Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޑީއެފްސީ

އަންހެނުންގެ ތަރައްޤީއަށް އެސްޑީއެފްސީން ޚާއްސަ ލޯނުތަކެއް ތަޢާރަފްކޮށްފި

23 ފެބުރުއަރީ 2024 | ހުކުރު 10:04

އޭގެ ތެރޭގައި 6 އިންސައްތަ އަދި 8 އިންސައްތައިގެ ލޯނުތައް ހިމެނޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 23 ފެބުރުއަރީ 2024 | ހުކުރު 10:04
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)

އަންހެނުންގެ ތަރައްޤީއަށް ޚާއްސަ ލޯނުތަކެއް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތަޢާރަފުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި ލޯނުތައް ތައާރަފްކޮށްދެއްވީ އިގްތިސާދާ މާލީ ކަންތައްތަކާ ބެހޭ ވަޒީރު، މުހައްމަދު ސައީދުއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވަނީ ދެ ބާވަތެއްގެ ލޯނު ތަޢާރަފުކޮށްފައެވެ. އެއީ ފަށާ މަދަދު ލޯނާއި ފަށާ މަދަދު ސްކީމެވެ.

އޭގެ ތެރެއިން ފަށާ މަދަދު ލޯނަކީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ޚިދުމަތް ލިބުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް ޚާއްސަކޮށް ދެވޭ ލޯނެކެވެ.

އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓެއްގައި ދެވޭ މި ލޯނު، އަލަށް ވިޔަފާރިފަށާ ފަރާތްތަކަށް 500،000 ރުފިޔާއާ ހަމައަށް ލޯން ލިބޭނެއެވެ. އަދި މިހާރު ވިޔަފާރިކުރާ ފަރާތްތަކަށް ވެސް 700،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެއެވެ.

މި ލޯނަށް ގްރޭސް ޕީރިއަޑް ނުވަތަ ލޯނު ނުދައްކައި ލިބޭނީ 12 މަސްދުވަހުގެ މުއްދަތެކެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ހަތް އަހަރު ލިބޭނެއެވެ.

މީގެ އިތުރުން ފަށާ މަދަދު ސްކީމަކީ ދިވެހި ކަނބަލުންގެ ތެރެއިން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތައަރާފްކުރެވުނު ސްކީމެކެވެ.

މި ސްކީމުގެ ދަށުން އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހޭއިރު މި ސްކީމުގެ ދަށުން އަހަރަކު 8 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި އަދި ލީސިން ފައިނޭންސްގެ ގޮތުގައި 10،000 ރުފިޔާ އިން ފެށިގެން 100،000 ރުފިޔާ އާ ހަމައަށް ލިބޭނެއެވެ.

މި ސްކީމުގެ ދަށުން ފޯރުކޮށްދެވޭ މުދަލަށް އަނބުރާ ފައިސާ ދެއްކުމަށް މައާފްދެވޭ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސް ލިބޭއިރު ލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ގެ މުއްދަތެއް ލިބޭނެއެވެ.

ހަމައެއާއެކު މި ސްކީމުގެ ދަށުން ވަކި ފަރުދަކަށް ފައިނޭންސް ކުރެވޭ އަދަދު ކަނޑައެޅޭނީ އެ ފަރާތެއްގެ ބޭންކު އެކައުންޓުން ކަށަވަރުކުރެވޭ އާމްދަނީއަށް ބެލުމަށްފަހުގައެވެ. އަދި މި ސްކީމަށް ހުށަހަޅާ ފަރާތަކީ ވިޔަފާރީގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 6 މަސް ވެފައިވާ މީހަކަށް ވާންޖެހެއެވެ.

މިއީ އަންހެނުންގެ ކުރިއެރުމަށް ދޫކުރެވޭ ލޯންތަކެއް ކަމުން، މި ލޯންތަކުން ކުރެވޭ މަސައްކަތްތައް އެސްޑީއެފްސީން މޮނިޓާ ކުރާނެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭނެއެވެ.

މި ލޯނުތަކުގެ މައުލޫމާތު އެ ބޭންކުގެ ހޮޓްލައިން 1613 ނުވަތަ ވެބްސައިޓުން ލިބޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް