Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިއާ

ރައީސްގެ ނުސީދާ ބަހުގެ ހަަމަލާތަކެއް އަނެއްކާވެސް އިންޑިއާ އަށް؟ ވިދާޅުވީ އެހެން ބައެއްގެ މަސްލަހަތު ހިމާޔަތްކުރާ ވާހަކަ!

ރައީސް މުއިއްޒު ވަރަށް ބޮޑަށް އިންޑިއާ އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ފެބުރުއަރީ 2024 | އަންގާރަ 12:45
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

އަބަދުވެސް އިވެނީ ނިމިދިޔަ ސަރުކާރުން ނުކޮށް ހުރި ކަންކަމުގެ ވާހަކަދައްކަވާ އަޑެވެ. އަދި މުޅިން ވެސް އެހެން ބަޔަކު ކުށްވެރިކުރާ ތަން ފެނެއެވެ. މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށް ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުތަކުގައި ވެސް އެ މަނިކުފާނު ދައްކަވާ ވާހަކަތަކުގެ ބޮޑު ބައެއް ހިއްސާ ކުރަނީ މި ދެންނެވި ޒާތުގެ ވާހަކަތަކެވެ. ރައީސްގެ ވާހަކަފުޅުތަކުން ފާހަގަވާ އަނެއްކަމަކީ ނުސީދާ ސިފައެއްގަ އާއި ސީދާ ގޮތެއްގައި އަަވަށްޓެރި އިންޑިއާ އަށް ނިސްބަތްކޮށް ދައްކަވާ ވާހަކަތަކާއި ބަހުގެ ހަމަލާތަކެވެ.

އާދައިގެ މަތިން ށ.ކަނޑިތީމުގައި ވާހަކަދެއްކެވި އިރުގައި ވެސް އިންޑިއާ އަށް ނިސްބަތްވާކޮށް ކަމަށް ބެލެވޭ ގޮތަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިވަނީ ވާހަކަ ދައްކަވާފައެވެ. ކުރީގެ ވެރިކަން އޮތް އިރު އެހެން ބައެއްގެ މާބޮޑު މަސްލަހަތެއް ހިމާޔަތްކުރަން މަސައްކަތް ކުރި ކަމަށް ވިދާޅުވިއެވެ. ނަން ވިދާޅު ނުވި ނަމަވެސް އެ ވިދާޅުވި އެހެން ފަރާތަކީ އިންޑިއާ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. އެހެނީ އިންޑިއާ އިން ރާއްޖެ އަށް ބުލީ ކުރާ ކަމަށް ދޭހަކޮށް ވެސް ރައީސް ވާހަކަދެއްކެވިއެވެ. ދޭތެރެއަކުން ވަކި ޤައުމަކަށް ރާއްޖެ އަޅުދާސްކުރަން ކުރީ ސަރުކާރުން އުޅުނު ކަމަށް ބުނެ ދައްކާ ވާހަކަ ވެސް އޮތީ އެހެންނެވެ. ކުރީ ސަރުކާރުން ޢަމަލުކުރި ގޮތުން ޤައުމީ މަސަލަސްކަން ގެއްލޭ ކަމަށް ވެސް ވިދާޅުވެއެވެ.

އެކަމަކު މިއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ވެރިކަމަށް ވަޑައިގަންނަވަން ވެސް ރައީސް އެންމެ ގިނައިން ދެއްކެވީ އިންޑިއާގެ ވާހަކައެވެ. އިންޑިއާ ސިފައިން ހާހުން ހާހުން ރާއްޖޭގައި ތިބި ވާހަކަ އާއި ހަތިޔާރު އެޅި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކައެވެ ވެރިކަމަށް މިހާ ދުވަސް ވި އިރުވެސް އެ ވިދާޅުވާ ސިފައިންނެއް ވެސް ނުދެއްކުނެވެ. 100 އަށް ވުރެ ގިނަ އެއްބަސްވުން އިންޑިއާ އާއި އެކު ވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ ހިތުގައި އުދާސްކަން އުފެދޭ ގޮތަށް ސަރުކާރުން ވާހަކަތަކެއް ދެއްކެވުމަށް ފަހު އެ ކަމުގެ ތަފްސީލެއް ވެސް ނުދެއްވައެވެ. ހަގީގަތް ހާމަވާ ފަދަ ފެކްޓް މަދު މި ވާހަކަތައް ބޮޑަށް ވައްތަރީ ބޮޑު ޕްރޮޕެގެންޑާއަކާއި އެވެ.

އިންޑިއާ އާއި ކުރީ ސަރުކާރާއި ރަނގަޅު ނޫން ގުޅުމެއް އޮތް ކަމަށް ދައްކަން އަދިވެސް މަސައްކަތް ކުރައްވާ ލެއް ބޮޑީއެވެ. އިންތިޚާބަކާއި ހަމައަށް އަންނަ އިރު ދައްކާނެ ވާހަކަ އެއް ނެތުމުން ދެން ޤައުމިއްޔަތު ކަމަށް ބުނެ މި ދައްކަނީ މި ޒާތުގެ ވާހަކަތަކެވެ. މި ފަދަ ވާހަކަތަކުގެ ސަބަބުން ޤައުމުގެ މަސަލަސްކަމާއި މަސްލަހަތު ގެއްލުނަސް އެކަމަށް ވެސް ފަރުވާލެއް ނެތެވެ.

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
02 ސެޕްޓެމްބަރު 2017

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!
15 އޯގަސްޓު 2017

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ
03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު