Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިހާބު

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލު ރައީސް ތަސްދީގުކުރެއްވީ ގޮތްހުސްވެގެން: ރޮޒައިނާ

1 މާރިޗު 2024 | ހުކުރު 06:16

އިންތިހާބު ފަސްކުރުމުން އާއްމު ރައްޔިތުންނަށް ލިބިގެންދިޔައީ ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް ރޮޒައިނާ ވިދާޅުވި

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 1 މާރިޗު 2024 | ހުކުރު 06:16
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އިންތިހާބު ފަސްކުރުމުގެ ބިލް ތަސްދީގުކުރެއްވީ ގޮތް ހުސްވެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ބިލެއް އަނބުރާ ފޮނުވާލުމަށްފަހު މަޖިލީހުގެ އަޣުލަބިއްޔަތުން އެބިލެއް ފާސްކޮށްފިނަމަ، ގާނޫނުގައިވާގޮތުން އެ ބިލެއް ތަސްދީގުކުރުން ފިޔަވައި އިތުރު މަރުހަލާއެއް ނޯންނާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެއާމެދު ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނޯންނާނެކަން ވަރަށް ސާފުކޮށް އެނގެން އެބައޮތްކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ރޮޒައިނާ އިތުރަށް ވިދާޅުވީ މިއީ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އާއްމު ރައްޔިތުންގެ ވެސް ހުރި މައްސަލައެއްކަމަށާއި އިލެކްޝަންސް ކޮމިޝަނުން ވެސް ރޯދަމަހު އިންތިހާބު ބޭއްވުމުން ދިމާވެގެންދާނެ ދަތިތައް ވެސް ފާހަގަކުރިކަަމަށެވެ. އަދި ރޯދަ މަހުގައި އިންތިހާބު ބޭއްވުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިހާބުގައި ހަރަކާތްތެރިވާ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވެސް އެކިކަހަލަ ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އަދި އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިން ވަރަށް ގިނަ އަންހެންނުން ވެސް ހަރަކާތްތެރިވާތީ ޚާއްސަކޮށް ރޯދަމަހަށް ވުމުން އެމީހުންގެ ޒަރޫރީ ކަންކަން ބެހެއްޓުމަށްފަހު ވޯޓުފޮށި ކައިރީގައި މުޅި ދުވަސް ހޭދަ ކުރަން ޖެހުމުން ދިމާވާނެ ދަތިތަކުގެ ވާހަކަ ވެސް ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން އިންތިހާބު ފަސްކުރުމުން އާއްމު ރައްޔިތުންނަށް ލިބިގެންދިޔައީ ވަރަށް ބޮޑު ފަސޭހައެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކުރިން އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ 2024 މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. ރޯދަމަހުގައި އޮތް އިންތިހާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ 11 ފެބްރުއަރީ 2024 ވަނަ ދުވަހު ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވިއެވެ. އެހެން ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވައި، 14 ދުވަސް ހަމަވުމުން ރައީސް ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

އެގޮތުން އެ ބިލު ފާސްކުރުމަށް އެޖެންޑާ ކުރެވި އެ ބިލު އެ އޮތް ގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ. އެއާއެކު ބިލަށް ބަދަލެއް ނުގެނެސް ބިލު އޮތްގޮތަށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރުމުން ދެވަނަ ފަހަރަށް ތަސްދީގުކުރުމަށް ރައީސް މުއިއްޒުއަށް ފޮނުވުމުން އެ ބިލު ތަސްދީގުކުރުން ނޫންގޮތެއް ގާނޫނުގައިވާ ގޮތުން ނެތެވެ. އެހެންނަމަވެސް ރައީސް މުއިއްޒު އިންތިހާބު ފަސް ނުކުރައްވާނެ ފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވުމަށްފަހު ބުރާސްފަތި ދުވަހު ވަނީ ބިލު ތަސްދީގުކުރައްވާފައެވެ.

ރައީސް މުއިއްޒު ބިލު ތަސްދީގުކުރުމާ ގުޅިގެން އީސީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައި ވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.

އީސީން ވަނީ މީގެ ކުރިން ވެސް އިންތިޚާބު ފަސްކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ހިސާބުން އެއަށް އަމަލުކުރާނެ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް