Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދަނޑުވެރިކަމުގެ ކޯސްތައް ހިންގުން

ދަނޑުވެރިކަމުގެ ކޯސްތައް ހިންގުމާއި ދިރާސާކުރުމުގެ ސަގާފަތެއް ގާއިމުކުރުމަށް އިސްލާމީ ޔުނިވަރސިޓީއާއެކު އެގްރިކަލްޗަރ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގައި ދެ އިދާރާގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަން ދެފަރާތުން އެއްވަރަކަށް ހިއްސާކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2024 | ހުކުރު 10:03
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ދަނޑުވެރިކަމުގެ ކޯސްތައް ހިންގުމާއި ދިރާސާކުރުމުގެ ސަގާފަތެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އާއިޝަތު ރަމީލާ އެވެ. އަދި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު އެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ މަގުސަދަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށާއި، ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ދިރާސާކުރުމުގެ ސަގާފަތެއް ގާއިމުކޮށް ކުރިއެރުވުމާއި، މިފަދަ ދިރާސާތައް ކުރުމުގައި ދެ މުއައްސަސާގެ ތަޖުރިބާ އާއި ފަންނުވެރިކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ގާއިމުކުރެވިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް މަގުފަހި ކުރުމާއި ދެމުއައްސަސާގެ މުވައްޒަފުންނަށާއި އާންމުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ކޯސްތައް އެމް.ކިއު.އޭ ގާބޫލުކުރާ ފެންވަރަށް ދެ އިދާރާ ގުޅިގެން ފަރުމާކޮށް ހިންގަން ފެށުމާއި، ދެ އިދާރާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގައި ދެ އިދާރާގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަން ދެފަރާތުން އެއްވަރަކަށް ހިއްސާކުރުމާއި، ދަނޑުވެރިކަން ވިޔަފާރީގެ (އެގްރި-ބިޒްނަސް) ގޮތުގައި ކިޔަވައިދޭނެ މަގުތައް ފަހިކުރުމާއި، ދަނޑުވެރިކަމާއި ގުޅުން ހުރި އެކިއެކި ދާއިރާތަކުން ދިރާސާ ހަދާނެ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހޯދާފައިވާ އެކިއެކި ހޯދުންތައް އިލްމީ ގޮތުން ދިރާސާކޮށް، މިނިސްޓްރީއަށް ބޭނުންވާ އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއި، އަރަބި އިސްލާމީ ގައުމުތަކާއި ރާއްޖެއާއި އެއްގޮތް މާހައުލުތައް ލިބިފައިވާ ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަން ކުރާ ގޮތާއި، ދަނޑުގޮވާމުން ލިބޭ ތަކެތި ދެނެގަނެ، ރާއްޖޭގައި އެކަން ކުރެވިދާނެ ގޮތްތައް ދެނެގަތުމާއި އަދި ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކުރުމަށް ގައުމީ ފެންވަރުގައި އެކުލަވާލައި ޕްލޭންތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

މިއެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން 3 އަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރަށް ހިންގުމާއި ޑެންގީ ފެތުރެނީ! ސަމާލުވޭ!

ބޭރަށް ހިންގުމާއި ޑެންގީ ފެތުރެނީ! ސަމާލުވޭ!

12 ޑިސެމްބަރު 2018
ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި

ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި

11 ޑިސެމްބަރު 2018
އެމްޑީއޭގެ ހިންގުމާއި އަނެއްކާވެސް ސިޔާމް ޙަވާލުވެވަޑައިގެންފި!

އެމްޑީއޭގެ ހިންގުމާއި އަނެއްކާވެސް ސިޔާމް ޙަވާލުވެވަޑައިގެންފި!

22 ނޮވެމްބަރު 2018
އައިޔޫއެމް. އިން ޤުރުއާން ހިތުދަސްކޮށްދިނުމުގެ ބައެއް ކޯސްތައް ހިލޭ ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި

އައިޔޫއެމް. އިން ޤުރުއާން ހިތުދަސްކޮށްދިނުމުގެ ބައެއް ކޯސްތައް ހިލޭ ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި

13 ނޮވެމްބަރު 2018
ގާސިމްއާމެދު ބޭންކުން ދައްކާ ވާހަކަތަކުން ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމުގެ ސަގާފަތެއް ގާއިމްކުރުމަށް ހުރަސްއެޅޭ: ޓީއެމް

ގާސިމްއާމެދު ބޭންކުން ދައްކާ ވާހަކަތަކުން ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމުގެ ސަގާފަތެއް ގާއިމްކުރުމަށް ހުރަސްއެޅޭ: ޓީއެމް

31 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު