Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ކޭލި" ސޮފްޓްވެއަރ

ޝަރީއަތްތަކުގައި ދެކެވޭ ވާހަކަތައް ވަގުތުން ލިއުމަށް ތިރިކުރުމަށް "ކޭލި" ސޮފްޓްވެއަރ އިފްތިތާހުކޮށްފި

ރެކޯޑިންގތައް އަޕްލޯޑްކުރުމަށްފަހު، ތާނަ އަކުރަށް ބަދަލުކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މާރިޗު 2024 | ހޮނިހިރު 08:04
ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއަރ "ކޭލި" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު

ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއަރ "ކޭލި" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު

ޝަރީއަތުގައި ދެކެވޭ ވާހަކަތައް އޮޓޯއިން ލިޔެވޭ ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއަރ "ކޭލި" އިފްތިތާހުކޮށްފިއެވެ.

ހޮނިހިރު ދުވަހު އޮތް ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާނެވެ.

މި ސޮފްޓްވެއަރއަކީ ޝަރުއީ ދާއިރާގެ އިތުރުންވެސް މަޖިލީހާއި އެކިއެކި މުއައްސަސާތަކުން ބޭނުންކުރެވޭނެ ސޮފްޓްވެއަރއެކެވެ. އެގޮތުން ޔައުމިއްޔާތައް ލިއުމާއި، މަޖިލީހުގެ ކޮމިޓީތަކުގައި ދެކެވޭ ވާހަކަތައް ލިއުމާއި، އިދާރާތަކުން ކުރާ ތަހުގީގުތައް ވަގުތުން ލިއުމަށް ތިރިކުރުމަށްވެސް މި ސޮފްޓްވެއަރ ބޭނުން ކުރެވޭނެއެވެ.

މި ސޮފްޓްވެއަރގެ އެހީގައި ރެކޯޑިންގތައް އަޕްލޯޑް ކުރުމަށްފަހު، ތާނަ އަކުރަށް ބަދަލު ކުރެވޭނެއެވެ.

އަދި ލައިވްކޮށް ދެކެވޭ ވާހަކަތައްވެސް ދިވެހި ބަހުގެ އަކުރަށް ވަގުތުން ލިއުމަށް ތިރިކުރަމުންދާނެއެވެ.

މި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު ވިދާޅުވީ، މި ސޮފްޓްވެއަރގެ ސަބަބުން ޖުޑީޝަރީއަށް އެތައް ފައިދާތަކެއް ވާނެކަމަށެވެ.

މިއީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ، މި ޕްރޮގްރާމް ބޭނުން ކުރުމުން ޝަރީއަތްތަކާ ގުޅުންހުރި މަސައްކަތްތަކުން އެތައް ވަގުތެއް އަވަސްވެގެންދާނެ ކަމަށެވެ. އެގޮތުން، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އޮންނަ މުއްދަތުގައި ފޯރުކޮށްދިނުމަށް ވެސް އެހީއަކަށް ވެގެންދާނެއެވެ.

މި ސޮފްޓްވެއަރއަކީ 90 އިންސައްތަ އެކިއުރޭޓް ސޮފްޓްވެއަރއެކެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މި ސޮފްޓްވެއަރގެ ބޭނުންހިފާވަރަކަށް ސޮފްޓްވެއަރ އިތުރަށް ތަރައްގީކުރެވެމުން ދާނެކަމަށެވެ.

މިއީ ލިއުމުގައި ފަސޭހަތަކެއް އައިސް، ކޯޓުތަކާއި ސޮފްޓްވެއަރ ބޭނުންކުރާ އެންމެންނަށްވެސް ލުއިފަސޭހަވެގެންދާނެ ކަމެއްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

މިއީ ދިވެހި ޑިވެލޮޕަރުންގެ ޓީމެއްކަމަށްވާ "އިންޓެލިއަރ"އިން ތައްޔާރުކުރި ސޮފްޓްވެއަރއެކެވެ. އެގޮތުން އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައިވެސް އެކަން ފާހަގަ ކުރައްވައި، ރާއްޖޭގައިވެސް އެފަދަ ހުނަރުވެެރި، އައިޓީ ދާއިރާގެ މަސައްކަތްތެރި ފަރާތްތައް ތިބިކަން ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

އާޒިމް ވަގުތުން މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

08 ޖޫން 2017
އާޒިމް ވަގުތުން މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
07 ޖޫން 2017

މަޚްލޫފު ވަގުތުން ދޫކޮށްލަން އދ. އިން ގޮވާލައިފި

07 ޖޫން 2017
މަޚްލޫފު ވަގުތުން ދޫކޮށްލަން އދ. އިން ގޮވާލައިފި
04 ޖޫން 2017

ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން

04 ޖޫން 2017
ފޭރުމާ ގުޅޭގޮތުން ދެކެވޭ ވާހަކައިގާ ހަޤީގަތެއް ހުރީ ދެކަމެއްގައި: ފުލުހުން
10 އެޕްރީލު 2017

އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި

10 އެޕްރީލު 2017
އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި
09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު