Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުން މަޖިލިސް ތަމްސީލްކުރުން

މަޖިލީހުގެ %33 އަކީ އަންހެނުންކަމަށް ކަނޑައެޅުމަށް ޤާނޫނުއަސާސީ އަށް އިސްލާހެއް

މި އިސްލާހު ހުށަހަޅުއްވާފައި ވަނީ 28 ފެބްރުއަރީ 2024ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 މާރިޗު 2024 | ހުކުރު 04:07
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ 33 އިންސައްތައަކީ އަންހެނުންކަމަށް ކަނޑައެޅުމަށް ޤާނޫނު އަސާސީ އަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ 28 ފެބްރުއަރީ 2024ގައެވެ.

Advertisement - newsAdvertisement

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ ވެސް މި ބިލްގެ މަޤްސަދެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރުކުރުމަށެވެ.

އޭގެ ތެރޭގައި 71 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަނޑައަޅާ މެމްބަރުންގެ 33 އިންސައްތަ ޚާއްސަކުރަންވާނީ އަންހެނުން ކަމަށް ބަޔާންކޮށް އެ މާއްދާގެ (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުން ހިމެނެއެވެ.

އަދި މެންބަރުން އިންތިޚާބު ކުރާ ދާއިރާތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށާއި އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ދާއިރާތައް ހަމަހަމަވާނެ އުސޫލަކުން ދައުރުވާ ގޮތަށް ކަމަށް ބަޔާންކޮށް (ރ)ގެ ގޮތުގައި 71 ވަނަ މާއްދާ އަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި މި އުސޫލު ކަނޑައަޅާގޮތް ބަޔާން ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ތިން ވަނަ އަކުރަކީ (ބ)އެވެ. އެބައިގައި ބުނެފައިވަނީ ދާއިރާތައް ކޯޓާގެ ދަށުން ތަމްސީލްވެ ނިމުމުން، އެ އަކުރުގައިވާ ނިސްބަތުން އަންހެނުން ދެން އިންތިޚާބުކުރުމާ މެދު މަޖިލީހުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށެވެ.

މީގެ އިތުރުން މި ޤާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޤާނޫނުގެ ދަށުން އިއުލާން ކުރާ ފުރަތަމަ އިންތިޚާބު ބާއްވާނީ ޤާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެ ނަމަ 2029 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ މި ޤާނޫނާ އެއްގޮތަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު