Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން ނަވަލްނީގެ އާއިލާ އާ ބައްދަލް ކުރެއްވުން

ޖޯބައިޑަން، ނަވަލްނީގެ އަންހެނުންނާއި ދަރިފުޅާ ބައްދަލް ކުރައްވައިފި

23 ފެބުރުއަރީ 2024 | ހުކުރު 15:46

ނަވަލްނީ ސިއްރުން ވަޅުލަން އެއްބަސްނުވެއްޖެ ނަމަ ހަށިގަޑަށް "ގޮތެއް ހަދާނެކަމަށް" ސަރުކާރުގެ އޮފިޝަލުން ބުނެފައިވާ ކަމަށް ނަވަލްނީގެ މަންމަ ބުނެފައި ވެއެވެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 23 ފެބުރުއަރީ 2024 | ހުކުރު 15:46
އެމެރިކާ ގެ ރައީސް ޖޯބައިޑަން ނަވަލްނީގެ އާއިލާ ބައްދަލް ކުރައްވަނީ

އެމެރިކާ ގެ ރައީސް ޖޯބައިޑަން ނަވަލްނީގެ އާއިލާ ބައްދަލް ކުރައްވަނީ

އެމެރިކާގެ ރައީސް ޖޯބައިޑަން ރަޝިޔާގެ އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީގެ ހުވަފަތް އަބނބިމީހާ އާއި އަންހެން ދަރިފުޅާ ބައްދަލް ކުރައްވައިފިއެވެ. މިބައްދަލް ކުރެއްވުމަށްފަހު ބައިޑަން ވިދާޅުވީ ނަވަލްނީގެ ހިއްވަރާ "ލެގަސީ" ދެމެހެއްޓުމުގައި އެދެމީހުން ދެމިތިބޭނެކަން ޔަގީން ކުރައްވާ ކަމުގައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަށް ވަރަށް ބޮޑަށް ފާޑުކިޔާ ޕޫޓިން އާއި ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަން ހާމަ ކުރުމަށް އަޑުއުފުލާތީ ޖަލަށް ލާފައިހުރި އެލްސީ ނަވަލްނީ ވަނީ ޖަލުގައި ހުއްޓާ ނިމުނު ހަފްތާގައި ކުއްލިއަކަށް މަރުވެފައެވެ. އޭނާގެ މަރަށް ފަހު ރަޝިޔާގެ ޕްރިޒަން ސަރވިސް އިން ބުނެފައިވަނީ ނަވަލްނީ ހިނގާލުމަށްޓަކައި ނެރެފައިވަނިކޮށް ކުއްލިއަކަށް ހޭނެތުނީ ކަމަށެވެ. އަދި ޑޮކްޓަރުން ކުރިމަސައްކަތުންވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް ބުނެފައިވެއެވެ. ނަމަވެސް ނަވަލްނީގެ އަންހެނުން ބުނެފައިވަނީ ޕޫޓިންގެ އަމުރަށް އޭނާ މަރާލެވުނީ ކަމަށެވެ.

ދުނިޔޭގެ އެތައް ލީޑަރުންނެއްވެސް ވަނީ ނަވަލްނީ ގެ މަރަށް ޕޫޓިން ޒިންމާވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައިޑެންގެ ބައްދަލް ކުރެއްވުން އައިސްފައިމިވަނީ ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާކަން އެމެރިކާއިން އިއުލާން ކުރި ދަނޑިވަޅާ ދިމާކޮށެވެ.

އަލަށް އަޅާ ދަތިކުރުމުގެ ފިޔަވަޅު ތަކަކީ މީގެ ދެއަހަރު ކުރިން ރަޝިޔާއިން ޔޫކްރެއިންއަށް ދެކޮޅަށް ހަގުރާމަފެށިފަހުން އެންމެ ފުޅާ ދާއިރާއެއްގައި އަޅާ ފިޔަވަޅުތައް ކަމަށް ވައިޓްހައުސް އިން އިއުލާން ކޮށްފައި ވެއެވެ. 500އެއްހާ އަމިއްލަމީހުންނާ ވިޔަފާރިތަކާދެކޮޅަށް އެމެރިކާއިން އައު ފިޔަވަޅުތަކެއް އަޅަނީ ނަވަލްނީ ގެމަރާ ގުޅިގެން ކަމަށް ނެޝަނަލް ސެކިއުރިޓީ ތަރުޖަމާން ޖޯން ކަރބީ ވިދާޅުވެފައި ވެއެވެ.

ނަވަލްނީ މަރާލެވުނީ ކަމަށް ބުނާބުނުންތައް ކްރެމްލިން އިން ދޮގުކުރެއެވެ. އަދި ހުޅަގުން މިކަމުގައި "ހިސްޓެރިކަލް" ވަނީކަމަށް ބުނެފައި ވެއެވެ.

ޔޫޓިބްއަށް ލާފައިވާ ވީޑިއޯ އެއްގައި ނަވަލްނީގެ މަންމަ ލުޑްމިލާ ނަވަލްނާޔާ ބުނެފައިވަނީ ސަރުކާރުން އޭނާޔަށް ބިރުދައްކަމުންދާކަމަށެވެ. ނަވަލްނީ ސިއްރުން ވަޅުލަން އެއްބަސްނުވެއްޖެ ނަމަ ހަށިގަޑަށް "ގޮތެއް ހަދާނެކަމަށް" ބުނެފައިވާ ކަމަށް އޭނާގެ ވީޑިއޯގައި ބުނެފައިވެއެވެ.

މިކަމާބެހޭގޮތުން ރަޝިޔާ ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2022

ނަވަލްނީގެ ޖަލުގެ ހުކުމްގެ އެޕީލް ދެވަނަ ފަހަރަށް ވެސް ބަލައެއް ނުގަތް

19 އޮކްޓޯބަރު 2022
ނަވަލްނީގެ ޖަލުގެ ހުކުމްގެ އެޕީލް ދެވަނަ ފަހަރަށް ވެސް ބަލައެއް ނުގަތް
07 އޮކްޓޯބަރު 2022

އަމިއްލަ ދަރިފުޅާ، އަނބިމީހާއެކު އެތައް ކުދިންނެއް މަރާލި ޤާޠިލަށް މަގު ދައްކަމުން ދިޔައީ ޑްރަގްސް

07 އޮކްޓޯބަރު 2022
އަމިއްލަ ދަރިފުޅާ، އަނބިމީހާއެކު އެތައް ކުދިންނެއް މަރާލި ޤާޠިލަށް މަގު ދައްކަމުން ދިޔައީ ޑްރަގްސް
23 ޖެނުއަރީ 2021

ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ހައްޔަރުކޮށްފި

23 ޖެނުއަރީ 2021
ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ހައްޔަރުކޮށްފި
18 ޖެނުއަރީ 2021

ނަވަލްނީގެ ބަންދަށް 30 ދުވަސް

18 ޖެނުއަރީ 2021
ނަވަލްނީގެ ބަންދަށް 30 ދުވަސް
06 އޮކްޓޯބަރު 2020

ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން

06 އޮކްޓޯބަރު 2020
ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން
25 ސެޕްޓެމްބަރު 2020

ފުރާނަ ސަލާމަތް ކޮށްދެއްވި ޕައިލެޓުންނަށް ނަވަލްނީގެ ޝުކުރު

25 ސެޕްޓެމްބަރު 2020
ފުރާނަ ސަލާމަތް ކޮށްދެއްވި ޕައިލެޓުންނަށް ނަވަލްނީގެ ޝުކުރު
03 މާރިޗު 2019

އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާކުރާ މީހުން އޮސްޓްރޭލިއާއަށް ޒިޔާރަތްކުރުން މަނާކުރަނީ

03 މާރިޗު 2019
އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާކުރާ މީހުން އޮސްޓްރޭލިއާއަށް ޒިޔާރަތްކުރުން މަނާކުރަނީ
01 މާރިޗު 2019

އުސާމާގެ ދަރިފުޅާ ބެހޭ މައުލޫމާތު ފޯރުކޮށްދީފި ނަމަ އެއް މިލިއަން ޑޮލަރު!

01 މާރިޗު 2019
އުސާމާގެ ދަރިފުޅާ ބެހޭ މައުލޫމާތު ފޯރުކޮށްދީފި ނަމަ އެއް މިލިއަން ޑޮލަރު!
15 ނޮވެމްބަރު 2017

ސްރީދޭވީގެ ދަރިފުޅާއި، ޝާހިދުގެ ކޮއްކޮ ބޮލީވުޑަށް، ދަޅަކްގެ ފުރަތަމަ ފެނިލުން ދައްކާލައިފި

15 ނޮވެމްބަރު 2017
ސްރީދޭވީގެ ދަރިފުޅާއި، ޝާހިދުގެ ކޮއްކޮ ބޮލީވުޑަށް، ދަޅަކްގެ ފުރަތަމަ ފެނިލުން ދައްކާލައިފި
08 ސެޕްޓެމްބަރު 2017

ރައީސް ޑުޓާޓެގެ ދަރިފުޅާ ދަނބި ދަރިފުޅު މަސްތުވާތަކެތީގެ ތުހުމަތު ދޮގުކޮށްފި

08 ސެޕްޓެމްބަރު 2017
ރައީސް ޑުޓާޓެގެ ދަރިފުޅާ ދަނބި ދަރިފުޅު މަސްތުވާތަކެތީގެ ތުހުމަތު ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް