Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިޚާބު 2024

ރައީސް އަދިވެސް ހުންނެވީ ބިލު ތަސްދީޤުކުރައްވާ ގޮތަކަށް ނޫން، އޭޖީގެ ލަފަޔަކަށް އެެދެނީ

29 ފެބުރުއަރީ 2024 | ބުރާސްފަތި 08:26

ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ފެބުރުއަރީ 2024 | ބުރާސްފަތި 08:26
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު

ރޯދަމަހަށް ފަހު އިންތިޚާބު ބާއްވާ ގޮތަށް ފާސްކުރި އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައި ބިލު ތަސްދީޤު ނުކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ޑރ މުޙައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފިއެވެ.

ނ. ކެނދިކުޅުދޫގައި މި މައްސަަލައާމެދު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ހުންނެވީ މާތް ﷲ ގަންދީ ހުވައެއް ކުރައްވައިގެން ކަމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ނިންމާފައިވާ ނިންމުމާއި ގުޅިގެން އިތުރަށް އޭޖީއާ މަޝްވަރާ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނީ ހުސްގޮނޑިވެސް ހިމަނައިގެން ކަމަށެވެ. މާނައަކީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދުގެ ގޮތުގައި ގުނާނީ 87 އެވެ.

އެ ޙުކުމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު ގުނާއިރު، 80 މެމްބަރުންނަށް ބަލައިގެން ނިންމާ ނިންމުން ބާތިލުވާނެކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ، މަޖިލީހުން މީގެ ކުރިން ނިންމި ނިންމުންތަކުގެ ސައްޙަކަމާމެދުވެސް ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އެ ނިންމުންތަކުގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭކަމަށް ރައީސް ވިދާޅުވިއެވެ.  

ވުމާއެކު، އޭޖީގެ ޤާނޫނީ ލަފަޔަކަށް އެދި ދަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، އެެއަށްފަހު، ބިލު ތަސްދީޤު ކުރައްވަން ޖެހޭނަމަ އެކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ، މިއީ ސިޔާސީ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅުވީވެސް ރޯދަމަހުގެ ކުރިން އިންތިޚާބު ބާއްވާށެވެ. ރޯދައިގެ ފަހުން އިންތިޚާބު ބާއްވާނަމަ، ފަހު ދިހައިގައި އިންތިޚާބުގެ ކެމްޕޭނުގައި އުޅެން ޖެހޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިޚާބު ބާއްވާނެ ތާރީޚަކީ 17 މާރިޗު ކަމަށާއި އެ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް މީގެ ކުރިން އެކި މަހައްލުތަކުގައި ވިދާޅުވެފައިވެއެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައި ބިލު، ރައްޔިތުންގެ މަޖިލީހުން ވަނީ 11 ފެބްރުއަރީ 2024 ވަނަ ދުވަހު ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް ރައީސް މުއިއްޒުއަށް ފޮނުވާފައެވެ. އެހެން ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވައި، 14 ދުވަސް ހަމަވުމުން ރައީސް ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން ދެވަނަ ފަހަރަށް އެ ބިލު ފާސްކުރުމަށް އެޖެންޑާ ކުރެވި، ބުދަ ދުވަހު ކުރިއަށް ގެންދެވުނު މައްސަލައިގައި، އެ ބިލު އެ އޮތް ގޮތަށް މަޖިލީހުން އަލުން ފާސްކުރުމަށްފަހު ރައީސް މުއިއްޒުއަށް ބިލު ތަސްދީގުކުރުމަށް ރައީސް އޮފީހުން ވަނީ ފޮނުވާފައެވެ. 

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް