Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޓުޗެލް ބަޔާން ދޫކޮށްލާތީ، ޑަޔާ ކަންބޮޑު ވެއްޖެ

ޑަޔާ ބަޔާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ފެބުރުއަރީ 2024 | ހޯމަ 00:56
ބަޔާނަށް ކުޅެމުން އަންނަ އެރިކް ޑަޔާ

ބަޔާނަށް ކުޅެމުން އަންނަ އެރިކް ޑަޔާ

ބަޔާން މިއުނިކްގެ ކޯޗުކަމުން ވަކިވާން ތޯމަސް ޓުޗެލް ނިންމުމުން، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު އެރިކް ޑަޔާ ކަންބޮޑުވެއްޖެ އެވެ.

ޓޮޓެންހަމްގައި ހުުރުމަށްފަހު، އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ މިއަހަރުގެ ޖަނަވަރީ މަހު ބަޔާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ބަޔާނުން ބޭނުންވާ ނަމަ، އިތުރު މުއްދަތަކަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ. އޭނާ ބަޔާނަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އެޅީ ވެސް ޓުޗެލް އެވެ. އެއީ ބަޔާންގެ ޑިފެންސްގައި ރަނގަޅު ކުޅުންތެރިން ބޭތިއްބުމަށް ޓުޗެލް ބޭނުންވާތީ އެވެ.

ޓުޗެލްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބަޔާންގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމަށް ޖަރުމަނު ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަ އެވެ. އަނެއްކޮޅުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ލާޒިއޯ އަތުން ބަލިވެ، ބަޔާން އޮތީ ޕްރެޝަރުގަ އެވެ. ބަޔާންގެ އިސްވެރިންނާއި ޓުޗެލްއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ޓުޗެލް ނިންމީ މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލުމަށެވެ. އެ ނިންމުން މިހާރު ބަޔާންގެ ފަރާތުން ވަނީ ރަސްމީކޮށް ހާމަ ވެސް ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑަޔާ ބުނީ، ބަޔާން ދޫކޮށްލަން ޓުޗެލް ނިންމުމުން ދެރަވާ ކަމަށެވެ. އެކަމާ ކަންބޮޑުވާކަން ފާހަގަކޮށް ޑަޔާ ބުނީ، ޓުޗެލް އަކީ އޭނާ ބަޔާނަށް ގެނައި ފަރާތް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޓުޗެލް އާއެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ކޮންމެ ގޮތަކަށް ކަންތައްވީ ނަމަވެސް ޓުޗެލް އަކީ މޮޅު އަދި ރަނގަޅު ކޯޗެއް ކަމަށެވެ.

ޓޮޓެންހަމްގައި ހުރުމަށްފަހު ބަޔާނަށް ބަދަލުވެ، މިހާތަނަށް ޑަޔާ އެ ކުލަބަށް ކުޅެދިނީ އެންމެ ހަ މެޗެވެ. އެއީ ޖަރުމަނު ލީގުގައި ބަޔާނުން ކުޅުނު ހަ މެޗެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް
19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
09 އެޕްރީލު 2017

ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި

09 އެޕްރީލު 2017
ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު