Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު ހަމަމަގަށް އެޅުވުން

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދައި، ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވަން ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

100 ދުވަހުގެ ވައުދުގެ ތެރެއިން ހާސިލްވެފައިވަނީ އެންމެ 24.3 އިންސައްތަ މަސައްކަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2024 | ބުދަ 14:07
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަހުމަދު ނަސީމް

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދައި، ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވަން ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މި މައްސަލައިގައި ބުނެފައިވަނީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ހާސިލްކޮށްފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވާގޮތަށް ބެލިނަމަވެސް މި މައުލޫމާތުތަކަކީ ދެކޮޅުނުޖެހޭ އޮޅުވާލުންތަކެއްކަން ހާމަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު 35 އިންސައްތަ ކަންކަން ހާސިލްވެފައި ވާކަމުގައި ބުނެފައި ވީނަމަވެސް، މައުލޫމާތު އިތުރަށް ދިރާސާކުރުމުން؛ 56 އިންސައްތަ ކަންތައް ހާސިލްނުވާކަމާއި، 18.9 އިންސައްތައަކީ ދޮގުކަމާއި، އަދި ހާސިލްވެފައިވަނީ އެންމެ 24.3 އިންސައްތަ މަސައްކަތްކަން އެނގޭކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުގެ ދޮގާއި އޮޅުވާލުމުގެ ތެރެއިން، އިންތިޚާބުގައި ވީ ވައުދުތަކުގެ ތެރެއިން ސަރުކާރު ތަމްސީލްކުރާ ޕާޓީގެ އެންމެ މުހިންމު ވައުދު ކަމަށްވާ، ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތްވެސް ހަމަ އެކަނި މަތީ ފެންވަރުގެ ކޮމިޓީ ބައްދަލުވުމުގެ މަޝްވަރާތައް ފެށިފައި ވުންކަމުގައި ރައީސް އޮފީހުން ހާމަކުރުމަކީ ވީ ވައުދު ފުއްދުން ކަމުގައި ނުބެލެވޭކަމަށް ބުނެފައިވެއެވެ. އަދި ހެލިކޮޕްޓަރުތައް ދުއްވާ ފަރާތްތައް ކުލަހެދުމުގައި ތިބޭގޮތަށް ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާކަން ހާމަކޮށްފައިވާ ހާމަކުރުމުން އެނގެނީ، ރާއްޖޭގައި އެއްވެސް އިރެއްގައި ދިވެހިންގެ އިސްތިގުލާލަށާއި މިނިވަންކަމަށް ހުރަސްއެޅޭގޮތަށް، ހަމަ އެންމެ ހަތިޔާރު އެޅި ސިފައިންގެ މީހެއްވެސް ނެތްކަން ކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

އަދި ނިމިދިޔަ ސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭ 100 އެތައް އެއްބަސްވުންތަކެއް ވީކަމަށް ތުހުމަތުކޮށް، އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުން ކަމުގައި ދައްކަމުންދިޔަ ވާހަކާއިގެ އެއްވެސް ހަޤީޤަތެއް ނެތްކަން އިނގެނީ، މިއަދާ ހަމައަށް އައިރު މި ސަރުކާރުން އެބުނާ އެންމެ އެއްބަސްވުމެއްގެ އެންމެ މާއްދާއެއްވެސް ހާމަކުރެވިފައި ނެތްކަން ކަމަށްވާއިރު، ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެންކަމަށް ބުނެ، އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައި އެކަމުގެ އެއްވެސް މައުލޫމާތެއް 100 ދުވަސްވީއިރު ހާމަ ކުރެވިފައިނުވާ ކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

އަދި ނިމިދިޔަ ސަރުކާރުން ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް 'ރީފައިނޭންސް' ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނި ނަމަވެސް، ޑެޓް ރިފައިނޭންސް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެނަދެވި 100 ދުވަސް ނުވަނީސް ދައުލަތް ދަރުވާލާ އައިއެމްއެފްގެ ޕެކޭޖަކަށް އެއްބަސްވެފައިވާކަމަށް އަޑުފެތުރިފައިވާ ކަމަށެވެ.

މީގެ އިތުރުން އިންވެސްޓްމަންޓް-ޑިވެލޮޕްމަންޓް ބެންކެއް ޤާއިމުކުރުމަށް ބޭނުންވާ 'ޕޮލިސީ ފްރޭމްވަރކް' އެކުލަވާލަން ރޭވި ނަމަވެސް، މިއީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ޕެޕާ ކޮންޕެނީއެއްކަމަށްވެފައި، ފައިނޭންޝަލް ސާރވިސެސް ދިނުމާބެހޭ އެއްވެސް ހުއްދައެއް އެމްއެމްއޭ އިން މިހާނަށް ހޯދާފައިވެސް ނުވާއިރު، 'އީކޮމަރސް ޕްލެޓްފޯމް' ތަކުގައި ދިވެހީންނަށް ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ވައުދުވެ، ހަމައެކަނި ކުރެވުނު ކަމަކީ އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓެޓިވް، އާއެކު ބޭއްވުނު ޓީފާ ބައްދަލުވުމުގައި، ޕޭޕަލް އޮންލައިން ޕޭމަންޓް ސިސްޓަމަށް އެކްސެސް ހޯދުމާ ގުޅޭ ގޮތުނ،ް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. ޕްރައިވެޓް ކުންފުންޏެއްގެ ނިންމުމަށް ނުފޫޒު ފޯރުވުމުގެ ބާރު އެމެރިކާ ސަރުކާރަށް ލިބިގެން ނުވާ ކަމަށަވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް އަލުން ޑޮލަރު ޖަމާކުރާގޮތަށް ބަދަލުކުރާނެ ކަމަށް ބުނި ނަމަވެސް މިއީ ބޮޑު އޮޅުވާލުމެއްކަމަށް ބެލެވޭއިރު، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައިވާ ޑޮލަރުން ބައެއް ރުފިޔާއަށް ބަދަލުކޮށްފައިވަނީ ޑޮލަރު އެމްއެމްއޭ އަށް ވިއްކާ، ފަންޑަށް ރުފިޔާ ޖަމާކޮށް ފަންޑަށް ވަންނަ ޑޮލަރު އެސްޑީއެފްގެ ބަދަލުގައި ދައުލަތުގެ ރިޒާވް އަށް ޖަމާކުރަންފެށީ އެމްއެމްއޭގެ ލަފާގެ މަތިން ހީނަރުވެފައިވާ ރާއްޖޭގެ އެކްސްޓާރނަލް ރިޒާވް އިތުރުކުރުމުގެ ގޮތުންކަމަށްވާއިރު، އަދި، މި އެއްބަސްވުމުގެ ދަށުން ސަރުކާރުން ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނި އަދާކުރުމަށް ބޭނުންވާ ޑޮލަރު ސަރުކާރަށް އަނބުރާ ވިއްކާނެކަމުގެ ޔަގީންކަށް ދީފާކަމަށެވެ.

ރާއްޖޭގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަށް ނަޒަރު ހިންގާލުމުނ،ް މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްޞަ އެޖެންސީއެއް އުފައްދާނެ ކަމަށް ވައުދުވެ، އުފެއްދީ ޕޭޕަރ ކުންފުންޏެއް ކަމަށް ބުނެފައިވެއެވެ. އަދި މަސްވެރިންގެ ހިއްސާ ހިމެނިގެން މިފްކޯ ހިންގަވާނެ ކަމަށް ވިދާޅުވެ އުފެއްދި ކުންފުނީގައި މަސްވެރިން ނުހުމެނޭއިރު; މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް ފެށުމަށް ރޭވި ނަމަވެސް އިތުރު އެއްވެސް ކަމެއް ކުރެވިފައި ނުވެއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމާ ގުޅުންހުރި ކަންކަމަށް ބަލާލާއިރު، ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ހިއްކަން ކަނޑައަޅާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ރާވާފައިވީނަމަވެސް، މިހާރު ވަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށެވެ. ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު 2 ލިފްޓު ހަރުކުމުގެ މަސައްކަތް ފެށުން 100 ދުވަހުގެ ވައުދުގައި ހިމެނި އެކަން ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، ދައުލަތުގެ ބަޖެޓުގައި 100 ދުވަހުގެ ވައުދު ފުއްދަން ކަނޑައަޅާފައިވާ ބަޖެޓުގެ 87 އިންސައްތަ ޚަރަދު ދަނީ މިކަންކަމަށް ބުނެފައިވެއެވެ.

އަދި ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން 1 އަހަރަށް ފަސްކޮށްދިންކަމަށް ވައުދުވެފައިވާއިރު، ސިފައިންގެ ސިޕްކޯހިޔާ ޕްރޮޖެކްޓަށް ސަރުކާރުން ދީފައިވާ ޓްރެޒަރީ ލޯނު ރީސްރަކްޗާކޮށް ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރސްޓުން 629 މިލިއަން ރުފިޔާ މާފުކޮށްދީ ލޯނުގެ މުއްދަތު 25 އަހަރަށް އިތުރުކޮށް 12 މަސްދުވަހުގެ ގްރޭސް ފީރިއަޑެއް 2023 ވަނަ އަހަރު ދީފައިވާ ކަމަށާއި، އަދި އިސްރަށްވެހީންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫޢެއް ފެށުން ކަމަށް ވިދާޅުވެ އިފްތިތާޙް ކުރި މަރުކަޒަކީ ވެރިކަން ބަދަލުވީއިރު 99 އިންސައްތަ މަސައްކަތް ނިމިފައިވާ އެމްޑީޕީ ސަރުކާރުގެ މަޝްރޫއެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މާލެ އަދި އެހެން ސިޓީތަކުގެ ހުރިހާ މަގުތައް ހެދުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ފަށަން ރޭވި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައިވަނީ ކުރެވުނު މަސައްކަތަކީ ސިޓީ ކައުންސިލްތައް މެދުވެރިކޮށް މަގުތަކުގެ ފުޅާ މިނާއި ދިގު މިން ބެލުން އެކަނި ކަމަށާއި، ފުޓްސަލް ކޮމްޕްލެކްސް އަދި ނެޓްބޯލް ކޮމްޕްލެކްސްގެ މަސައްކަތް ފަށްޓަވާނެ ކަމަށް ވައުދުވެ، އެފަދަ އެއްވެސް މަޝްރޫއެއްގެ މަސައްކަތް، ބިން ހަވާލުކުރުން ފިޔަވާ ފެށިފައިވާކަން އިނގޭކަށް ނެތްކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑ19ްށް ފަހު ރާއްޖޭގެ އިގްތިސާދު އަލުން އިއާދަވާން ފަށާފައިވީނަމަވެސް، އަބަދުވެސް މިއީ ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ކަމެއްކަމަށްވެފައި، ދައުލަތް ހިނގާ ގޮތާއި، ބަޖެޓު ޚަރަދުކުރެވޭ ގޮތް އެނގިވަޑައިނުގަންނަވާކަން އެނގެނީ މުހިއްމު ނޫން ކަންކަމަށް ދައުލަތުގެ ބަޖެޓުން އެންމެ ފުރަތަމަވެސް ޚަރަދުކުރެއްވީތީއާއި، އޭގެ ތެރޭގައި ވަޒީރުންގެ ކާރުކޮޅުތައް އާ ކުރުމާއި، ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުތައް ބޮޑުވުމާއި، ސަރުކާރުގެ ވެރިންގެ ދަތުރު ޚަރަދުތައް ބޮޑުވުމާއި، ރައީސް އަދި ނައިބު ރައީސް ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުތައް ގިނަވުން ހިމެނޭކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ. އަދި އެއްފަހަރާ އެހާ ގިނަ މީހުންނަށް ސަރުކާރުގެ އެންމެ މަތީ ފަންތީގެ މަގާމުތައް ދިނުމާއި ކުރިން ކަނޑައެޅިފައިވާ މިންވަރަށްވުރެ އެ މަގާމުތަކުގެ މުސާރަތައް ބޮޑުކުރުން މިއީ މިވަގުތު މަޑު ޖައްސާލެވޭނެ ޚަރަދުތަކެއްކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ނަމަވެސ،ް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރަށް ފާޑު ކިޔާ 3 ވެބްސައިޓެއް ބަންދުކުރިއިރު، މިއީ ފެހި ގާނޫނު އަސާސީގެ ފަހުން އުފެދުނު އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. އަދި އެކި ދާއިރާތަކުގެ ގާނޫނީ އޮނިގަނޑު އިސްލާހް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހަޅާނެ ކަމަށް ހަފްތ14ާ ގައި ޕްލޭންކޮށްފައިވީނަމަވެސ,ް 99 އިންސައްތަ ބިލްތައް ހުށަހަޅާފައި ނުވާކަަމަށް ބުނެފައިވެއެވެ. އަދި މިކަންކަމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް ރައީސުލްހޖުމްހޫރިއްޔާ ގޮންޖެހުން އާންމު ވަމުންދާތަން ފެންނަމުންދާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ފާއިތުވީ 3 މަސް ދުވަސްތެރޭގައި ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ދައުލަތުގެ މާލީ ހާލަތު މިވަގުތު ހުރީ ވަރަށް ގޯސްކޮށް ކަމަށާއި، މިސަރުކާރުގެ ނާގާލިބުކަމާއި، ދޮގާ، މަކަރާއި އޮޅުވާލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ ހުރިހާ ނުރައްކަލަކުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރަށް ގޮވާލާ މި މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ ތެރެއިން 43 މެންބަރުން ވަނީ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވާފައެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 14 މެންބަރުންނެވެ. 3 މެންބަރަކު ވޯޓު ނުލައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު