Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތޯމަސް ޓުޗެލްގެ ކުރިމަގު

މިވަގުތު ފޯކަސް އޮތީ ބަޔާނަށް، އެހެން ކުލަބަކަށް ނޫން: ޓުޗެލް

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އަދި މެންޗެސްޓަރ ޔުނައިޓެޑުން ޓުޗެލް އަށް ޝައުޤުވެރިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2024 | ހޯމަ 00:53
ބަޔާން މިއުނިކަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލް

ބަޔާން މިއުނިކަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލް

މިވަގުތު އޭނާގެ ހަމައެކަނި ފޯކަސް އޮތީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކަމަށާއި، އެހެން ކުލަބަކާމެދު އެއްވެސް ވިސްނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން އެކި އެކި މީޑިއާ ތަކުގައި ދެކެވެމުން އަންނަ ވާހަކަތާ ގުޅިގެންނެވެ. މި ސީޒަނަށްފަހު ބަޔާންގެ ކޯޗުކަމުން ޓުޗެލް ވަކިވާނެ އެވެ. އެއީ ކުލަބާއެކު މަޝްވަރާ ކުރުމަށްފަހު، ދެ ފަރާތް ވެސް އެއްބަސްވީ ގޮތުގެ މަތިންނެވެ.

ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ސްޕެއިންގެ ބާސެލޯނާ އިން ހޯދަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި ޓުޗެލްގެ ނަން އެބަ އޮތެވެ. އެ ކުލަބުން ޓުޗެލް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުން ވެސް ޓުޗެލް އަށް ޝައުޤުވެރިވާ ކަމަށް ވަނީ މީޑިއާ ތަކުގައި ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، މި ސީޒަން ނިމުމުގެ ކުރިން އޭނާގެ އެއްވެސް ނިންމުމަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އަދި މުސްތަޤުބަލާ ގުޅޭ ކަމެއްގައި ވެސް އޭނާ ނިންމުމެއް ނުނިންމާނެ ކަމަށެވެ. އިތުރަށް ޓުޗެލް ބުނީ، އޭނާ އަކީ ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ކޯޗެއް ކަމަށެވެ. އެކަން ފާހަގަކޮށް ޓުޗެލް ބުނީ، އަމިއްލަ ނަފްސަށް ވެސް އެކަން ޤަބޫލު ކުރާ ކަމަށާއި، މި ސީޒަން ނިމެންދެން އޭނާގެ ހުރިހާ ކަމެއް ވެސް ޚާއްސަ ކުރާނީ ބަޔާނަށް ކަމަށެވެ.

ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ މިދިޔަ އަހަރު އެވެ. ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަކި ކުރުމަށްފަހު، އެ މަގާމަށް ޓުޗެލް ހަމަޖައްސައި ބަޔާނުން އޭނާ އަށް ހަވާލުކުރީ ކުލަބުގެ ނަތީޖާތައް ރަނގަޅު ކުރުމުގެ ޒިންމާ އެވެ. މިދިޔަ ސީޒަންގެ ޖަރުމަނު ލީގު ބަޔާނަށް ކާމިޔާބު ކުރެވުނު ނަމަވެސް، މި ސީޒަންގައި ތަށި ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ކުޑަ އެވެ. މީގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ޗެލްސީ ފަދަ ކުލަބުތަކުގައި މަސައްކަތް ކޮށްފައިވާ ޓުޗެލް އަކީ ތަޖުރިބާކާރު ކޯޗެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

23 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު