Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގައި ހިންގާ ޖަރީމާތައް

ޣައްޒާގައި ކާބޯތަކެތި ހޯދުމަށް އެއްވެތިބި 100 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފި

މި ބިރުވެރި ޖަރީމާ ހިންގާފައިވަނީ ދުރާލައި ރޭވިގެން ކަމަށް ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 1 މާރިޗު 2024 | ހުކުރު 02:18
ފަލަސްތީނުގެ ޣައްޒާގެ ރަފާހުގައި ބުރާސްފަތި ދުވަހު ކާނާ ހޯދުމަށް ސަފު ހަދައިގެން

ފަލަސްތީނުގެ ޣައްޒާގެ ރަފާހުގައި ބުރާސްފަތި ދުވަހު ކާނާ ހޯދުމަށް ސަފު ހަދައިގެން

ޣައްޒާގައި ކާބޯތަކެތި ހޯދުމަށް އެއްވެތިބި  ބައެއްގެ ތެރެއަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ހަމަލާދިނުމުގެ ސަބަބުން 100 އަށްވުރެ ގިނަމީހުން ޝަހީދުވެއްޖެއެވެ.

ޣައްޒާ ސިޓީގެ ދެކުނުން އިންސާނީ އެހީއަށް އިންތިޒާރު ކުރަމުން ދިޔަ އެ މީހުންނަށް އިސްރާއީލު ސިފައިން ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ 104 މީހުން ޝަހީދުވެ، 760 މީހުން ޒަޚަމްވެފައިވާ ކަމަށް އެންކްލޭވްގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިސްރާއީލްގެ ސިފައިން ހަމަލާދިންއިރު، ދޯވާރު އަލް ނަބްލޫސީ ކައިރީގައި އެހީ ލިބޭނެ ކަމުގެ އިންތިޒާރުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު އެއްވެފައި ތިއްބެވެ.

ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން އެ މީހުންނަށް ހަމަލާދީފައިވަނީ ކާބޯތަކެއްޗާއި އެހީ ހޯދުމަށް އެ ސަރަހައްދުގައި އެމީހުން ތިބިކަން އިސްރާއީލަށް އެނގިތިބެ ގަސްތުގައެވެ.

"މި ބިރުވެރި ޖަރީމާ ހިންގާފައިވަނީ ދުރާލައި ރޭވިގެން،" ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުން ދަނީ އެ މީހުން މަރުވެފައިވަނީ އެހީދޭ ޓްރަކްތައް ކައިރިއަށް އެއްވި މީހުން ސިފައިންގެ އަމުރުތަކަށް ކިޔަމަންނުވުމުގެ ސަބަބުން ކަމަށެވެ.

އަސްކަރިއްޔާއިން ބުނީ ފަލަސްތީނުގެ ބައެއް މީހުން، އެހީގެ ޓްރަކްތައް ޣައްޒާއަށް ވަނުމުގެ ކަންކަން ބަލަހައްޓަމުން ދިޔަ އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓަކަށް ވަދެ، ސިފައިންނާ ދިމާލަށް ދިޔަ ފަލަސްތީނުގެ ބައެއް މީހުންގެ ފަޔަށް ބަޑި ޖަހާފައިވާކަން އިބްތިދާއީ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަރުވި ކަމަށް ތެލް އަވީވް އިން ބުނި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 30،035 މީހުން ޝަހީދުވެ، 70،457 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

12 މެއި 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު