Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯ އިން ކެނޑިޑޭޓުން ޕްރޮމޯޓްކުރުން

މިފްކޯ އިން ސަރުކާރު ކެނޑިޑޭޓެއް ޕްރޮމޯޓްކުރުން - މިފްކޯ އަށް ގޯސްވީ ޓްވީޓް ކުރި މީހާ

މިފްކޯ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2024 | އަންގާރަ 13:11
މިފްކޯގެ އިސް ބޭފުޅުން

މިފްކޯގެ އިސް ބޭފުޅުން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ސަރުކާރު ކެނޑިޑޭޓުން ޕްރޮމޯޓްކޮށް "ފަސްމީރު" ބްރޭންޑުގެ އެކި ބާވަތުގެ މަސްދަޅާއި އެ ބްރޭންޑުގެ އެކި އުފެއްދުންތައް ހިމަނާފައިވާ ފޮއްޓެއް ހިއްސާކުރި މައްސަލައިގައި ޒިންމާ ނެގުމުގެ ބަދަލުގައި އެ ޓްވީޓް ކުރި މީހާ ގޯސްވާގޮތަށް މިފްކޯ އިން ވާހަކަދައްކައިފިއެވެ.

މިފްކޯ އިން ކެނޑިޑޭޓުން ޕްރޮމޯޓްކޮށް 5 ޕޯސްޓެއް ކޮށްފައިވެއެވެ. މި މައްސަލަ އާއި ގުޅޭގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން މިފްކޯގެ ސިީއީއޯ އަހުމަދު ޝަމާހު ރަޝީދު ވަނީ މިފްކޯއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓުކުރަނީ ނޫންކަމަށާއި އެއީ ޕްރޮޑަކްޓު ޕްރޮމޯޓްކުރުން ކަމަށް އެނާ ވަނީ ސިފަކުރައްވާފައެވެ. މިފްކޯ އިން ވަނީ ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންތަކަކަށް މަރުހަބާ ކިޔުމުގެ ގޮތުން "ފަސްމީރު" ބްރޭންޑުގެ އެކި ބާވަތުގެ މަސްދަޅާއި އެ ބްރޭންޑުގެ އެކި އުފެއްދުންތައް ހިމަނާފައިވާ ފޮއްޓެއް ހަދިޔާކޮށްފައެވެ. އަދި މި ފޮށި ހަދިޔާކުރާ މަންޒަރު ފެންނަ ފޮޓޯ ވެސް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މި ކަމަށް އާއްމުންގެ ފާޑުކިޔުން ރައްދުވުމުން މިފްކޯ އިން ވަނީ އެ މަންޒަރުތައް ޑިލީޓްކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ޝަމާހު ވަނީ އެ ޓްވީޓް ކުރީ ހުއްދަ ނުހޯދާ ކަމަށާއި އެކަން ތަކުރާރު ނުވާނެ ގޮތަކަށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޓްވީޓް ކުރިކަން އެނގުނީ އޭނާ އަށް އެކަމާއި ގުޅޭ ފޯންކޯލްތައް އަންނަން ފެށުމުން ކަމަށާއި ޓްވީޓް ޑިލީޓްކުރީ އޭނާ އަންގައިގެން ކަމަށް ޝަމާހު ވިދާޅުވިއެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން މިފްކޯގެ ޖެނެރަލް މެނޭޖަރ މުއާޒު އަލީ ވިދާޅުވީ އެކަން ކުރީ ސިޔާސި ނުފޫޒެއްގައި ކަމެއް ހާސިލްކުރުމުގެ ގޮތުން ނޫން ކަަމަށާއި އެކަން ހިނގާފައި ވަނީ އާއްމު އުސޫލެއްގެ ގޮތުން ކަންކަން ކުރަމުންދާ ގޮތަށް ކަމަށެވެ. އެކަން ކުރީ މާކެޓިން މަރުހަލާގެ ތެރެއިން ކަމަށާއި އެއީ ޒަމާނުއްސުރެ އޮތް ސަޤާފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފެބްރުއަރީ މަހުގެ ކުރީކޮޅު ވަރަށް ގިނަ މީހުން މިފްކޯގެ ސީއޯ އާއި ބައްދަލުކުރަން އެދެމުން ދިޔަ ކަމަށާއި އޭގެ ތެރެއިން ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީސްމީޑިއާގައި ދައުރުވި ފޮޓޯ އަކީ އެޕްރޫވަލް ނުވަތަ ހުއްދަ ހޯދުމަކާއި ނުލާ ޓްވީޓް ކުރި ފޮޓޯ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމާއި މެދު ފިޔަވަޅު އަޅާ އެ ޓްވީޓް މީސްމީޑިއާ އިން އުނިކޮށްފައިވާ ކަމަށާއި އެކަން ދެން ނުހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީސީބީގެ ރައީސް ހަމްދީ އަޤީލް ވިދާޅުވީ މި މައްސަލައިގައި ސުވާލުކުރުމުން މިފްކޯ އިން ދިން ޖަވާބަކި މަޖިލީހުގައި ވެސް ދީފައިވާ ޖަވާބު ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފްކޯގެ މި އަމަލާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން މި ފަސް ޕޯސްޓް މިފްކޯއިން ވަނީ ޑިލިޓް ކޮށްލާފައެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންތަކެއް މިހެން ޕްރޮމޯޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާފައިވާ ބައެއް އާއްމު ރައްޔިތުން ބުނެފައިވެއެވެ. އަދި މަސްވެރިންނަށް ރުފިޔާ ނުދެވޭއިރު، މިފަދަކަންކަން މިފްކޯއިން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު