Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިހާބު 2024

ރައީސް ޞޯލިޙް، އިލެކްޝަންސް ކޮމިޝަނަށް: ސަރުކާރުގެ ނުފޫޒުގައި ނުޖެހި، ރައްޔިތުންނަށް ފަސޭހައިން ވޯޓު ލެވޭނެ މަގެއް ފަހިކޮށްދެއްވާ

1 މާރިޗު 2024 | ހުކުރު 18:21

އަދި ވިދާޅުވީ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވަން ނިންމި ނަމަވެސް، އަދިވެސް ސަރުކާރުން ނުފޫޒު ފޯރުވަމުން ދާ ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 1 މާރިޗު 2024 | ހުކުރު 18:21
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހް، ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހް، ޖަލްސާގައި ވާހަކަ ދައްކަވަނީ

ސަރުކާރުގެ ނުފޫޒުގައި ނުޖެހި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންނަށް ފަސޭހައިން ވޯޓު ލެވޭނެ މަގުފަހިކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް، އިލެކްޝަންސް ކޮމިޝަނުގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ، ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ، މި ސަރުކާރުން ގެންދިޔައީ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަމުން ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ރޯދަ މަހު އިންތިހާބު ބާއްވަން ނިންމި ކަމަށެވެ. އަދި އެކަމަކީ އެތައް ބައެއްގެ ވޯޓުގެ ހައްގު ނިގުޅައި ގަތުމަށް ފެއްޓެވި ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ރޯދަ މަހުގައި އިންތިހާބު ނުބޭއްވުމަށް އެދުނު ނަމަވެސް، އެކަމަށް ސަރުކާރުން ބުނަމުން ދިޔައީ ނޫނެކޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި ރޯދަ މަހު އިންތިހާބު ބޭއްވި އިރު، އެ ދުވަހަކީ ވެސް ރަސްމީ ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑެޅިކަން ރައީސް ޞޯލިޙް ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގައި ވެސް 25 އަހަރު މެންބަރެއްގެ ގޮތުގައި ހޭދަ ކުރައްވައި، ރައީސްކަން ކުރެއްވި ޞޯލިޙް ވިދާޅުވީ، މި ސަރުކާރުން މަޖިލީހަށް ގޮންޖެހުމުގެ ގޮތުން ގާނޫނުތައް ފާސްކޮށް ފޮނުވީމާ، އެ ގާނޫނުތައް ވެސް އަނބުރާ ފޮނުވާލި ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް، އިންތިހާބާ ބެހޭ ގާނޫނު ފާސްކުރުމަށް ލަފާދެއްވީ ކޮންމެވެސް ރަނގަޅު ވިސްނުމެއް އައިސްގެން ކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

އެ ބިލު ތަސްދީގުކުރެއްވި ނަމަވެސް، އަދި ވެސް އިލެކްޝަންސް ކޮމިޝަނަށް ބާރު ފޯރުވައި، އިންތިހާބު ސަރުކާރު ރަސްމީ ބަންދު ނޫން ދުވަހެއްގެ ގޮތުގައި ހެއްދެވިކަމަށް ވިދާޅުވަމުން ޞޯލިޙް އީސީގެ ކިބައިން އެދިވަޑައިގެންނެވީ ސަރުކާރުގެ ނުފޫޒުގައި ޖެހިވަޑައިނުގަތުމަށެވެ. އެގޮތުން އީސީއަކީ މިނިވަން މުއައްސަސާއެއްކަން ރައީސް ޞޯލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސް ޞޯލިޙް އެފަދައިން ވިދާޅުވިއިރު، އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމަށް ރައީސް މުއިއްޒުއަށް ފޮނުއްވުމުން، ފުރަތަމަ 14 ދުވަސް ހަމަ ކުރެއްވުމަށްފަހު އަނބުރައި މަޖިލީހަށް ފޮނުއްވިއެވެ. އެހެން ނަމަވެސް ހަމަ އެ ދުވަހު، އެ ބިލަށް އިތުރު ބަދަލެއް ނުގެނެސް ފާސްކޮށް މަޖިލީހުން ވަނީ ރައީސަށް ދެވަނަ ފަހަރަށް ފޮނުއްވާފައެވެ. ރައީސް އެ ބިލު ތަސްދީގު ކުރެއްވީ އޭގެ ގާތްގަޑަކަށް 24 ގަޑިއިރު ފަހުން، އޭޖީގެ ލަފާގެ މަތިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް