Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމައަށްފަހު ޣައްޒާ ހިންގާނެ ގޮތުގެ ޕްލޭން

ހަނގުރާމައަށްފަހު ޣައްޒާއާއި މެދު ނަތަންޔާހޫ ކަންކަން ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހާމަކޮށްފި

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ "ދަ ޑޭ އާފްޓާ ހަމާސް" ޕްލޭންގައި ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތްތައް ރޫޅާލުމުގެ އިތުރުން އާ ލޯކަލް އެޑްމިނިސްޓްރޭޝަން ގާއިމުކުރުން ހިމެނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 24 ފެބުރުއަރީ 2024 | ހޮނިހިރު 02:48
ޣައްޒާގައި ޖަރީމާތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްރާއީލްގެ ހަތިޔާރު އެޅި ނިރުބަވެރި ސިފައިންތަކެއް

ޣައްޒާގައި ޖަރީމާތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްރާއީލްގެ ހަތިޔާރު އެޅި ނިރުބަވެރި ސިފައިންތަކެއް

އިސްރާއީލްގެ ހައްދުފަހަނައެޅި ބޮޑުވަޒީރުގެ އަމުރަށް ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށްފަހު ޣައްޒާއާއި މެދު ނަތަންޔާހޫ ކަންކަން ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހާމަކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ ކެބިނެޓަށް ރުހުން ހޯދުމަށް ހުށަހެޅި އެ ޕްލޭންގައިވާ ގޮތުން އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމުން، ޣައްޒާގެ ސަލާމަތީ ކަންކަން ކޮންޓްރޯލްކޮށް މަދަނީ ކަންކަމުގައި ބަސްކިޔައި ކަންކަން ރާވާނީ އިސްރާއީލުންނެވެ.

ނަތަންޔާހޫގެ ޕްލޭންގައި ވަކި ވަކި ތަފްސީލްތައް ނެތަސް، މި ޕްލޭނަކީ އޭނާ ރަސްމީ ކޮށް ޕޯސްޓްވޯޓް ވިސްނުމެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ޣައްޒާ ހިންގުމުގައި އިސްރާއީލުގެ ދައުރަށް ނަތަންޔާހޫ ބާރުއަޅަމުން ގެންދަނީ، ފަލަސްޠީނުގެ މިނިވަން ސަރުކާރެއް އަލުން ދިރުވުމަށް އެމެރިކާއިން ހުށަހަޅާފައިވާ މުހިންމު ހުށަހެޅުންތަކާ ޚިލާފަށެވެ.

ނަތަންޔާހޫގެ "ދަ ޑޭ އާފްޓާ ހަމާސް" ޕްލޭންގެ ތެރޭގައި ހަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތްތައް ނައްތާލުމާއި "ޓެރަރިޒަމަށް ތާއީދުކުރާ ގައުމުތަކާ ނުވަތަ ޖަމާއަތްތަކާ" ގުޅުމެއް ނެތް އާ ލޯކަލް އެޑްމިނިސްޓްރޭޝަނެއް ގާއިމުކުރުން ހިމެނޭ ކަމަށް ޓައިމްސް އޮފް އިޒްރޭލުން ހުކުރު ދުވަހު ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނަތަންޔާހޫ ކެބިނެޓަށް ހުށަހެޅުއްވި މި ޕްލޭންގައި ހަނގުރާމަ ނިމުމަށްފަހުވެސް އިސްރާއީލުގެ އަސްކަރިއްޔާއަށް ޣައްޒާގައި ހަރަކާތްތެރިވުމުގެ "މުއްދަތެއް ނެތް މިނިވަންކަމެއް" ލިބިގެންދެއެވެ.

"ޕްލޭންގައި ބުނެފައި ވަނީ ފަލަސްތީނުގެ ބޯޑަރު ސަރަހައްދުގައި ސެކިއުރިޓީ ބަފަރ ޒޯނެއް ގާއިމުކުރުމަށް އިސްރާއީލުން މިހާރު ވެސް ކުރިއަށް ގެންދާ ޕްރޮޖެކްޓާއެކު ކުރިއަށް ދާނެ ކަމަށް،" އެ ނޫހުގައި ބުނެފައި ވެއެވެ.

ދެކުނު އެފްރިކާއިން އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައިވާތީ، އަދި ބައިނަލްއަގުވާމީ ނުފޫޒެއް ނެތި މި ޕްލޭން ފާސްކޮށްފި ނަމަ، ޣައްޒާގައި ހަރަކާތްތެރިވުމުގެ އިސްރާއީލު ސިފައިންނަށް ލިބިފައިވާ މިނިވަންކަން ފަލަސްތީނުގެ ހިތާމަތައް އިތުރަށް ބޮޑުވާނެ ކަމަށާއި، ކަމާ ބެހޭ އިދާރާތަކުގެ ރަސްމީ ހުއްދައަކާ ނުލައި މީހުން މެރުމާއި އާންމުންގެ ގެތަކަށް ވެސް ވަދެއްޖެ ނަމަ އެއްވެސް ގާނޫނަކަށް އަމަލު ނުކުރާނެ ކަމަށް ބުނެ، އިސްރާއީލުގެ މައްޗަށް މިހާރުވެސް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަގުތީ އަމުރެއް ނެރެ، ތެލްއަވީވްގެ މައްޗަށް އަމުރުކޮށް، ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އަމުރުކޮށްފައެވެ.

ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އާ ބެހޭ ގޮތުން ނަތަންޔާހޫގެ ރޯޑް މެޕް ޕްލޭންގައި ޣައްޒާގައި އެ ޖަމާއަތުގެ ބައިވެރިވުން ނައްތާލައި، އޭގެ ބަދަލުގައި "ޒިންމާދާރު ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތައް" ހިމަނާފައިވެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ޔޫއެންއާރްޑަބްލިއުއޭގެ 12 މުވައްޒަފަކު ބައިވެރިވި ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ އިސްރާއީލުގެ ވާހަކަތަކާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށާއި، އިސްރާއީލުން ތުހުމަތު ކުރާ އެއްވެސް މައުލޫމާތެއް އެޖަމާއަތާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 29،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ބޮޑެތި ގެއްލުންތަކެއް ލިބި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އދ.ގެ ޣައްޒާ ހަނގުރާމައާ ގުޅިގެން އދ.ގެ އެންމެ މަތީ ޝަރުއީ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު