Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާގެ މިއަދުގެ ޙާލަތު

ކާބޯތަކެއްޗާއި ފެން ނުލިބުމުގެ ސަބަބުން މިދުނިޔެ ދޫކުރި ދެ މަހުގެ ފައްތޫހުގެ މަރުގެ ޒިންމާ ނަގާނީ ކާކު؟

ޣައްޒާ މި ހާލަތަށް ދާނެ ކަމުގެ އިންޒާރު އދ.ން ދޭތާ އެތައް ދުވަހެއް ވެއްޖެ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 25 ފެބުރުއަރީ 2024 | އާދީއްތަ 10:32
ޣައްޒާގެ ތުއްތު ކުދިންގެ އާބާދީ ވަނީ ބަނޑުހައިހޫނުކަމުގެ އައްސޭރީގައި: އދ

ޣައްޒާގެ ތުއްތު ކުދިންގެ އާބާދީ ވަނީ ބަނޑުހައިހޫނުކަމުގެ އައްސޭރީގައި: އދ

ފަލަސްތީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި ފެން ނުލިބުމުގެ ސަބަބުން ކުޑަކުދިން މަރުވާ މިންވަރު އިތުރުވާނެ ކަމުގެ އިންޒާރު އދ.ން ދެމުން އަންނަތާ ގާތްގަޑަކަށް މި ވަނީ ހަތަރު މަސް ފާއިތުވެފައެވެ. މި އިންޒާރުތައް ދީފައި ވަނިކޮށް ޣައްޒާގެ އުމުރުން އެންމެ ދެ މަހުގެ މަހްމޫދު ފައްތޫހު މިވަނީ ބަނޑުހައިހޫނުކަމާ ހަނގުރާމަކޮށް މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔައިފައެވެ.

މަހްމޫދު ފައްތޫހު ނިޔާވީ މިދިޔަ ހުކުރު ދުވަހު ޣައްޒާ ސިޓީގެ އައްޝިފާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްކަން ޝަހާބް ނިއުސް އެޖެންސީން ކަށަވަރު ކޮށްދީފައިވާއިރު، ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް މި ހާދިސާއިން ސާފުވެއެވެ.

އަލްޖަޒީރާ ފަދަ ބައިނަލްއަގުވާމީ ނިއުސް އެޖެންސީތަކުން އާއްމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލުގެ އެނދުގައި އޮށޯވެގެން އޮތް އެ ތުއްތު ކުއްޖާ ފުން ނޭވާތަކެއް ދޫކުރާތަން ފެނެއެވެ.

އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވެދިން ޕެރަމެޑިކްސް ބުނިގޮތުގައި މަހްމޫދު ނިޔާވީ އެކިއުޓް ނިއުޓްރިޝަންގެ ސަބަބުންނެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިއުމުން ފެނުނީ އެކިއުޓް ނިއުޓްރިޝަން ގެ ޝިކާރައަކަށްވެފައި ވާތަން ކަމަށާއި، މެޑިކަލް ސްޓާފުން އޭނާ އަވަސް އަވަހަށް އައިސީޔޫއަށް ގެންދިޔަނަމަވެސް އެ ތުއްތު ކުއްޖާ ވަނީ ސަލާމަތްވެދާނެ ކަމުގެ އުންމީދު ކެނޑިފައި ޕެރަމެޑިކްސް މައުލޫމާތު ދިނެވެ.

ކުޑަކުދިންނަށް ދޭނެ ކިރުގެ ބާވަތްތައް ނުވަތަ ބޭބީ މިލްކް ޣައްޒާގައި މުޅިން ނެތުމުން އެފަދަ އެތައް ތުއްތު ކުދިންނެއް، އެތައް ދުވަހެއް ވަންދެން ޣައްޒާގައި ތިބީ މިފަދަ ހާލަތަކަށް ގޮސްފައެވެ.  

ތުއްތު މަހްމޫދުގެ މައުސޫމް ފުރާނަ ގެއްލިފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދޭން ފެށި އިސްރާއީލުގެ ސަރުކާރުން، ފަލަސްތީނުގެ އެންކްލޭވްއަށް އިތުރު އެހީތައް ވެއްދުމަށް (ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ އިލްތިމާސްތަކަށް) ބީރު ކަންފަތެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 29،606 މީހުން ޝަހީދުވެފައިވާއިރު، 69،737 މީހުން ވަނީ ޒަޚަމްވެފައެވެ.

އދ.ން ބުނީ ޣައްޒާގެ 2.3 މިލިއަން މީހުން މިހާރު ތިބީ ބަނޑުހައިހޫނުކަމުގެ އައްސޭރި ފަށުގައި ކަމަށެވެ.

ހަނގުރާމަ ފެށުނީއްސުރެ ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި ތެލުގެ ހުރިހާ ސަޕްލައިއެއް ކަނޑާލި އިސްރާއީލުން ވަނީ އިންސާނީ އެހީ ޣައްޒާއަށް ވަނުން މަނާކޮށްފައެވެ. އެހެންނަމަވެސް ދޭތެރެދޭތެރޭން ދުވާލެއްގެ މައްޗަށް މަދު އަދަދެއްގެ އެހީގެ ޓްރަކްތައް އިސްރާއީލްގެ ބެލުމުގެ ދަށުން ފާސްކުރުމަށްފަހު ޣައްޒާއަށް ވައްދާކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު، އެހީދޭ އެޖެންސީތަކުން ބުނަނީ އިސްރާއީލު ސިފައިން ހަރުކަށިކޮށް ޗެކްކުރުމާއި، މަޝްހޫރު ކަރީމް އަބޫ ސަލީމް ކްރޮސިންގައި ހަރުކަށި ފިކުރުގެ މީހުން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކާބޯތަކެތީގެ ޓްރަކްތަކަށް ވަނުމަށް ހުރަސް އެޅިފައިވާކަމަށެވެ.

ޚާއްސަކޮށް އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން އެހީ ފޯރުކޮށްދިނުން ގާތްގަނޑަކަށް މުޅިން ކެނޑިފައިވާ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެތަނުގެ ޑޮކްޓަރުން ހާލަތު ސިފަކޮށްފައި ވަނީ ނުރައްކާތެރި، ބިރުވެރި ތަނެއްގެ ގޮތުގައެވެ.

އުތުރު ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލްގެ ވެރިޔާ ޑރ. ހުޝާމް އަބޫ ސާފިޔާ ވިދާޅުވީ، ކުޑަކުދިންގެ (ޚާއްސަކޮށް އަލަށް އުފަންވާ ކުދިންގެ) ތެރެއިން ގިނަ ކުދިން މަރުވަމުންދާ ތަން ފެންނަމުންދާ ކަމަށެވެ. ހާލަތު މިހާ ގޯސްވިނަމަވެސް އދ.ގެ އެޖެންސީތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައެއް ނުވެއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން މިދިޔަ އާދީއްތަ ދުވަހު ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ޑެލިވަރީ ކުރަން އަލުން ފަށަން މަސައްކަތް ކުރިނަމަވެސް، އޭގެ ދެ ދުވަސް ފަހުން ވަނީ އިސްރާއީލުގެ ބަޑީގެ ހަމަލާތަކާއި "މަދަނީ އަމާންކަން ގެއްލިފައިވާ" ކަމަށް ބުނެ އެކަން މެދުކަނޑާލައިފައެވެ. އަދި ބަނޑުހައިހޫނުކަމާ ކުރިމަތިވެފައިވާ ފަލަސްތީނު މީހުން ކާބޯތަކެތި ހޯދުމަށް ޓްރަކްތައް މޮބިލައިޒް ކުރަމުން ދަނިކޮށް، އުތުރުން އެ އެޖެންސީގެ ޓީމުތަކަށް ފެނުނީ ހީވެސް ނުކުރާވަރުގެ މާޔޫސްކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެ އެޖެންސީން ބުނީ ވީހާވެސް އަވަހަކަށް ޑެލިވަރީތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، އެ އިދާރާގެ މުވައްޒަފުންނަށް ރަނގަޅު ސެކިއުރިޓީއެއް ދިނުމަށާއި ކާބޯތަކެތީގެ މިންވަރު ވަރަށް ބޮޑަށް މަތިކުރުމަށާއި ޣައްޒާގެ އުތުރުގެ ސަރަހައްދުގައި އިސްރާއީލުން ހަދާފައިވަ ޗެކްޕޮއިންޓްތައް ހުޅުވާލުމަށް ގޮވާލާ ކަމަށެވެ.

އދ.ން ބުނީ ޣައްޒާގެ 5 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މަދުވެގެން 90 އިންސައްތަ ކުދިންނަށް ގައިންގަޔަށްއަރާ ބަލިތައްފަދި ގިނަ ބަލިތައް ޖެހިފައިވާކަން ރިޕޯޓްތަކުން ދައްކާކަމަށެވެ. އަދި އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި 2 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 15 އިންސައްތަ، ނުވަތަ ކޮންމެ 6 ކުއްޖަކުން އެއް ކުއްޖަކު ވަރަށް ބޮޑަށް ނުކުޅެދުންތެރިކަން ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޔުނިސެފުގެ ހިއުމެނިޓޭރިއަން އެކްޝަންގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު މިދިޔަ ހަފުތާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޣައްޒާގައި ކުޑަކުދިން މަރުވުން ހުއްޓުވުމަށްޓަކައި ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭކަމަށެވެ.

އެންމެ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޣައްޒާ މިފަދަ ހާލަތަކަށް ވައްޓާލައި، 2.3 މިލިއަން މީހުންގެ އާބާދީއެއްގެ ނިއުޓްރިޝަނަލް ސްޓޭޓަސް މިހާ ދަށަށް ދިއުމަކީ ދުނިޔޭގެ ފެންވަރުގައި ދުވަހަކުވެސް ނުފެންނަ ވަރުގެ ކަމެއްކަމަށް ވާއިރު، ދެމަހުގެ އެތުއްތު މައުސޫމް ފައްތޫހުގެ މަރުގެ ޒިންމާ ނަގާނީ ކާކުތޯ މިއީ މިއަދު ދުނިޔެއާ ކޮށްލަންޖެހޭ ސުވާލެކެވެ؟

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

08 އޯގަސްޓު 2017
އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
31 ޖުލައި 2017

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

31 ޖުލައި 2017
މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި
01 ޖުލައި 2017

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"
23 ޖޫން 2017

ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

23 ޖޫން 2017
ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު