Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޮޒައިނާ އާދަމް

އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި ނެތް ނަމަ، ގެދޮރުވެރިޔާގެ ފްލެޓްތައް ބޭނުން ގޮތަކަށް ބަހައި ނިންމާލާނެ: ރޮޒައިނާ

މިދިޔަ ސަރުކާރުން ދޫކުރި ގެދޮރުވެރިޔާ ފްލެޓްތަކަށް ޝަރުތު ހަމަނުވާ ކެޓަގަރީތަކުގެ، ބައެއް ކެޓަގަރީތަކުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅީ އަންހެނުން ކަމަށް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 27 ފެބުރުއަރީ 2024 | އަންގާރަ 00:07
 މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭނު ލޯންޗުކުރުމަށް "މިސްރާބު ހަމަމަގަށް" މި ނަމުގައި ބޭއްވި ޖަލްސާގައި މެންބަރު ރޮޒައިނާ ވާހަކަ ދައްކަވަނީ

މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭނު ލޯންޗުކުރުމަށް "މިސްރާބު ހަމަމަގަށް" މި ނަމުގައި ބޭއްވި ޖަލްސާގައި މެންބަރު ރޮޒައިނާ ވާހަކަ ދައްކަވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެޖޯރިޓީ މެންބަރުން މަޖިލީހުގައި ނުތިއްބަވާ ނަމަ، ގެދޮރުވެރިޔާގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރި ފްލެޓްތައް ބޭނުން ގޮތަކަށް މި ސަރުކާރުން ބަހައި ނިންމާލާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭނު ލޯންޗުކުރުމަށް "މިސްރާބު ހަމަމަގަށް" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، މިދިޔަ ސަރުކާރުން ދޫކުރި ގެދޮރުވެރިޔާގެ ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 60 އިންސައްތަ މީހުން ޝަރުތު ހަމަ ނުވިއިރު، އޭގެ ތެރެއިން ބައެއް ކެޓަގަރީތަކުން ޝަރުތު ހަމަނުވީ އަންހެނުން ކަމަށެވެ.

އޭގެ ސަބަބެއް ކަމުގައި ފާހަގަ ކުރައްވަމުން އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާކަން ކުރައްވާ ރޮޒައިނާ ވިދާޅުވީ، އޭސީސީން ނެރުނު ރިޕޯޓުގެ ބައެއް ކެޓަގަރީތަކުން އަންހެނުން ޝަރުތު ހަމަނުވާ ކަމަށް ނިންމި އިރު، އެފަދަ އަންހެނުންނަކީ މާލޭގައި ގިނަ ދުވަހު ދިރިއުޅުނު ނަމަވެސް ސަރުކާރުގެ ނުވަތަ ކުންފުންޏެއްގެ ވަޒީފާގައި ހަރަކާތްތެރިވި އަންހެނުންތަކެއް ނޫން ކަމަށެވެ.

އެގޮތުން ބައެއް ކަނބަލުންނަކީ ގޭގައި ހުރެގެން ކުރާ މަސައްކަތްތައް ކުރި ފަރާތްތަކަށްވާއިރު، އެފަދަ ފަރާތްތަކަށް ސަރުކާރުގެ ވުޒާރާއެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ޕެންޝަން ފައިސާ ވެސް ނުލިބޭނެކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ރޮޒައިނާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ފްލެޓްތައް ދިނީ އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށާއި، އެފަދަ ހާލަތްތަކަށް ޚާއްސަކޮށް ކުދިންގެ ސްކޫލު ލީވިން ސެޓިފިކެޓް ވެސް ބަލައިގަންނަ ލިޔެކިޔުމެއްގެ ގޮތުގައި އޭރު ހަމަޖެހެވުނު ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބަލަމުންދާ ކަމަށާއި، އެ މައްސަލަ ބެލުމުގެ ފުރުސަތު މަޖިލީހަށް ލިބުނީ ވެސް، އެމްޑީޕީ މަޖިލީހުގެ މެޖޯރިޓީގައި އޮތުމުން ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު