Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާނަބަސަންދު ނުވަތަ ޗިކެންސްޕޮކްސް

ފާނަބަސަންދު ފެތުރޭ މިންވަރު އިތުރުވަނީ، ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

28 ފެބުރުއަރީ 2024 | ބުދަ 00:44

ފާނުބަސަންދަކީ ވައިރަހަކުން ޖެހޭ ބައްޔަކަށް ވާއިރު، މި ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް، ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 28 ފެބުރުއަރީ 2024 | ބުދަ 00:44
ފާނަބަސަންދު ނުވަތަ ޗިކެންޕޮކްސް ޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ ބިހިތައް

ފާނަބަސަންދު ނުވަތަ ޗިކެންޕޮކްސް ޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ ބިހިތައް

ފާނަބަސަންދު ނުވަތަ ޗިކެންޕޮކްސް ފެތުރޭ މިންވަރު އިތުރުވާތީ، ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ފާނަބަސަންދުން ރައްކާތެރިވުމަށް އެދި އެޗްޕީއޭ އިން މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ، ބަލި ފެތުރުން ހުއްޓުވުމަށް އަމިއްލަ މީހާގެ އިތުރުން، އެހެން މީހުން ވެސް ސަމާލުވުމަށެވެ.

ފާނަބަސަންދަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް، ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެވެ.

މި ބަލި ޖެހެނީ ބަލި ޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިޔާއިންގެ އިތުރުން، ބިހިނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައި އޮތް ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުން ކުރުމުންނެވެ.

މީގެ އިތުރުން ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކު ގައިން އަނެއްކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރު ދެރަވުން، ނޭފަތުން ފެންއައުން އަދި ހަމުގައި ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބިހިތައް ފެންފޮޅުތަކަށް ބަދަލުވާއިރު، މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެއްގެ އިތުރުން، ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކި ތަންތަނުގައި ފެންބިހި ނަގަން ފަށައެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި، ބަލިޖެހިފައިވާ މީހުންގެ ގާތަށް ޒިޔާރަތް ނުކުރުމާއި، މި ބަލި ޖެހިފައިވާ މީހުން، އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނުނިކުތުމަކީ މުހިންމު ކަމެކެވެ. އަދި މި ބަލި ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވެ، ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި ވަކި ކުރަން ވާނެއެވެ.

މި ބަލިން ރައްކާތެރިވުމަށް ޗިކަން ޕޮކްސްގެ ވެކްސިން ޖެހުމަކީ މުހިންމުކަމެކެވެ. އެގޮތުން އެ ވެކްސިންއަކީ އާންމު ގޮތެއްގައި ފާމަސީތަކުން ލިބެން ހުންނަ ވެކްސިނެކެވެ.

މި ބަލި ކުރިން ޖެހިފައިނުވާ ކޮންމެ މީހަކަށް، މި ބަލި ޖެހުމުގެ ފުރުސަތު އޮވެދާނެއެވެ. އެހެން ނަމަވެސް އެއްފަހަރު މި ބަލި ޖެހިއްޖެނަމަ، ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ވެސް ކުޑައެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
15 މާރިޗު 2017

އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

15 މާރިޗު 2017
އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
13 މާރިޗު 2017

ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި:އެޗްޕީއޭ

13 މާރިޗު 2017
ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި:އެޗްޕީއޭ
12 މާރިޗު 2017

ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް

12 މާރިޗު 2017
ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް