Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒުގެ ވެރިކަން

އަދުރޭއެވެ. ވެއްޓުނު ފަތުގެ މަތިން މިއަދު ހަނދުމަފުޅު ނެތް ނަމަވެސް ރައްޔިތުން ވޯޓު ދިނީ ޔާމީނުގެ ފިކުރަށެވެ. ވަކި "މުއިއްޒު ވީމައެއް" ނޫނެވެ!

ވެރިކަމަށް ވަޑައިގެންނެވުމުން، ވެރިކަން ލިބުނު ގޮތް، ރައްޔިތުން ވޯޓު ދެއްވި ފިކުރުގެ މަތިން އެބޭފުޅުން މިއަދު ހަނދާނެއް ނެތް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 1 މާރިޗު 2024 | ހުކުރު 14:13
ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައީސް މުއިއްޒު އަދި އަބްދުއް ރަޙީމް

ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައީސް މުއިއްޒު އަދި އަބްދުއް ރަޙީމް

ބަޔަކަށް އެ ބައެއްގެ ފެންވަރު އޮޅޭނީ މި ވަރަކަށެވެ. ވެރިކަމަށް އާދެވުނު ގޮތެއް ހަނދާން ނެތޭނީ މި ވަރަކަށެވެ. ވަކިން ޚާއްސަކޮށް މިހާރުގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ ޙާއްސަ މުޝީރު، އަބްދުއް ރަޙީމް އަބްދުﷲ ނުވަތަ އަދުރޭ އަށެވެ.

މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން، ވެއްޓުނު ފަތުގެ މަތިން ނުވަތަ އެ ހިސާބަށް މިއަދު އާދެވުނު ގޮތުގެ މަތިން ހަނދާން ނެތުނު ނަމަވެސް، ޔަގީނުން ވެސް ސާފުވާ އެއްކަމެއް އެބައޮތެވެ. ރައްޔިތުން ޑރ. މުއިއްޒު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވީ ޑރ. މުޙައްމަދު މުއިއްޒު ވީމައެއް ނޫނެވެ. ނުވަތަ މުއިއްޒުގެ ފަހަތްޕުޅުގައި ނައިބު ރައީސް އަކަށް ހުސެއިން މުޙައްމަދު ލަތީފް އިޚްތިޔާރުކުރެއްވުމުން ވެސް ނޫނެވެ. ނުވަތަ އެ ވަގުތު ޕީޕީއެމް އަދި ޕީއެންސީގެ އިސް ލީޑަރެއްގެ ގޮތުގައި އަދުރޭ ހުންނަވެމަކުން ވެސް ނޫނެވެ.

އެހެނެއް ކަމަކު، ރައްޔިތުން މުއިއްޒު އަށް ވޯޓު ދެއްވައިގެން، ޚާއްސަ މުޝީރަކަށް އަދުރޭ އައްޔަނުކުރުމުގެ ފުރުސަތު ދިނީ ރައީސް ޔާމީނުގެ ފޮޓޯ އަދި އެމަނިކުފާނުގެ ތާޢީދުގެ މައްޗަށެވެ. ހަމަ ގައިމު ވެސް ޔާމީނުގެ ފޮޓޯގެ ބަދަލުގައި، އަދުރޭގެ ފޮޓޯ ޖެއްސެވިނަމަ، މިއަދު ވެސް ތިބޭނީ އިދިކޮޅުގައެވެ. އެއީ އިއްޔެގެ، އަދި މިއަދުގެ ވެސް ޙަގީގަތެވެ.

މިހެން ދަންނަވަން މި ޖެހުނީ، އޭގައި ސަބަބުތަކެއް ހުރުމުންނެވެ. އެންމެ ފުރަތަމަ ކަމަކަށް، މިއަދުގެ ސަރުކާރަށް ރައީސް ޔާމީނު މުހިންމެއް ނުވިއެވެ. އެމަނިކުފާނު އައު ޕާޓީއެއް ހައްދަވައިގެން ވަޑައިގެންނެވިއިރު ވެސް އެމަނިކުފާނު ހުއްޓުވާނެ މީހެއް ނުވިއެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވި ދުވަހު، "ރައީސް ޔާމީން، ދިވެހިންނޭ ފަޙްރުވެރިވާ" ކިޔާފައި ބޮޑެތި ލަވަތަށް ޖެއްސެވި އިރު، އޭރު މި ހުރިހާ ބޭފުޅުންގެ ލީޑަރަކީ އެމަނިކުފާނެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން، ފައިސާގެ އަވާގައި ޖެހި އެ ރައީސަކީ މިއަދު މާ މުހިންމު ބޭފުޅަކަށް ނުވެއެވެ. މިއީ ހަމަ ވެއްޓުނުގެ ފަތުގެ މަތިން ހަނދާން ނެތުމެވެ.

ދެވަނަ ކަމެވެ. ޕީޕީއެމް އަދި ޕީއެންސީގެ ފިކުރަކީ ކޮބައިތޯ މީހަކު ގާތު ސުވާލުކޮށްފިނަމަ، ދޭނެ ޖަވާބަކީ އެއީ ރައީސް ޔާމީނު ކަމެވެ. މިއަދު ވެރިކަމުގައި ނުވަތަ މިއަދުގެ ސަރުކާރުން ދިން ވަޒީފާގެ އަވައެއްގައި ޖެހިފައި ނެތް މީހެއްގެ ގާތުން އެ ސުވާލު ކުރުމުން އެ ޖަވާބަށް ބަދަލެއް އައި ނަމަވެސް، އަދި ވެސް ގިނަ ރައްޔިތުން ގަބޫލުކުރާ ހަގީގަތަކީ އެއީއެވެ. ވަކިން ޚާއްސަކޮށް، ސިޔާސީ ފިޔާތޮށި ކުލައިގެ ފިކުރަކީ ވެސް، މީހަކީ ވެސް ރައީސް ޔާމީނެވެ. އެހެން ނަމަވެސް، މިހާރު ރައީސް އަތޮޅު ތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އަދުރޭގެ އެއޮތް ބޮޑު އަނގައިން ޔާމީނަށް ގޮން ޖެއްސެވީ، ފިކުރުގެ ވާހަކަ ދައްކަވަމުންނެވެ.

އެދުވަހު އަދުރޭ ވިދާޅުވީ އެބޭފުޅުން ވަޑައިގަންނަވާނީ ވަކި ފިކުރުގެ ފަހަތުން ކަމަށާއި، ވަކި މީހެއް ފަހަތުން ނުދާނެ ކަމަށެވެ. އަދި ރައްޔިތުން ވެސް އެފަދައިން އަމަލުކުރުމަށް އަދުރޭ އެދުވަހު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން ވަކި މީހެއްގެ ފަހަތަކުން ނުދާނެ. އަޅުގަނޑުމެން ދާނީ ފިކުރުގެ ފަހަތުން. އެގޮތަށް ތިބޭފުޅުން ވެސް ވަކި ބޭފުޅެއްގެ ފަހަތުން އުޅޭނެ ކަމެއް ނެތް. ފިކުރެއްގެ ފަހަތުން ދާން ވާނީ،" އޭނާ ވިދާޅުވި އެވެ.

މިއަދު އަދުރޭ ފަދަ ބޭފުޅުން ފިކުރުގެ ވާހަކަ ދައްކަވާއިރު، އެންމެ ފުރަތަމަކަމަކަށް އެ ދައްކަވަނީ ކޮން ފިކުރެއްގެ ވާހަކައެއްތޯ ވިސްނާލުން މުހިންމެވެ. ހަމަ ގައިމު ވެސް، ފިޔާތޮށި ފިކުރުގެ މަންޒަރު، މިއަދު އެބޭފުޅުން ރާއްޖެއިން ފޮހެލައިފިއެވެ. މެންބަރުން ގިނައީ، މައި ޕާޓީ އަކީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރަނީ ޕީއެންސީއެވެ. ޕީޕީއެމްގެ މަންޒަރެއް ނެތް ނަމަވެސް، ގިނަ ރައްޔިތުންނަށް ޕީޕީއެމް އަކީ އަދި ވެސް ރައީސް ޔާމީނުގެ ޕާޓީއެވެ. ތިޔަ ވިދާޅުވާ ފިކުރަކީ ޕީއެންސީ ކަމަށްވާ ނަމަ، ތިޔަ އެދިވަޑައިގަންނަވަނީ އަދި މުޅިން އެހެން ވާހަކައެކެވެ. އޭރަށް ފަހަރެއްގައި އަދުރޭއަށް ނުވަތަ ރައީސް މުއިއްޒުއަށް ވަފާތެރިވުމުގެ ވާހަކަ ދެއްކެވިދާނެއެވެ.

އެހެން ނަމަވެސް، މާޒީގެ ވާހަކަ ނަންގަވައިގެން އެވާހަކަ ދެއްކެވޭނެ ޙާލަތެއް، އަދި ގޮތެއް ވެސް އަދުރޭއަކަށް ނެތެވެ. މިއަދު މަޖިލިސް އިންތިހާބު ކައިރިވެފައި އޮތުމުން ރައީސް ޔާމީނުގެ ނަންފުޅު އަނެއްކާ ގެންނެވި ނަމަވެސް، މިއަދު އެ ޓެކްޓިކް މަސައްކަތް ކުރާނެ ކަމަކަށް ނުބެލެވެއެވެ. އެއީ އިންތިހާބު ނިމިގެން، ވެރިކަމަށް ވަޑައިގެން ތިން މަސް ވީއިރު، ރައީސް ޔާމީނުގެ ވާހަކަ ގެންނެވީ ތިން މަސް ފަހުން އޮންނަ މަޖިލިސް އިންތިހާބާ ދިމާކޮށް ކަމަށްވާތީއެވެ. މިއަދު އެ މަންޒަރު ދިވެހިން ދަސްކޮށްފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު