Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯޓުތަކަށް އިންވެސްޓް ކުރުން

މިއިން ޒަމާނެއްގައި އިންވެސްޓް ނުކުރާ ވަރަށް 2019 ވަނަ އަހަރުން ފެށިގެން ކޯޓުތަކަށް ދަނީ އިންވެސްޓް ކުރަމުން: ޙިސާން

ފަންނިއްޔާތުގެ ވަސީލަތްތަކަށް އަހުލުވެރި ތަނަކަށް ހެދުމަށް ދަނީ ގިނަ މަސައްކަތްތައް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މާރިޗު 2024 | ހޮނިހިރު 09:48
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، ޙިސާން ޙުސައިން

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، ޙިސާން ޙުސައިން

ޝަރުޢީ ދާއިރާގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިއިން ޒަމާނެއްގައި ކޯޓުތަކަށް ވަސީލަތްތައް އިތުރުކުރުމަށް އިންވެސްޓް ނުކުރެވޭ ވަރަށް 2019 ވަނަ އަހަރުން ފެށިގެން އިންވެސްޓް ކުރަމުންދާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ޝަރީއަތުގައި ދެކެވޭ ވާހަކަތައް އޮޓޯއިން ލިޔެވޭ ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއަރ "ކޭލި" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޙިސާން ވިދާޅުވީ ޒަމާނާއެކު ޝަރުޢީ ދާއިރާއަކީ ވެސް ފަންނިއްޔާތުގެ ވަސީލަތްތަކަށް އަހުލުވެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިއަދާ ހަމައަށް އާދެވުނުއިރު ޝަރުޢީ ދާއިރާ ފަންނިއްޔާތާ ގުޅުވާލުމަށް ތަފާތު އެކިކަހަލަ މަސައްކަތްތައް ކުރެވިފައިވާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އޮންލައިންކޮށް ޝަރީޢަތްތައް ހިންގޭނެ މަގު މިހާރު ހުރިހާ ކޯޓުތަކެއްގައި ގާއިމުކުރެވިފައި ވާކަމަށާއި، ޒަމާނީ ވަސީލަތްތައް ކޯޓުތަކަށް ހޯދުމަށް މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ޙިސާން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ އަމާޒަކީ ޝަރުއީ ދާއިރާއިން، ޒަމާނާއެކު އަންނަ ހެޔޮ ބަދަލުތަކާއެކު މަސައްކަތް އަވަސް ކުރަމުން ދިއުން ކަމަށާއި، ފަންނިއްޔާތުގެ ވަސީލަތްތަކާއެކު، ޒަމާނާއެކު ކުރިއަރާފައިވާ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދޭ ދާއިރާއަކަށް މި ދާއިރާ ބަދަލުވެގެން ދިއުން ކަމަށެވެ. އަދި މިއިން ޒަމާނެއްގައި ކޯޓުތަކަށް ވަސީލަތްތައް އިތުރުކުރުމަށް އިންވެސްޓް ނުކުރެވޭ ވަރަށް 2019 ވަނަ އަހަރުން ފެށިގެން ކޯޓުތަކަށް އިންވެސްޓްކޮށްފައި ވާކަމަށް ޙިސާން ވިދާޅުވިއެވެ.

ޝަރީއަތުގައި ދައްކާ ވާހަކަ ޓައިޕްކުރުމަށް ގިނަ ވަގުތު ހޭދަވާ މައްސަލަ ހައްލު ކުރުމަށް ކުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޙިސާން ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ ބަދަލުވަމުން އަންނަ މި ދުނިޔެއަށް ފައިތިލަ ހަމަކޮށް ޓެކްނޮލޮޖީ ޚިޔާރު ކޮށްގެން ކަމަށް ވާތީ، އެކަމަށް މަސައްކަތް ކުރިކަމަށެވެ. އެގޮތުން އިފްތިތާޙު ކުރެވުނު ކޭލި ސޮޕްޓްވެއަރއެކު ވަރަށް ބޮޑަށް ވަގުތުތައް ސަލާމަތްކުރެވި، މަސައްކަތުގެ ސްޕީޑް އަވަސްވާނެ ކަަމަށް ހިސާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު