މެޗަށް ނިކުންނައިރު، ޖަރުމަނު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަޔާން ވަނީ އެއްވަރުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފްރެއުންޑް ވިދާޅުވީ، ކޮންމެ ގޮތެއް ވިޔަސް މިވަގުތު ބަޔާންގެ އެންމެހައި ކުޅުންތެރިން އަދި އިސްވެރިން ވެސް ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް، އަންގާރަ ދުވަހުގެ ރޭ ބަޔާނުން ކުޅޭ މެޗަކީ އެ ޓީމަށް ވަރަށް މުހިންމު މެޗެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ވެސް، އެ މެޗުގެ މުހިންމު ކަމާމެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ފްރެއުންޑް ވިދާޅުވީ، ފުރިހަމަ ނުވަ ދިހަ މިނެޓު ބަޔާންގެ އަމިއްލަ އަތް މަތީގައި އޮތް ކަމަށާއި، އެކަމުގެ ފައިދާ ނަގައިގެން ކުރިއަށް ދާން ޖެހޭ ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާނަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ޖަރުމަނު ލީގުގެ ތަށި ވެސް އެ ޓީމަށް ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ވަނީ ކުޑަވެފަ އެވެ. ބަޔާނާއި، އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށްގެން، އެ ފަރަގު 10 ޕޮއިންޓަށް ފުޅާ ކުރުމުގެ ފުރުސަތު ލެވަކޫސަނަށް އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު