Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިހާބު

މަޖިލިސް އިންތިހާބާއި ގުޅިގެން ނިމިފައި ހުރި ކަމަކަށް ބަދަލެއް ނާންނާނެ، ރީ-ރަޖިސްޓްރޭޝަނަށް އިތުރު 3 ދުވަސްވަރު ދޭނެ - އިލެކްޝަންސް ކޮމިޝަން

1 މާރިޗު 2024 | ހުކުރު 13:28

އިންތިހާބު ފަސްވުމާއެކު އިތުރު 30 މިލިއަން ރުފިޔާ ހަރަދުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 މާރިޗު 2024 | ހުކުރު 13:28
 އިލްކެޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

އިލްކެޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ

މަޖިލިސް އިންތިހާބާއި ގުޅިގެން ނިމިފައި ހުރި ކަމަކަށް ބަދަލެއް ނާންނާނެކަމަށާ ރީ-ރަޖިސްޓްރޭޝަނަށް އިތުރު 3 ދުވަސްވަރު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާއި ގުޅިގެންނެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ކުރިން ކަނޑައަޅާފައި އޮތީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އިންތިހާބު ލަސްވުމާއި ގުޅިގެން އައި ބަދަލުތައް ހިއްސާކުރައްވަމުން، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ 'ރާއްޖެ.އެމްވީ' އަށް ވިދާޅުވީ އިންތިހާބާއި ގުޅިގެން ފާސްކުރި އިސްލާހާއެކު، އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ އިންތިހާބު ފަސްކުރަން ނިންމާ އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތް ނިންމާފައިވާ ކަމަށެވެ. އަދި އަންނާނެ ބަދަލުތައް އިއުލާން ކުރައްވާނެ ކަމަށައި، މިހާރު ނިމިފައި ހުރި ކަންކަމަށް ބަދަލެއް ނާންނާނެކަމަށެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަނަށް އިތުރު 3 ދުވަސް ދެއްވާނެ ކަމަށާއި، ކެންޑިޑެންސީއާއި އެނޫންވެސް އެހެން ކަމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ހަސަން ވިދާޅުވީ މޮނިޓަރުންނާއި، އޮބްޒާބަރުންނާއި ކެންޑިޑޭޓުންގެ ބަންދޫބުންގެ ކަންކަމަކީ މިހާރު ނިމިފައި ހުރި ކަންކަން ކަމަށާއި، އެކަންކަމަށް ބަދަލު ގެނައުމާއި ގުޅޭގޮތުން އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ. އޭނާ ވިދާޅުވީ ހަމައެކަނި ފަސްވާނީ ވޯޓުލާ ދުވަސް ކަމަށާއި، އެހެން ހުރިހާ ކަމެއް ޝެޑިއުލްގައި އޮތްގޮތަށް ގޮސް ނިންމާލާނެ ކަމަށެވެ.

މީގެ އިތުރުން ބޫތް ތަކާއި ގުޅޭގޮތުން އޭނާ ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ބޭނުންކުރާނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޭނުންކުރި ބޫތްތައް ކަމަށާއި، ބަޖެޓުގެ ތާށި އުޅޭތީ އައު ބޫތްތަކެއް ނުގަނެވޭ ކަމަށެވެ. އަދި އެޕްރީލް މަހަށް އިންތިހާބު ފަސްވެގެން ދިއުމާއެކު، އިންތިހާބަށް ހަރަދުކުރާ ބަޖެޓަށް ބޮޑު ބަދަލެއް އަންނާނެ ކަަމަށާއި، އާދީއްތަ ދުވަހު އޮފީސް ހުޅުވުމާއެކު އިތުރަށް ބޭނުންވާ ބަޖެޓް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. އިތުރަށް ހަރަދުވާނެކަމަށް ލަފާކުރެވެނީ 15 ވަރަކަށް މިލިއަން ރުފިޔާ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ 15 މިލިއަން ރުފިޔާވަރު އިތުރަށް ބޭނުންވަނީ ރޯދަމަހުގައި އެއްކޮށް މުވައްޒަފުން ގެންގުޅެން ޖެހުމާއި، ރޯދަ މަހުގައި މަސައްކަތް ކުރާ ވަގުތު ކުޑަވުމުން، އެ މުވައްޒަފުންނަށް ދޭންޖެހޭ އޯވަރ ޓައިމް ގިނަވުމާއި، ރަމަޟާން އެލަވަންސާއި އެހެނިހެން އެލަވަންސްތައް ހިމެނޭތީ ކަމަށެވެ. އަދި އިންތިހާބަށް މިހާރުވެސް 200 ވަރަކަށް މުވައްޒަފުން ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިންތިހާބު ފަސްވުމާއެކު ރޯދަމަހުގައި އެއްކޮށް މަސައްކަތް ކުރާތީ ރޯދަ މަހުގެ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ފުލްކޮށްދޭންޖެހޭ ކަމަށެވެ. ކުރިން އޮތް ގޮތުން ރޯދަ މަހުގެ 10 ދުވަސް ފަހުން މުވައްޒަފުން ދޫކޮށްލާގޮތަށް އޮތުމުން ފުލްކޮށް ރޯދަ އެލަވަންސް ދޭން ނުޖެހޭ ކަމަށެވެ.

ހަސަން ވިދާޅުވީ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޓްރެއިނިންގ ދެމުން އަންނަ ކަމަށާއި، މާލެ ސަރަހައްދަށް އަދިވެސް އޮފިޝަލުން މަދު ކަމަށެވެ. އެހެންކަމުން އެ މަދުވާ ބަޔަށް އަދިވެސް އޮފިޝަލުން ނަގަމުންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް