Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ފުޓްސަލް ޗެލެންޖު 2024

ގޯލްޑަން ފުޓްސަލް ޗެލެންޖު: ކުއާޓާ ފައިނަލްގެ 8 ޓީމު ޔަގީންވެއްޖެ

28 ފެބުރުއަރީ 2024 | ބުދަ 05:43

ކުއާޓާ ފައިނަލުން ޖާގަ ލިބުނު އަށް ޓީމަކީ، އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމުގެ އިތުރުން އއ.މަތިވެރި، ވިލިމާލެ، ސ.ހިތަދޫ، ކ.ގާފަރު، ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި އަދި ބ.އޭދަފުށި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ފެބުރުއަރީ 2024 | ބުދަ 05:43
ތިމަރަފުށިން ކުޅުނު ގަދަަ 16 ވަނަ ބުރުގެ މެޗުގެ ތެރެއިން

ތިމަރަފުށިން ކުޅުނު ގަދަަ 16 ވަނަ ބުރުގެ މެޗުގެ ތެރެއިން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024ގެ ކުއާޓާ ފައިނަލްގައި ވާދަކުރާނެ 8 ޓީމު ޔަގީން ވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ގަދަ 16 ވަނަ ބުރުގެ އަށް މެޗަށްފަހު، ކުއާޓާ ފައިނަލުން ޖާގަ ލިބުނު އަށް ޓީމަކީ، އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމުގެ އިތުރުން އއ.މަތިވެރި، ވިލިމާލެ، ސ.ހިތަދޫ، ކ.ގާފަރު، ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި އަދި ބ.އޭދަފުށި އެވެ.

މަތިވެރިން ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ، ފ.ބިލެތްދޫއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްގެންނެވެ. މެޗުގައި މަތިވެރީގެ ލަނޑުތައް ޖެހީ، އަޙުމަދު ފިރާޝް އަދި އަޙުމަދު ފިޒާން އެވެ. އެންމެ ފަހުގެ ޗެމްޕިއަން ގަމުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ ހދ.ނައިވާާދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަަގުތު ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފަައި ނެތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގަމުން ކާމިޔާބު ކުރީ 4-2 އިންނެވެ. ނައިވާދޫގެ ދެ ޕެނަލްޓީއެއް ގަމުގެ ގޯލު ކީޕަރު ވަނީ ހުއްޓުވައިފަ އެވެ. ކުއާޓާ ފައިނަލްގައި މަތިވެރިން ނިކުންނާނީ ގަމާ ދެކޮޅަށެވެ.

ވިލިމާާލެ އިން ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ ރ.ދުވާފަރު ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ވިލިމާލެ ކުރި ހޯދީ، 5-2 އިންނެވެ. ހިތަދޫ އިން ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ، 2-1 އިން އދ.މާމިނގިލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ހިތަދޫގެ ލަނޑުތައް ޖެހީ، މުޙައްމަދު ތިލްމީޒް އަދި ހާޒިމް ފައުޒީ އެވެ. މެޗުގައި މާމިނގިލީގެ ހަމައެކަނި ލަނޑު ޖެހީ އަޙުމަދު ނިޒާމް އެވެ.

ގާފަރުން ވެސް ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ދަޑިމަގާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ގާފަރުން ކުރި ހޯދީ، 5-3 އިންނެވެ. ކުޑަހުވަދޫން އިން ވަނީ ނ.ކެނދިކުޅުދޫއާ ދެކޮޅަށް ކުޅުނު މެޗު 4-0 އިން ކާމިޔާބު ކޮށްފަ އެވެ. މެޗުގައި ކުޑަހުވަދޫގެ އަބްދުލް މުޤްސިތު ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ ޙުސެއިން އިފްހާމް އެވެ. އަނެއް ލަނޑަކީ ކެނދިކުޅުދޫގެ އަލީ ބުޝްރީ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

ގަދަ 16 ވަނަ ބުރުގެ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތިމަރަފުށި ނިކުތީ ހއ.އުތީމާ ދެކޮޅަށެވެ. އެ މެޗު ތިމަރަފުށިން ކާމިޔާބު ކުރީ 4-1 އިންނެވެ. ތިމަރަފުށީގެ އިބްރާހީމް ޙަމްދާން ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ، އިބްރާހީމް އަސްވަދު (ގަބޭ) އަދި އާދަމް ނާސިހު އެވެ. އުތީމުގެ ހަމައެކަނި ލަނޑު ޖެހީ އަޙުމަދު އައިހަމް އެވެ. އޭދަފުށިން ވަނީ ޕެނަލްޓީގައި މާފަންނު ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަަގުތު ހަމަވީ 3-3 އިންނެވެ. ޕެނަލްޓީގައި އޭދަފުށިން ކުރި ހޯދީ 7-5 އިންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް