Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތް ގަޑުބަޑުކުރުން

މެންބަރުން އަޅުންގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް ދައުލަތް ގަޑުބަޑު ކުރުމުގެ ފުރުސަތު ނުލިބޭނެ: މެންބަރު ހުސައިން ޝަހީމް

28 ފެބުރުއަރީ 2024 | ބުދަ 17:49

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ޕެނަލްޓީ އޭރިއާގެ ތެރެއިން ފައުލް ކުރައްވަން

އަމްނާ އިމާދު
އަމްނާ އިމާދު | 28 ފެބުރުއަރީ 2024 | ބުދަ 17:49
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ މުޅި ދައުލަތް ގަޑުބަޑުކުރައްވަން ކަމަށާއި، ރައްޔިތުން މަޖިލީހުގެ މެންބަރުން އަޅުންގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް ގަޑުބަޑު ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ވިދާޅުވީ މިހާރު ފެނިގެންދަނީ މިއަދުގެ ރައީސްއަށް މި ދައުލަތް ނުހިންގިގެން އުޅޭ މަންޒަރު ކަމަށެވެ.

Advertisement - newsAdvertisement

އިންތިޚާބު ފަސްކުރާ ބިލު ރައްޔިތުން މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމުން އެކަމަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި، ނަމަވެސް ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ހިފުމަށް ކަމަށް މެންބަރު ވިދާޅުވިއެވެ. މިއީ ރައީސުން ކުރައްވާ ކަންކަން ނޫންކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ޕެނަލްޓީ އޭރިއާގެ ތެރެއިން ފައުލް ކުރައްވަން ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލު ކުރައްވާނަމަ ވަރަށް ފަސޭހައިން ޕެނަލްޓީ ލިބޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މުޅި ދައުލަތް ގަޑުބަޑު ކުރައްވަން ކަމަށެވެ. އެމަނިކުފާނު ދިޔަ ކޮންމެތަނެއް ވެސް ގަޑުބަޑުކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. އެގޮތުން މާލެސިޓީ ކައުންސިލާއި، ހައުސިން މިނިސްޓްރީ ވެސް ގަޑުބަޑުކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލިސް މެންބަރުންނަކީ ޗީޕް ބައެއްގެ ގޮތުގައި އަދި އަޅުންގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް މަޖިލީހުގެ ފަރާތުން ދައުލަތް ގަޑުބަޑުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، މަޖިލީހުގެ ތެރެއިން ކުރެވޭނެ މާގިނަ މަސައްކަތްތައް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ މަޖިލިސް އިންތިޚާބު ފަސްކުރުމަށް ގައުމުގެ ގިނަ ރައްޔިތުން އެދުނު ނަމަވެސް ރޯދަ މަހު އިންތިޚާބު ބޭއްވުމަށް ރައީސް މުއިއްޒު ބޭނުންފުޅުވުމުން އެމަނިކުފާނުގެ ބަހާއި އަމަލު ދިމާނުވާކަން ހާމަވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ރައީސް މުއިއްޒުގެ ކެބިނެޓްގެ ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނުދީ ފޮނުވާލީ އެންމެ ތިން ވަޒީރުންގެ ކަމަށެވެ. އެކަމަށް އެކަނި ރިޔާއަތްކޮށް މިސަރުކާރަށް މަޖިލީހުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ނުނިންމޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ވަރަށް ޒިންމާދާރު ކަމާއެކު މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް