Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
'މިސްރާބު ހަމަމަގަށް' ކެމްޕޭން

ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް އޮތީ ފޮތުގައި، ޢަމަލުތަކުން ފެންނަނީ ޚުދުމުހުތާރުކަން: ޝަފީޤް

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ބައެއް

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2024 | އަންގާރަ 05:57
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީޤް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީޤް

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އޮތީ ފޮތުގައި ކަމަށާއި ނަމަވެސް ޢަމަލުތަކުން ފެންނަނީ ޚުދުމުހުތާރުކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަފީޤް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭނު ލޯންޗުކުރުމަށް "މިސްރާބު ހަމަމަގަށް" މި ނަމުގައި ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ޝަފީޤް ވިދާޅުވި ގޮތުގައި އަނެއްކާވެސް މިހާރު ފެންނަނީ ރާއްޖޭގެ އެތައް ރައްޔިތުންނެއް ނުކުމެ، ބުރަ މަސައްކަތުން ރާއްޖެއަށް ހޯދައިދިން މިނިވަންކަމާއި ރައްޔިތުންނަށް ކަށަވަރުކޮށްދިން ހައްގުތައް ފޭރެމުންދާ މަންޒަރު ކަމަށެވެ. މީގެ އިތުރުން އެކި ނޫސް ވެބްސައިޓުތައް ވެސް ބްލޮކް ކުރަމުންދާ މަންޒަރު ފެންނަކަމަށް މެންބަރު ޝަފީޤް ވިދާޅުވިއެވެ.

މެންބަރު ޝަފީޤް އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ އޭރު އޮތް ސަރުކާރުން އިހުމާލުވަމުން ދާތީ އިދިކޮޅު ހަރަކާތެއްގެ ގޮތުގައި އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. އެމްޑީޕީން އައީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރު ކޮށްދިނުމަށް ކަމަށާއި ރައްޔިތުންގެ ޙައްޤުތައް ލިއްބައިދިނުމަށް ކަމަށްވެސް މެންބަރު ޝަފީޤް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު އެމްޑީޕީ އާއި ޕީޕީއެމް ނުވަތަ ޕީއެންސީގެ ތަފާތަކީ، ވެރިކަމުގައި އޮންނަ އިރުވެސް އަދި ވެރިކަން ގެއްލިފައި އޮތްކަމުގައި ވީނަމަވެސް، އެމްޑިޕީއަކީ އަބަދުވެސް ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކޮށްދިނުމަށްޓަކައި މަސައްކަތް ކުރާ ބައެއްކަމުގައި ޝަފީޤް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެމްޑީޕީއަށް ފުރުސަތު ލިބޭ ކޮންމެ ފަހަރަކު، އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތައް ބަދަލުވެގެން ދަނީ ރައްޔިތުން އެދޭފަދަ ގޮތަށް ރައްޔިތުންނަށް ލާބައާއި މަންފާ ލިބެދެނިވި ގޮތަށްކަމަށް މެންބަރު ޝަފީޤް ވަނީ ވިދާޅުވެފައެވެ.

ޤައުމު މިހާރު އޮތް މިސްރާބު ހަމަމަގަށް އެޅުވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންކަމަށާއި އެހެންކަމުން މާރިޗު މަހުގެ 17 ވަނަ ދުވަހު އިންތިހާބު އޮތްކަމުގައިވިޔަސް އަދި އޭޕްރީލް މަހުގައި އިންތިހާބު އޮތްކަމުގައިވިޔަސް، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުން ނުކުމެ އެމްޑީޕީއަށް ވޯޓުދީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދައިދިނުމަށް މެންބަރު ޝަފީޤް ވަނީ އެދިވަޑައިގެންފައެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު