Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުއްތަމަ ފަނޑިޔާރު

ޖޭއެސްސީއިން "ހައިލީ ރެކަމަންޑް" ކުރި ޣަނީ އުއްތަމަ ފަނޑީޔާރަކަށް އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

މާކްސް ދެއްވާފައިވާ ގޮތަށް ބަލާއިރު އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ރައީސް މުއިއްޒަށް ލަފާ އަރުވަން "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 06:03
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު

އުއްތަމަފަނޑިޔާރުކަމަށް ޢައްޔަނުކުރައްވަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް ޑރ. މުހައްމަދު މުޢިއްޒަށް "ހައިލީ ޜިކަމަންޑް" ކުރެއްވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދުގެ ނަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ޣަނީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރުމާއި ގުޅޭ މައްސަލަ މިހާރު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement - newsAdvertisement

ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 147 ވަނަ މައްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަގާމަށް ހ. ހޯސްޓް ސައިޑް، އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެމަނިކުފާނަށް ލަފާދެއްވާފައިވާތީ، އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ޣަނީގެ ނަންފުޅު މަޖިލީހަށް ހުށަހަޅައިދެއްވާ މަޖިލީހުން ނިންމެވި ގޮތް އަންގަވައިދެއްވުމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލައްވާފައި ވެއެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ރިޓަޔަރ ކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

އެ މަގާމަށް ކުރިމަތިލެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

ޣަނީ ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައާއި، ހައިކޯޓުގެ އިސް ފަނޑިޔާރުގެ ގޮތުގައި އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އޭނާ އަކީ ކުރީގެ ޖޭއެސްސީގެ ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ. ޣަނީ އަކީ މިހާރު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސެވެ. ޣަނީ ވަނީ 2000 އިން 2004 އަށް ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އަދި 2004 އިން ފެށިގެން ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ޖޭއެސްސީގެ މެންބަރުން ދެއްވި މާކްސްތަކަށް ބަލާއިރު، އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަނުކުރުމަށް ޣަނީއަށް "ހައިލީ ރެކޮމެންޑެޑް" ލިބިވަޑައިގަތެވެ. އަދި އަބްދުﷲ މުހައްމަދު އަށް "ރެކޮމެންޑެޑް" ލިބިވަޑައިގަތެވެ.

ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން 2019 ގެ ޑިސެމްބަރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ޣަނީ މަޤާމުން ވަކިކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރު އޭނާ ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނުކުރެވިފައެވެ.

ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އިރު އޭނާއާއި ދެކޮޅަށް ބެލި މައްސަލަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ވަކިކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވިއިރު ރިޝްވަތު ނެގުމުގެ ތުހުމަތުގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި، ޖުޑީޝަލް ކައުންސިލެއް އުފެއްދުން ހިމެނެއެވެ.

އަބްދުލް ޣަނީ މުޙައްމަދުޖޭއެސްސީއުއްތަމަ ފަނޑިޔާރުސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސްޓެކްސް އެޕީލް ޓްރައިބިއުނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު