Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލްގެ ސަލާމަތީ ވަޒީރު ގަލަންޓް

ޣައްޒާގެ އެއްބަސްވުމުގެ ސަބަބުން ހިޒްބުالله އާއެކު ކުރާ ހަނގުރާމައަށް ބުރޫނާރާނެ: ގަލަންޓް

26 ފެބުރުއަރީ 2024 | ހޯމަ 09:20

އިސްރާއީލުގެ އަސްކަރީ މުދަލާއި ސިފައިންނާ ދެކޮޅަށް ޙިޒްބުﷲ އިން ވަނީ 1،000 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 26 ފެބުރުއަރީ 2024 | ހޯމަ 09:20
އިސްރާއީލުގެ ސަލާމަތީ ވަޒީރު ޔޯވް ގަލަންޓް

އިސްރާއީލުގެ ސަލާމަތީ ވަޒީރު ޔޯވް ގަލަންޓް

ޣައްޒާގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާ އެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް ގާއިމްކުރި ނަމަވެސް، ދެކުނު ލުބްނާނާއި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް، ހިޒްބުالله އަށް އިސްރާއީލުން ދޭ ހަމަލާތަކަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށް އިސްރާއީލުގެ ސަލާމަތީ ވަޒީރު ޔޯވް ގަލަންޓް ބުނެފިއެވެ.

ގަލަންޓް މިހެން ބުނެފައިވަނީ މި މަހުގެ ކުރީކޮޅު ރޮކެޓް ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ މީހަކު މަރާލި ހާދިސާ ހިނގި ސަފާދު ސިޓީއަށް ކުރި ޒިޔާރަތެއްގައެވެ. ސަފާދު އަކީ އިސްރާއީލްގެ އަސްކަރީ މަރުޒަކަރެއް ގާއިމް ކޮށްފައިވާ ސިޓީއެކެވެ.

އެ ސިޓީގައި ގާއިމްވެ ތިބި އިސްރާއީލް ސިފައިންނާ މުޚާޠަބުކޮށް ގަލަންޓް އިތުރަށް ބުނީ ހިޒްބުاللهއާ ދެކޮޅަށް ހަމަލާތައް އިތުރުކުރަން ވިސްނަމުން ދާކަމަށެވެ.

ގަލަންޓް މިފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު، އިސްރާއީލް އާއި ހަމާސްއާ ދެމެދު ޣައްޒާގައި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގަލަންޓް ފާހަގަކުރި ގޮތުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އަޔަސް، އިސްރާއީލުގެ އަސްކަރިއްޔާއިން އުތުރުގެ ސަރަޙައްދުތަކުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް އިތުރުކުރާނެއެވެ. އަދި ހިޒްބުالله ގެ ހަނގުރާމަވެރިން ބޯޑަރުދޫކޮށް ފައިބަންދެން ހަމަލާތައް ދޭނެކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވެއެވެ.

ގަލަންޓްގެ ވާހަކައިގައި އިތުރަށް ބުނީ ދެކުނުގައި ހަމާސްއިން ހައްޔަރުކޮށްގެން ތިބި މީހުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަވެސް އަދި ހަމަލާ ބަދަލުކުރުން ހުއްޓާލުމުންވެސް މިތަނުގައި ހިނގަމުންދާ ކަންކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް އެއްވެސް މީހަކު ވިސްނައިފިނަމަ އެމީހުން ތިބީ ގޯސްކޮށް ކަމަށެވެ.

އަދި އެކަމަށް ޑިޕްލޮމެޓިކް ހައްލެއް ނުލިބިއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން އެކަން ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދިނެވެ.

ހިޒްބުالله އިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާއި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާންތަކަށް ދެކޮޅުހެދުމުގެ ގޮތުން އޮޕަރޭޝަންތައް ފަށައި، އިސްރާއީލުގެ އަސްކަރީ މުދަލާއި ސިފައިންނާ ދެކޮޅަށް 1،000 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގާފައެވެ.

ހިޒްބުالله އިން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓާލުމަށް ހުޅަނގުގެ ޑިޕްލޮމެޓުން މަސައްކަތް ކުރި ނަމަވެސް، ރެސިސްޓެންސް ޕާޓީ ދެމިއޮންނާނީ އަޚްލާގީ އަދި ދީނީ އަސާސްތަކުގެ އިތުރުން ލުބްނާނާއި އަރަބި އަދި އިސްލާމީ ގައުމުގެ ގައުމީ މަސްލަހަތުގެ ސަބަބުން ކަމަށް އެ ޕާޓީން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް