Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ޒަވީގެ ނެތް!

3 މާރިޗު 2024 | އާދީއްތަ 00:05

ޒަވީ ބުނީ، މި ސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ނިންމި ނިންމުމުގައި ސާބިތުވެ ހުންނާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2024 | އާދީއްތަ 00:05
ސްޕެއިންގެ ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޒަވީ

ސްޕެއިންގެ ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޒަވީ

ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާގެ ލެޖެންޑްރީ ކުޅުންތެރިޔާ، އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، މިދިޔަ އަހަރު ވަނީ ޒަވީގެ އެއްބަސްވުން އައު ކޮށްފަ އެވެ. އައު އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ޒަވީގެ އިރުޝާދުގެ ދަށުން، މި ސީޒަންގައި ބާސެލޯނާގެ ނަތީޖާތައް ދަށްވެފައިވާތީ އޭނާ ވަނީ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އަދި އޭނާ ވަނީ އެކަން ކުލަބުގެ ވެރިންނަށް ވެސް އަންގައިފަ އެވެ.

އެކަމާ ގުޅިގެން ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ ވިދާޅުވެފައި ވަނީ، އައު ކޯޗަކު ހޯދަން މަސައްކަތް ނުފަށާ ކަމަށެވެ. އަދި މިވަގުތު ގިނަ ކޯޗުން ތިބީ އެކި މަގާމުތަކުގައި ކަމަށް ވެސް ޑެކޯ ވިދާޅުވި އެވެ. އިތުރަށް އޭނާ ވިދާޅުވީ، ޒަވީގެ ނިންމުން ބަދަލުކޮށް ކުލަބުގައި މަޑުކުރަން ނިންމައިފި ނަމަ، ޒަވީ އަށް އަދިވެސް ފުރުސަތު އޮންނާނެ ކަމަަށެވެ. ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބާސެލޯނާގެ އިސްވެރިން ވެސް ބޭނުން ވަނީ ޒަވީ އެ ކުލަބުގައި މަޑު ކުރުމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ވާހަކަ ދައްކަމުން ޒަވީ ބުނީ، މި ސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ނިންމި ނިންމުމުގައި ސާބިތުވެ ހުންނާނެ ކަމަށެވެ. އޭނާ ބުނީ އެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އެ ފަދަ ޙާލަތެއް ވެސް ނާންނާނެ ކަމަށެވެ. އެހެންކަމުން، ކުލަބުގެ އިސްވެރިންނާ ވެސް މަޝްވަރާކޮށްފައިވާ ގޮތަށް، ކުލަބު ދޫކޮށްލާނެކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ބާސެލޯނާާ އާއެކު ގިނަ ކާާމިޔާބީތަކެއް ހޯދި ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެވެ. ޒަވީގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބާސެލޯނާ އަށް ސްޕެނިޝް ލީގު ދިފާއު ކުރެވޭނެ ކަމުގެ އުންމީދެއް ނެތްއިރު، އޭނާ އަށް އަންނަނީ ފާޑު ކިޔުންތައް ވެސް އަމާޒުވަމުންނެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް