Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޓުޗެލް ފާހަގަ ކުރި ގޮތުގައި ބަޔާނަށް މަތީ ހަރުފަތުގައި ނޯވެވޭ!

އެކަމުގެ ތެރޭގައި އޭނާ ވެސް ހިމެނޭހެން، ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމުގައި ވެސް ޓުޗެލް ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2024 | އާދީއްތަ 00:04
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ޖަރުމަނުގެ ބަޔާން މިއުނިކަށް މަތީ ހަރުފަތުގައި އޮންނަން އުނދަގޫވާ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ، ބަޔާނާ ހަވާލުވުމަށްފަހު ވެސް އެ ޓީމާއެކު އޭނާ އަށް ނަތީޖާ ނުނެރެވޭތީ ކުރިމަތިވަމުން އަންނަ ފާޑު ކިޔުންތަކާ ގުޅިގެންނެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ވެސް އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ބަޔާންގެ ނަތީޖާތައް ދަށްވެފައިވާއިރު، މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން މިހާރު ޓުޗެލް ވަނީ ނިންމައިފަ އެވެ. އެއީ ކުލަބާއި އޭނާއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.

ޓުޗެލް ބުނީ، މަތީ ފަންތީގައި އޮތުމަށާއި، އެ ފެންވަރުގައި ހިފެހެއްޓުމަށް ބަޔާނަށް އުނދަގޫވާ ކަމަށެވެ. އެކަމުގެ ތެރޭގައި އޭނާ ވެސް ހިމެނޭހެން، ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމުގައި ވެސް ޓުޗެލް ބުންޏެވެ. އެހެންކަމުން އެކަންކަން ބަދަލު ކުރުމުގެ ގޮތުން، މި ސީޒަނަށްފަހު ބަޔާންގެ ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަނީ ކަމަށް ވެސް އޭނާ ބުންޏެވެ. ޓުޗެލް އެ އިޝާރާތް ކުރީ އޭނާ ކޯޗުކަމުން ވަކިވުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ބަޔާން އަކީ ޖަރުމަނުގައި ވެސް އަދި ޔޫރަޕުގައި ވެސް ބޮޑު ކުލަބެއް ކަމަށާއި، ބަޔާންގެ ވަޒީފާގައި ހުންނަ މީހަކަަށް ގޯސްތަކެއް ވެސް ހެދޭނެ ކަމަށެވެ. އަދި އެ ގޯސްތަކުގެ ސަބަބުން އިންތިހާ އަށް ޕްރެޝަރު އަންނާނެ ކަމަށާއި، ހެދޭ ގޯސްތައް ޤަބޫލު ކުރަން ޖެހޭނެ ކަމަށް ވެސް ޓުޗެލް ބުންޏެވެ. ނަމަވެސް، އެއީ ފަހަތަށް ބަަލަހައްޓައިގެން ތިބެން ޖެހޭނެ ކަމެއް ނޫންކަން ފާހަގަކޮށް ޓުޗެލް ބުނީ، ބަޔާންގެ ނަސީބު ވެސް ދެރަ ކަމަށެވެ. އެގޮތުން ބަޔާންގައި އަނިޔާގެ މައްސަލަތަކެއް އުޅޭ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ބަޔާންގެ ކޯޗުކަމާ އުމުރުން 50 އަހަރުގެ ޓުޗެލް ހަވާލުވީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމުންނެވެ. ޓުޗެލް އަށް ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ އޭރު ނަތީޖާ ގޯސްވެފައި އޮތް ބަޔާންގެ ނަތީޖާ ރަނގަޅުކޮށް، އެ ކުލަބު ހަމަ މަގަށް އެޅުވުމެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
29 މެއި 2017

އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ

29 މެއި 2017
 އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ
14 މެއި 2017

އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް

14 މެއި 2017
އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް
22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު