Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިއްލަދޫގެ ތަރައްގީ- ކުނި މެނޭޖްކުރުން

ފިއްލަދޫއަށް ރަނގަޅު ގޮތުގައި ކުނި މެނޭޖުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެދިއްޖެ

ރަށުގެ ބަނދަރުގައި ހުރި ރަނގަޅުކުރަން ބޭނުންވާ ކަންކަން ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2024 | އާދީއްތަ 13:20
ފިއްލަދޫ ކައުންސިލްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

ފިއްލަދޫ ކައުންސިލްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

ހއ. ފިއްލަދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކޮށް، ރަނގަޅު ގޮތުގައި ކުނި މެނޭޖުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް މުއިއްޒު ވަނީ ފިއްލަދޫ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އެބޭފުޅުން މިހާރު ބޭނުންވާ ކަންކަން އެކި މިނިސްޓްރީތަކަށް ހުށަހަޅާފައިވާނެކަން ފާހަގަ ކުރައްވައި، އެކަންކަން ފުރިހަމަ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ކައުންސިލުން ވަނީ ރަށުގެ ކުނި މެނޭޖުކުރުމަށް ބޭނުންވާކަމަށާއި، ރަށުގެ ބަނދަރުގައި ހުރި ރަނގަޅުކުރަން ބޭނުންވާ ކަންކަން އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެކި ދާއިރާތަކުން އަންހެނުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުސަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތްތައް ބައްލަވާނެކަމުގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު