Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަން ކުޑަކުރުން

އިސްލާމިކް މިނިސްޓްރީއާއި އޭސީސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

27 ފެބުރުއަރީ 2024 | އަންގާރަ 17:14

އެންޓި ކޮރަޕްޝަން ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމަށް ދެފަރާތުން ގުޅިގެން ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ފެބުރުއަރީ 2024 | އަންގާރަ 17:14
އިސްލާމިކް މިނިސްޓްރީއާއި އޭސީސީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިސްލާމިކް މިނިސްޓްރީއާއި އޭސީސީއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮރަަޕްޝަނަށް މަގުފަހިވާ ކަންކަން ވިޔަނުދިނުމަށް ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެ މަޤަސަދް ހާސިލްކުރުމަށް ކުރެވޭނެ މަސައްކަތްތައް ކަނޑައެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ސަބަބުން ކޮރަޕްޝަން ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމަށް ދެފަރާތުން ގުޅިގެން ކުރާނެ މަސައްކަތްތައް ކަނޑައެޅިގެން ދާނެއެވެ.

މި ފަހުމުނާމާގައި މިވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ މުހިންމު މަސައްކަތްތަކެއް ކުރާ ތަނެއް ކަމަށާއި، އާންމު ރައްޔިތުންނާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރާ، އެ ކަންކަން ރަނގަޅުގޮތުގައި ދެމެހެއްޓުމާއި އިތުބާރު ހިފޭގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދިޔުމަކީ މުހިއްމު ކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މި އެއްބަސްވުމާއެކު، އޭސީސީން ކުރާ މުހިއްމު މަސައްކަތުގައި އިސްލާމިކް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމުގައާއި މައްސަލަތަކާ ގުޅިގެން ދިމާވާ ކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ގާއިމްކޮށް އަމަލުކުރާނެ ގޮތްތައް ކަނޑައަޅާނެއެވެ. 

އިތުރަށް ކިޔާލަން

29 މެއި 2017

ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ

29 މެއި 2017
 ފުރަތަމަ ދުވަހު ޒަކާތް ދެއްކީ 1300 މީހުން: އިސްލާމިކް މިނިސްޓްރީ
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
24 މެއި 2017

ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި

24 މެއި 2017
ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓްގެ ހަވާސާގައި ގައުމުތަކުން އިސްވެރިންނާ ރައީސް ޔާމީން ބައްދަލު ކުރައްވައިފި
23 މެއި 2017

އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!

23 މެއި 2017
އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!
21 މެއި 2017

އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ނުކުރައްވާ!

21 މެއި 2017
އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ނުކުރައްވާ!
18 މެއި 2017

އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް

18 މެއި 2017
އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް