Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު 2024

ރައީސް ބިލު ތަސްދީގުކުރައްވާ ހިސާބުން އީސީން އެއަށް އަމަލުކުރަން ފަށާނަން: ހަބީބު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އީސީގެ މެންބަރުން ހާޒިރުކުރުމަށް ވަނީ ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ފެބުރުއަރީ 2024 | ބުރާސްފަތި 12:25
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް، ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް، ހަބީބު

އިންތިޚާބު ފަސްކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ހިސާބުން އެއަށް އަމަލުކުރާނެ ކަމަށް، އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސް ކުރުމުން އަދި އެ ގާނޫނަކަށް ނުވާކަމަށާއި، ގާނޫނަކަށް ވާނީ ރައީސް އެބިލް ތަސްދީގު ކުރައްވައި، ގެޒެޓް ކުރުމުން ކަމަށެވެ. އަދި އިންތިޚާބު ފަސްކުރާ ބިލް ވެސް ތަސްދީގުކޮށް، ގެޒެޓް ކުރުމުން އެއަށް އަމަލުކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޖިލިސް އިންތިޚާބަށް ވަމުންދާ ތައްޔާރީތަކަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ، ގިނަ މަސައްކަތްތައް ނިމިފައި ވާކަމަށާއި، އިންތިޚާބާ ގުޅިގެން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތައް ވެސް މިއަންނަ ހަފުތާގެ ކުރީކޮޅު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އިންތިޚާބު ފަސްކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުން އެއަށް އަމަލުކުރާނެ ކަމަށް އީސީން ބުނެފައިވާއިރު، މި ބިލު ތަސްދީގު ނުކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.

އިންތިޚާބު ފަސްކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުން އެއަށް އަމަލުކުރާނެ ކަމަށް އީސީން ބުނެފައިވާއިރު، މީގެ ކުރިން އެ ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބު ފަސްކުރާ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށްފިނަމަ އެއާ އެއްގޮތަށް އަމަލުކުރާނެ ކަމަށެވެ.

މީގެ އިތުރުން މަޖިލިސް އިންތިޚާބާ ގުޅޭގޮތުން އީސީން އަމަލުކުރާނެ ގޮތް ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އީސީގެ މެންބަރުން ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ފަސްވަނަ އިސްލާހު ގެނައި ބިލު، ރައްޔިތުންގެ މަޖިލީހުން ވަނީ 11 ފެބްރުއަރީ 2024 ވަނަ ދުވަހު ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވައި 14 ދުވަސް ހަމަވުމުން ރައީސް ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން ދެވަނަ ފަހަރަށް އެ ބިލު ފާސްކުރުމަށް އެޖެންޑާކުރެވި، ބުދަ ދުވަހު ކުރިއަށް ގެންދެވުނު މައްސަލައިގައި، އެ ބިލު އެ އޮތްގޮތަށް މަޖިލީހުން އަލުން ފާސްކުރުމަށްފަހު، ރައީސް މުއިއްޒުއަށް ބިލު ތަސްދީގުކުރުމަށް ރައީސް އޮފީހުން ވަނީ ފޮނުވާފައެވެ. 

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު