Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު

މަޢުލޫމާތު ދިނުމާއި ހާމަކުރުމުގައި، ފިޔަވަޅު އަޅަނީ ފަހަތަށް!

4 މާރިޗު 2024 | ހޯމަ 06:12

ސަރުކާރުގައި ތަރުޖަމާނެއް ނެތްއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ކުރާ ސުވާލަށް ޖަވާބެއް ނުލިބޭ، ކަންކަން އޮންނަނީ "ސިއްރު" ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2024 | ހޯމަ 06:12
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މިއީ ކަންކަން ހާމަކުރާނެ ކަމަށް ބުނަމުން އައި ސަރުކާރެކެވެ. ރައްޔިތުންނަށް ފޮރުވަން ޖެހޭ ހަމަ އެންމެ ކަމެއް ވެސް ނޯންނާނެ ކަމަށް ބުނަމުން އައި ސަރުކާރެކެވެ. ސަރުކާރުގެ ދެ ފުށް ފެންނާނެ ކަމަށް ބުނެ، އެ ވައުދު ވިއްކަމުން އައި ސަރުކާރެކެވެ. ކުރީ ސަރުކާރުން ކަންކަން ހާމަނުކުރާ ކަމަށާއި، ތިމަންނާމެން އެކަން ދޫކޮށްލާނެ ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރެކެވެ. ސަރުކާރުން އިސްވެ، ރައްޔިތުންނަށް މަޢުލޫމާތު ހާމަކުރާނެ ކަމަށާއި، މަޢުލޫމާތު ނުލިބިގެން ނޫސްވެރިން ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) ލާން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ.

އެކަންކަމާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، މިއަދު ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެކެވެ. އުޑާއި ބިމާހާ ތަފާތެވެ. ދެއްކެވި ވާހަކަފުޅުތައް މަތިން ހަނދުމަފުޅު ނެތި، މިއަދު މި ވަނީ މުޅިން އެހެން ޙާލަތަކަށް ޤައުމު ސޮއްސާލައިފަ އެވެ. ނޫސްވެރިން ބޭނުންވާ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަންކަން ހާމަކުރުމުގައި އޮތީ، ފަހަތު ފަޔަށް ބުރަވެފަ އެވެ. އިންތިހާ އަށް ޕްރެޝަރު ބޮޑުވިޔަސް، ސަރުކާރުގެ ފަރާތުން މާ އެދެވޭ ޢަމަލެއް ނުފެނެ އެވެ. ނޫސްވެރިންނަށް ޖަވާބެއް ނުދޭތާ، ރައްޔިތަކަށް ވެސް ކަމެއް ސާފު ކޮށެއް ނުދެވެ އެވެ. ބުނެއެއް ނުދެވެ އެވެ.

ދަންނަވަންތޯ އެވެ! ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތަފްސީލު ސަރުކާރުން އިސްވެ ހާމަ ކުރިޔަސް، އެވަރުން ފުއްދާލެވޭކަށް ނެތެވެ. ދެންވެސް ހުރި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ސަރުކާރުން ޖަވާބުދާރީ ވާން ޖެހެ އެވެ. ކަންކަން ހާމަ ވެސް ކުރަން ޖެހެ އެވެ. ދެ ފުށް ފެންނަ، ހެޔޮ ވެރިކަމެއް ކުރުމަކީ، ތިމާމެން ބޭނުންވާ ކަންކަން ހާމަކުރުމަށްފަހު، ބޭނުން ނުވާ ކަންކަން ސިއްރު ކުރުމެއް ނޫނެވެ. އަޖައިބެއް ނުވެ އެވެ! ޑިކޮމްރަސީއާ ބީރައްޓެހި، ޤާނޫނުގެ ވެރިކަން ނުދަން ބަޔަކަށް، މި ކަންކަން ފަހުމު ނުވެ ވެސް އޮވެ ދާނެ އެވެ.

އައު އަހަރު ފެށުމާއެކު، ސަރުކާރުން ވަނީ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި ބޭފުޅާ މަޤާމުން ވަކިކޮށްފަ އެވެ. ތަރުޖަމާނުގެ މަޤާމުގައި ހުންނެވި މުހައްމަދު ޝަހީބު މަޤާމުން ވަކިކޮށް، ޚާރިޒީ ވުޒާރާ އަށް ބަދަލު ކުރި ފަހުން، ސަރުކާރުގެ ތަރުޖަމާނުގެ މަޤާމު އޮތީ "ކަފުން" ކޮށްފަ އެވެ. ތަރުޖަމާނުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ސަރުކާރުގެ ފަރާތުން ނޫސްވެރިންނަަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމެވެ. އެހެން ނަމަވެސް، ސަރުކާރުގައި ތަރުޖަމާނަކު ނެތުމުން، ނޫސްވެރިންނަށް ވަނީ ޖަވާބު ހޯދުމުގައި އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހިފަ އެވެ. ކޮންމެ ހަފުތާއަކު ސަރުކާރުން އިސްވެ، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމެއް ބުނި ނަމަވެސް، އެކަން މިހާރު "ހިނދިއްޖެ" އެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ބައްދަލުވުމުގެ ސްކޯޕް އޮންނަނީ ވަރަށް ހަނިކޮށްލައިފަ އެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދެނީ، ހަމައެކަނި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ނިންމުންތަކާ ގުޅިގެންނެވެ. ޤައުމުގައި ހިނގަމުން އަންނަ އެހެނިހެން ބޮޑެތި ކަންކަމާއި، ސަރުކާރުން ކުރަމުން އަންނަ ބޮޑެތި ކަންކަމުގެ ސުވާލު ކުރި ނަމަވެސް، "ތިޔަ ސުވާލަށް މިއަދު ޖަވާބު ދެވެން ނެތް"، މި ނޫން އެއްޗެއް ނުބުނެ އެވެ. ދުވަހުގެ މަޢުލޫއާ ނުގުޅޭތީ ކަމަށް ބުނެ، ޢުޒުރު ދައްކަނީ އެވެ.

ދެން އޮތީ ވެސް ސަރުކާރުން ކަންކަން ސިއްރު ކުރަން އުޅޭ ކަމުގެ ވާހަކަ އެކެވެ. ޗާގޯސް މައްސަލައިގައި މި ސަރުކާރުން އަންނަނީ ބޭރުގެ ދެ ތަޖުރިބާކާރުންގެ އެހީ ހޯދަމުންނެވެ. ސަރުކާާރުން ބުނެފައި ވަނީ މޯލްޓާގެ ޕްރޮފެސަރަކާއި، އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއްގެ އެހީ ސަރުކާރުން ހޯދަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެ ދެ ބޭފުޅުންނާ ގުޅޭ ތަފުސީލުތައް ހާމަ ކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ. ތަކުރާރުކޮށް ނޫސްވެރިން އެ ސުވާލު ކުރި ނަމަވެސް، ސަރުކާރުން ދައްކަނީ މަތި މައްޗަށް ބަހަނާ އެވެ. ނުވަތަ ކޮންމެ ވެސް މޮޅު އުޒުރެކެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމާއެކު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ. އެހެން ނަމަވެސް، އެ އެއްބަސްވުންތަކުގެ ތަފުސީލު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ތަފުސީލު ހޯދުމަށް ނޫސްވެރިން ސުވާލު ދެންނެވިޔަސް، ޖަވާބެއް ނުދެއްވަ އެވެ. ޗައިނާ އާއެކު ދިވެހި ސަރުކާރުން ޖުމުލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އޭގެ އެއްވެސް އެއްބަސްވުމެއްގެ އަގާއި ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، ހާމަ ކުރަން ވަނީ ދެކޮޅު ހަދައިފަ އެވެ.

ދަންނަވަންތޯ އެވެ! ކަންކަން ސިއްރު ނުކުރައްވާނެ ކަމަށް ވިދާޅުވިޔަސް، މިއަދު ތިޔަ އުޅުއްވަނީ އެންމެ އާދައިގެ ކަންތައްތައް ވެސް ސިއްރު ކުރައްވައިގެންނެވެ. ޤައުމީ އަދި ފަރުދީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނައިރު، ނޫސްވެރިންގެ ސުވާލުތަކަށް ރައީސް އުޅުއްވަނީ ފިއްލަވައިގެންނެވެ. ދޭތެރެ އަކުން، ޕީއާރު މޮޅު ވީޑިއޯއެއް ކުޅުއްވުމަކުން ވެސް ނުފުދެ އެވެ. ރައީސް އުޅުއްވަނީ ފިއްލަވައިގެންނެވެ.

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2019

މުއިއްޒުއަށް ފިޔަވަޅު އެޅުން: ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް!

13 ޑިސެމްބަރު 2019
މުއިއްޒުއަށް ފިޔަވަޅު އެޅުން: ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް!
28 އޮކްޓޯބަރު 2019

މުޅި ދައުލަތް ފަސާދަވެފައިވާކަން އެނގިވަޑައިގެން ފިޔަވަޅުނާޅުއްވާ އެ ވާހަކަދެއްކެވުމަކީ ލަދުވެތިކަމެއް!

28 އޮކްޓޯބަރު 2019
މުޅި ދައުލަތް ފަސާދަވެފައިވާކަން އެނގިވަޑައިގެން ފިޔަވަޅުނާޅުއްވާ އެ ވާހަކަދެއްކެވުމަކީ ލަދުވެތިކަމެއް!
22 އޮކްޓޯބަރު 2019

ފިޔަވަޅު ނޭޅޭނަމަ ''ކުރީ ސަރުކާރު'' ކިޔުން ހުއްޓާލާ!

22 އޮކްޓޯބަރު 2019
ފިޔަވަޅު ނޭޅޭނަމަ ''ކުރީ ސަރުކާރު'' ކިޔުން ހުއްޓާލާ!
24 މެއި 2019

ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާކުރުމުގެ ފުރަތަމަ ފިޔަވަޅު ނެގުމުގައި ވިސްނަވާ!

24 މެއި 2019
ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާކުރުމުގެ ފުރަތަމަ ފިޔަވަޅު ނެގުމުގައި ވިސްނަވާ!
30 މާރިޗު 2018

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

30 މާރިޗު 2018
ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
02 ފެބުރުއަރީ 2018

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު
27 ޖެނުއަރީ 2018

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން
09 ނޮވެމްބަރު 2017

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި
06 އޮކްޓޯބަރު 2017

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟
17 ޖޫން 2017

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް