Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޭނުންނުކުރާ އުޅަނދުތައް ނެގުން

މާލެސިޓީގެ މަގުތަކުގައި ބަހައްޓާފައިހުރި ބޭނުންނުކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 100ށް ވުރެ ގިނަ އުޅަނދު ނަގައިފި

ދުއްވާ އުޅަނދު ގިނަވެ މަގުތައް ތޮއްޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2024 | ހޯމަ 03:43
ބޭނުންނުކުރާ ކާރެއް ނަގަނީ

ބޭނުންނުކުރާ ކާރެއް ނަގަނީ

މާލެސިޓީގެ މަގުތަކުގައި ބަހައްޓާފައިހުރި ބޭނުންނުކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ޓްރާސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން، ވެމްކޯ، އެޗްޑީސީ، މާލެސިޓީ ކައުންސިލް، އާރްޑީސީ، ފުލުހުން އަދި ހޯމް މިނިސްޓްރީ ގުޅިގެންނެވެ. މި މަސައްކަތް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ އެވެ.

Advertisement - newsAdvertisement

މި މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ މާލެ ސަރަހައްދުގައި އެއްގަމުގައި ދުއްވާ އުޅަނދު ގިނަވެ މަގުތައް ތޮއްޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މާލެސިޓީ މަގުތައް ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބޭނުންނުކުރާ ނުވަތަ ހަލާކުވެގެން ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް މަގުތަކުން ނެގުމުގެ މަސައްކަތުގެ ތެރެއިން މި ނިމިދިޔަ ހަފްތާތެރޭގައި މާލެއިންނާއި ހުޅުމާލެއިން 52 އުޅަނދު ނެގުނު ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 108 އުޅަނދު ނެގިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މާލެސިޓީ ކައުންސިލުން ވެސް ދަނީ މާލެސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ހިތް ފާސޭހަ މާލެއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން މާލެ ސިޓީން ބުނީ ޕާކުތަކާއި، މައިޒާންތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތާއި، ސާފުކުރުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށާއި އަދި އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްގެންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އިފްތިތާހުކޮށްފި

ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އިފްތިތާހުކޮށްފި

06 ޖުލައި 2018
އަޖުމަ ބެލުމަށް މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓަން ފަށައިފި

އަޖުމަ ބެލުމަށް މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓަން ފަށައިފި

05 ޖޫން 2018
ގދ. ތިނަދޫ ތާރުއެޅި މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށްފައި ނެތް: މެންބަރު އަބްދުﷲ

ގދ. ތިނަދޫ ތާރުއެޅި މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށްފައި ނެތް: މެންބަރު އަބްދުﷲ

20 މެއި 2018
ވިއްސާރާގައި އައްޑޫ ސިޓީ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

ވިއްސާރާގައި އައްޑޫ ސިޓީ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

20 މެއި 2018
ދިއްދޫ މަގުތަކުގައި އަޅާފައިވަނީ އެންމެ ދަށް ފެންވަރުގެ ތާރު: ކައުންސިލް

ދިއްދޫ މަގުތަކުގައި އަޅާފައިވަނީ އެންމެ ދަށް ފެންވަރުގެ ތާރު: ކައުންސިލް

19 މެއި 2018

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު