Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެފްއެސްއެމްއާއި އެމްޕީއެލްގެ ހިޔާނަތް

އެފްއެސްއެމްއާއި އެމްޕީއެލްގެ 6 މިލިއަން ރުފިޔާގެ ހިޔާނާތް: ދައުވާތައް މާދަމާ ކޯޓަށް ހުށަހަޅަނީ

24 ފެބުރުއަރީ 2024 | ހޮނިހިރު 08:50

އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ފެބުރުއަރީ 2024 | ހޮނިހިރު 08:50
އެފްއެސްއެމް ފިއުލް ޖެޓީ

އެފްއެސްއެމް ފިއުލް ޖެޓީ

އެފްއެސްއެމްއާއި އެމްޕީއެލްގެ 6 މިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން 3 މީހަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމާފައިވާއިރު، އާދިއްތަ ދުވަހު ދައުވާތައް ކޯޓަށް ހުށަހަޅާނެކަމަށް އެ އޮފީހުން ބުނެފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުޢާމަލާތްތަކުގައި އެކުންފުނީގެ މުވައްޒަފުންނާއި ފިއުލްސަޕްލައި މޯލްޑިވްސްގެ މުވައްޒަފުން ގުޅިގެން ކޮރަޕްޝަން ހިންގައި އެކުންފުނީގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުޙްމަތުކުރެވޭ މައްސަލައެކެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޗީފް މެނޭޖަރު ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަން، ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރު ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބް، އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު ސ. މަރަދޫ އާޒާދުގެ ޙަސަން ދީދީ އެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ދަޢުވާކުރުމަށް ނިންމާފައިވާ މީހުންގެ މައްޗަށްކުރާ ދަޢުވާތައް ކަނޑައެޅުމަށްފަހު، އާދިއްތަ ދުވަހު ކޯޓަށް ހުށަހެޅުމަށް ޤަޞްދުކުރާ ކަމަށެވެ. އެގޮތުން އެމީހުންގެ މައްޗަށް ކުރަން ނިންމާފައިވާ ދައުވާތަކުގެ ތެރޭގައި ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ އަދި ސައްޙަ ނޫން ލިއުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށްވެސް ތުހުމަތުކުރެވެއެވެ. އެހެންނަމަވެސް އެ ދެމީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމީކަމަށް އެ އޮފީހުން މައުލޫމާތު ދިނެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް އެ އޮފީހަށް ބަލައިގަނެފައި ވަނީ މި މައްސަލައިގައި ހިމެނޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައެވެ.

މައްސަލައިގެ ތަޙުޤީޤު އަދިވެސް ހިނގަމުންދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަންވެސް ޕީޖީ އޮފީހުން ފާހަގަ ކުރެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް