Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝިއަރީއަށް މުސާރަ އާއި އިނާޔަތް އިތުރުކުރުން

ޖުޑީޝިއަރީއަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އަހަރަކަށް 24,762,900 ރުފިޔާ އިތުރުކުރަން ފާސްކޮށްފި

24 ފެބުރުއަރީ 2024 | ހޮނިހިރު 00:47

ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ އެއް ހަމަކޮށް 43000ގައި ބެހެއްޓުމަށް ކޮމިޓީން ވަނީ ކަނޑައަޅާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ފެބުރުއަރީ 2024 | ހޮނިހިރު 00:47
ބައެއް ފަނޑިޔާރުން

ބައެއް ފަނޑިޔާރުން

ޖުޑީޝިއަރީއަށް ކޮމިޓީން އަލުން ހުށަހަޅާފައިވާ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ދައުލަތުގެ ބަޖެޓަށް އަހަރަކަށް 24,762,900 (ސައުއްވީސް މިލިއަން ހަތްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ) ރުފިޔާ އިތުރުވާ ގޮތަށް ހަމަޖައްސަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ޖުޑީޝަރީގެ މުސާރަ އާއި އިނާޔަތްތަކަށް މާލިއްޔަތު ކޮމިޓީން ވަނީ ބަދަލުގެނެސްފައެވެ.

Advertisement - newsAdvertisement

ދައުލަތުގެ އެހެން ބާރުތަކުގެ އިސް މަޤާމުތައް ފުރުއްވާ ފަރާތްތަކާ ޚިލާފަށ،ް ފަނޑިޔާރުންނަކީ ފަނޑިޔާރުންނަށް ލިބޭ މުސާރައާއި ޢިނާޔަތްތަކަށް އެކަނި ބަރޯސާވެގެން ދިރިއުޅުން ބައްޓަންކުރަން ޤާނޫނުން ލާޒިމުކުރާ ބައެއްކަމުން ފަނޑިޔާރުންނަކީ މުސްތަޤިއްލުކަމާއެކު ވަކި ފަރާތަކަށް ޖެހުމަކާ ނުލާ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިތިބި ބައެއްކަން ކަށަވަރުކުރުމަށްޓަކާ އިޤްތިޞާދީ ޙަޤީޤަތަށް ރިޢާޔަތްކޮށް ފަނޑިޔާރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރުމަށް ކޮމިޓީން ވަނީ މަޝްވަރާށްފައެވެ.

އެގޮތުން ހުށަހެޅި ބަދަލުތަކަށް ބަލާއިރު އެންމެ ބޮޑު ބަދަލެއް ގެންނަން ހުށަހަޅާފައި ވަނީ މެޖިސްޓްރޭޓުންނާއި ކޯޓުގެ އިސް މެޖިސްޓްރޭޓުންނަށެވެ. އެއީ %39ގެ ކުރިއެރުމެކެވެ. އެގޮތުން އިސް މެޖިސްޓްރޭޓުންނަށް 29400 ރުފިޔާގެ ބަދަލުގައި 41000ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ ބައެއް މެޖިސްޓްރޭޓުން އަދި އިސް މެޖިސްޓްރޭޓުންގެ މުސަރައެވެ. ބައެއް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންނަށް %31ގެ މުސާރައިގެ ކުރިއެރުމެއް ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއީ ކުރިން އެ މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންނަށް ލިބުނު 31400 ރުފިޔާގެ ބަދަލުގައި 41000 ރުފިޔާއެވެ. މި ބަދަލާއި އެކު ހުރިހާ މެޖިސްޓްރޭޓުން އަދި ކޯޓުގެ އިސް މެޖިސްޓްރޭޓުންނަށް މުސާރަ އާއި އިނާޔަތްތަކާއި އެކު 41000 ރުފިޔާ ލިބޭނެއެވެ. އަދި އިތުރު ބަދަލުތަކަށް ބަލާއިރު ދާއިރާގެ އިސް މެޖިސްޓްރެޓަށް %37 ނުވަތަ 11650 ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެއާއި އެކު އެ މަޤާމުގައި ހުންނަ މީހަކަށް ލިބޭނީ 43000 ރުފިޔާއެވެ. އަދި ބާކީ ތިބި ދާއިރާގެ އިސް މެޖިސްޓްރޭޓުންނަށް ކުރިން ލިބުނު 33350 ރުފިޔާގެ ބަދަލުގައި 43000 ރުފިޔާ ދިނުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އެހެންކަމުން ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ އެއް ހަމަކޮށް 43000ގައި ބެހެއްޓުމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރައި ޑްރަގް ކޯޓުގެ އިސް ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ މުސާރައަށް %23ގެ ކުރިއެރުމެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ އުއްތަމަ ފަނޑިޔާރުގެ މުސާރަ 74125 ރުފިޔާ އިން 91000 އަށް ބަދަލުކުރުމާއި ހައިކޯޓުގެ އިސް ފަނޑިޔާރުގެ މުސާރަ 57300އިން 70000 އަށް ބަދަލުކުރުމަށް ކަނޑައަޅާ ނިންމާފައިވާ ނިންމުކެވެ. އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް %24 ޑްރަގް ކޯޓާއި، ކްރިމިނަލް ކޯޓު އަދި ހައިކޯޓުގެ ގާޒީންނަށް %22ގެ މުސާރައިގެ ކުރިއެރުމެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް