Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެޑޭޓުން

ކެޑޭޓް އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ނިމިއްޖެ

ރާއްޖޭގެ އެކި ސްކޫލުތަކުން 33 ކެޑޭޓުން މި ކޯހުގައި ބައިވެރިވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 23 ފެބުރުއަރީ 2024 | ހުކުރު 09:22
ކެޑޭޓް އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ނިންމުމުގެ ތެރެއިން

ކެޑޭޓް އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ނިންމުމުގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް ސިފައިން ހިންގި "ކެޑޭޓް އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯސް 1-24" ނިމިއްޖެއެވެ.

މި މަހުގެ 11 އިން 22 އަށް ކުރިއަށްދިޔަ މި ކޯހުގެ ތަމްރީނުތަކުގައި ކިޔަވައިދިނީ ސިފައިންގެ އިންސްޓްރަކްޓަރުންނެވެ. އެގޮތުން މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ފުޓް ޑްރިލް، ރައިފަލް ޑްރިލް، ކޭން ޑްރިލް، ފްލެގް ޑްރިލްގެ އިތުރުން ފިޒިކަލް ފިޓްނަސް އަދި ސްވިމިން ހިމެނެއެވެ.

މި ކޯހަކީ އެމްއެންސީސީގެ ފަރާތުން ރާއްޖޭގެ އެކި ސްކޫލުތަކުގައި ޤާބިލުކަމާއެކު މަސައްކަތްކުރާ ކެޑޭޓް އިންސްޓްރަކްޓަރުން ތައްޔާރުކުރުމަށް އެމްއެންޑީއެފްއާއި އެމްއެންސީސީ ގުޅިގެން ހިންގި ކޯހެކެވެ. މި ތަމްރީނުގެ ސަބަބުން، ކެޑޭޓް އިންސްޓްރަކްޓަރުންގެ ލީޑަޝިޕް ހުނަރު އިތުރުވެ، ދަށު ރޭންކުތަކުގެ ކެޑޭޓުންނަށް މެންޓަރކޮށް މަގުދައްކައިދިނުމުގެ ޤާބިލުކަން ކެޑޭޓް އިންސްޓްރަކްޓަރުންގެ ކިބައިގައި ތަރައްގީ ވާނެއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބުރާސްފަތި ދުވަހު ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ފައިނޭންޝަލް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ އެޗްއޯޑީ، މޭޖަރ މުޙައްމަދު ނާޞިރުއެވެ.

ރާއްޖޭގެ އެކި ސްކޫލުތަކުން 33 ކެޑޭޓުން ބައިވެރިވި މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ، ކެޑޭޓް އިންސްޓްރަކްޓަރު، މުޙައްމަދު ނަޒީހް އަޙްމަދުއެވެ. އަދި، ކެޑޭޓް އިންސްޓްރަކްޓަރު، މުޙައްމަދު އަލޫޙް އަޙްމަދު ކޯހުން ދެވަނަ ހާސިލުކުރިއިރު، ކޯހުން ތިންވަނަ ހާސިލުކުރީ ކެޑޭޓް އިންސްޓްރަކްޓަރު، ޢަލީ ރަޖަބްއެވެ.

މި ރަސްމިއްޔާތުގައި އެންސީއޯ އެކަޑެމީގެ ޑައިރެކްޓާ، މޭޖާ މުޙައްމަދު ޝާހިދުއާއި، އެމްއެންސީސީގެ ޓްރެއިނިން އެންޑް ކޯޑިނޭޓިން އޮފިސާ، ސާޖަންޓް މޭޖަ ޒުހައިރު ޙުސައިންއާއި، ކެޑޭޓް އިންސްޓްރަކްޓަރު ކޮލިފިކޭޝަން ކޯހުގެ ޕްރޮގްރާމް ކޯޑިނޭޓަރު، ސާޖަންޓް މޭޖަރ ޢަބްދުލްޢަޒީޒް އިބްރާހީމް އަދި އެމްއެންސީސީގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ

16 މެއި 2017
ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ
14 މެއި 2017

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ

14 މެއި 2017
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ
30 އެޕްރީލު 2017

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
09 އެޕްރީލު 2017

ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި

09 އެޕްރީލު 2017
ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި
07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް