Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު 2024

އިންތިޚާބު ފަސްކުރާ ބިލަށް އަމަލުކުރުމާއި މެދު ސުވާލުކުރުމަށް އިލެކްޝަންސް ކޮމިޝަން މަޖިލީހަށް ހާޒިރުކުރަން ނިންމައިފި

އިންތިޚާބު ލަސްކުރުމާއި ސަރުކާރުން ދެކޮޅު ހަދާ ސަބަބާއި މެދު ވަރަށް ބޮޑަށް މެމްބަރުން ދަނީ ސުވާލު އުފައްދަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ފެބުރުއަރީ 2024 | ބުރާސްފަތި 13:11
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

އިންތިޚާބު ފަސްކުރާ ބިލާއި ގުޅޭގޮތުން ސުވާލުކުރުމަށް އިލެކްޝަންސް ކޮމިޝަން މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

އިންތިޚާބުތަކާއި ބެހޭ ޤާނޫނުނަށް އިސްލާހުގެނެސް އެންމެ ފުރަތަމަ އެ ބިލް މަޖިލީހުން ފާސްކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ބިލް ތަސްދީގު ނުކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ބިލް އަނބުރާ މަޖިލީހަށް މި މަހުގެ 25 ވަނަ ދުވަހު ފޮނުއްވާލައްވާފައެވެ. ދެވަނަ ފަހަރަށް މި ބިލް މަޖިލީހުން ފާސްކުރީ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ ބިލު ފާސްކޮށްފައި މަޖިލީހުން ފޮނުވުމުންވެސް އެ ބިލު ތަސްދީޤު ނުކުރައްވައި، އެކަމުގައި ބަންޑާރަނައިބުގެ ލަފަޔަކަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާނީ 87 ކަމަށް ބަލައިގެންކަމަށް ނިންމާފައިވާއިރު، އެ އަދަަދަށް ބެލި ނަމަވެސް، ބުދަ ދުވަހު މަޖިލީހުން ފާސްކުރި ބިލަށް ޙުކުމުގައި ބުނެފައިވާ އަދަދަށް މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެހެންކަމުން މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ ގޮތެއް ސާފުކުރުމަށް އީސީ ހޯމަ ދުވަހު މަޖިލީހަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. އީސީ ހާޒިރު ކުރަނީ އެ ދުވަހު 11 ޖަހާއިރު މިނިވަން މުއައްސަސާތަކާއި ގުޅޭ ކޮމިޓީއަށެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އީސީ ކޮމިޓީ އަށް ހާޒިރުކުރުމަށް ސިޓީ ފޮނުއްވާފައިވާކަން ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދެއްވާފައެވެ.

ރޯދައިގެ ފަހަށް މަޖިލިސް އިންތިހާބު ބާއްވަން ގެނައި އިސްލާހު ތަސްދީގު ކުރުމާމެދު އެއްވެސް ޤާނޫނީ ލަފަޔަކަށް އެދެން ނުޖެހޭނެކަމަށާއި، މަޖިލީހުން ފާސްކުރީމަ ތަސްދީޤު ކުރެއްވުން ނޫން ގޮތެއް ނޯންނާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އިންތިޚާބު ލަސްކުރުމާއި ސަރުކާރުން ދެކޮޅު ހަދާ ސަބަބާއި މެދު ވަރަށް ބޮޑަށް އެ މެމްބަރުން ދަނީ ސުވާލު އުފައްދަމުންނެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު