Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް

ރަފަހް އަށް އިސްރާއީލުން ހަމަލާދޭން ބޭނުންވަނީ ކީއްވެ؟

ރަފަހްގައި 1.4 މިލިއަން މީހުން ދިރިއުޅެމުންދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2024 | ހުކުރު 02:14
އިސްރާއީލުން ހިންގާ ގަތުލުއާންމުގައި ހާލުގައި ޖެހިފައިވާ ތުއްތު ކުދިން

އިސްރާއީލުން ހިންގާ ގަތުލުއާންމުގައި ހާލުގައި ޖެހިފައިވާ ތުއްތު ކުދިން

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާރު އަމާޒު ހިފާފައި މިވަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަހް އަށެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދުކެނޑިމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ސަލާމަތް ހޯދުމަށް ގިނަ ބަޔަކު ރަފަހް އަށް ޖަމާވެފައިވާއިރު މިއީ މިސްރާއީ ޣައްޒާ ގުޅޭ ބޯޑަރު ސަރަހައްދެވެ. އަންދާޒާ ކުރެވޭ ގޮތުގައި މިސަރަހައްދުގައި ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން 1.4 މިލިއަން މީހުން އަންނަނީ ވަގުތީ ބޯހިޔާވަހިކަން ހޯދަމުންނެވެ. ނަމަވެސް އިސްރާއީލުން އަންނަނީ ރަފަހް އަށް ވެސް ހަމަލާތައް ދީ ރަފަހް އަށް އަރާނެކަމަށް ބުނެ އިންޒާރުތައް ދެމުންނެވެ.

ބައިނަލްއަގްވާމީ މުޖުތަމައުން މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންދަނީ ރަފަހްގައި ތޮއްޖެހިފައިވާ އެތައް ހާސް ބަޔެއްގެ ފުރާނަ އިސްރާއީލުން ފޮނުވާލާ އެންމެ މިސައިލު ހަމަލާއަކުން ވެސް ގެއްލިގެންދާނެ ކަމުގެ ބިރު އޮތީމައެވެ. އަނެއްކޮޅުން ރަފަހް އަށް އިސްރާއީލުން އަރައިފިނަމަ ދެން ޣައްޒާގެ ރައްޔިތުން ދާނީ ވަކި ކޮންތާކަށްތޯ އެއީ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެކެވެ. އެގޮތަށް އެކަން ނުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގޮވާލަމުންދިޔަ ނަމަވެސް އިސްރާއީލު އޮތީ މިކަމަށް ދޫދޭގޮތަކަށް ނޫނެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރަފަހް އަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ ހަމަލާދޭން ބޭނުންވާ އޮތީ ހަމަ އެންމެ ސަބަބެކެވެ. އެއީ ޣައްޒާއަށް ހަމަލާދެމުންދާ ސަބަބު ވެސް މެއެވެ. ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް ޣައްޒާގެ މުޅި ކޮންޓްރޯލް ޔަހޫދީ ދައުލަތުން ނެގުމެވެ. އަދި އެތަނުގައި ވެސް ޔަހޫދީން އާރާސްތުކުރުމެވެ. އެނޫން ދެވަނަ ސަބަބެއް ނެތެވެ.

ރަފަހް އަށް އަރައިގަތުމަށް އިސްރާއީލުން އަސްކަރީ އޮޕަރޭޝަން ފަށާނެކަމަށް ބުނަނީ ދާއިމީ ގޮތެއްގައި ޣައްޒާގެ ރައްޔިތުން ޣައްޒާ އާއި މިސްރު ގުޅޭ ބޯޑަރުން ބޭރުކޮށް މިސްރަށް ފޮނުވާލުމެވެ. އެންމެ ފުރަތަމަ ވެސް އިސްރާއީލުގެ ޕްލޭނަކީ މިއީއެވެ.

މިޑިލް އީސްޓް ކައުންސިލު ފޮރ ގްލޯބަލް އެފެއަރޒް ތިންކް ޓޭންކުގެ މަސައްކަތްކުރާ އުމަރު ރަހުމާން އަލްޖަޒީރާ އާ ވާހަކަދައްކަމުން ބުނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާއަކީ ހަމާސް ނައްތާލުމުގެ ނަމުގައި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ހަނގުރާމައެއް ކަމަށެވެ. މިއީ ހަމާސް އާ ދެކޮޅަށް ކުރިޔަށްގެންދާ ހަނގުރާމައެއް ނޫންކަމަށާއި މިއީ ފަލަސްތީނުގެ މުޅި އާބާދީ ޣައްޒާއިން ބޭރުކޮށްލަން ކުރިޔަށްގެންދާ ހަނގުރާމައެއް ކަމަށެވެ. ރަފަހް އަށް އިސްރާއީލުން ހަމަލާދިނުމަކީ އޭގެ ހެއްކެއްކަމަށް އުމަރު ބުންޏެވެ.

އެކަން ކުރަމުންދަނީ ބޮޑު ގަތުލުން އާންމެއް ހިންގުމުގެ ބޭނުމުގައިކަމަށް ވެސް އުމަރު ބުންޏެވެ. ފަލަސްތީނުގެ ރެފިޔުޖީންގެ ޖަމާއަތުގައި މަސައްކަތްކުރާ ހަނީން ރިޒްކް ބުނާ ގޮތުގައި ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުންދަނީ މަރުވާނެ ވަގުތަކަށެވެ. ހަނީން އިތުރަށް ބުނީ ރަފަހްގައި ތިބި ބައެއް އާއިލާތައް ވަނީ އުތުރާއި ޣައްޒާގެ މެދުތެރެއަށް ގޮސްފައެވެ. ނަމަވެސް މުޅި ޣައްޒާގެ 70 އިންސައްތަ އެއްކޮށް ބިމާ ހަމަކޮށްފައިވާތީ އިތުރު އެހެން ގޮތެއް ނެތިގެން ރަފަހްގައި ތިބިކަމަށް ހަނީން ބުންޏެވެ. ނަމަވެސް މިސްރުން ބޯޑަރު ހުޅުވާލައިފިނަމަ ގިނަ ބަޔަކު މިސްރަށް ދާނެކަމަށް ހަނީން ބުންޏެވެ.

ނަމަވެސް މިހާރު ބޯޑަރު ހުރަސްކޮށް މިސްރަށް ދިޔުމަކީ ވަރަށް އަގު ބޮޑުކަމެއްކަމަށް ވެސް ހަނީން ބުންޏެވެ. މިހާރު ދެވެނީ 5000 ޑޮލަރު ދައްކައިގެންކަމަށާއި އެ އަދަދަށް ފައިސާ ދައްކައިގެން މިސްރަށް ދެވޭ ވަރަށް ފައިސާ ހުރީ މަދު އަދަދެއްގެ ބަޔެއްގެ އަތުގައި ކަމަށް ވެސް ހަނީން ބުންޏެވެ.

މިސްރުން ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ބޯޑަރު ބަންދުކޮށްފައެވެ. ނަމަވެސް ޕްރައިވެޓް ބަސްތަކުގައި ފަލަސްތީނުގެ ބައެއް ރައްޔިތުން އަންނަނީ މިސްރަށް ދަމުންނެވެ. ނަމަވެސް އެމީހުން ކިޔާ އަގު އަންނަނީ އެއް ދުވަހަށްވުރެ އަނެއް ދުވަހު ބޮޑުވަމުންނެވެ.

ހަނގުރާމައިގެ ކުރީކޮޅު މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ ޣައްޒާގެ ރައްޔިތުން މިސްރުން ރެފިޔުޖީންގެ ގޮތުގައި ބަލައިނުގަންނާނެކަމަށް ވިދާޅުވެފައެވެ. އެ ފުރުސަތު ފަހިކޮށްދީފިނަމަ ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ފަލަސްތީނަށް ނާދެވޭނެކަމަށް ސީސީ ވަނީ ވިދާޅުވެފައެވެ. ސީސީ ވަނީ މިކަމަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމަށް ގޮވާލާފައެވެ.

ނަމަވެސް އިސްރާއީލުން އުންމީދުކުރަނީ ރަފަހް އަށް ދޭ ހަމަލާތަކާއި ރަފަހްގައި އަސްކަރީ އޮޕަރޭޝަން އިސްރާއީލުން ކުރިޔަށްގެންދާނެތީ އެކަމުގެ ބިރަށް މިސްރުން ބޯޑަރު ހުޅުވާލާނެކަމަށެވެ. އަދި މިސްރުން އުންމީދުކުރަނީ އެމެރިކާ މެދުވެރިވެގެން އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށެވެ.

އަނެއްކޮޅުން ބައެއް ރިޕޯޓްތައް ބުނާގޮތުގައި މިސްރުން އަންނަނީ "ބަފަރ ޒޯނެއް" ސަންއާ ސަރަހައްދުގައި ގާއިމުކުރަމުންނެވެ. މިއީ ރަފަހް އިން ފިލައިގެން ދާ މީހުންނަށް ޚާއްސަކޮށް ހަދާ ޒޯނެއްކަމަށް ބެލެވެއެވެ. ނަމަވެސް މިސްރުން އަދި މިކަން ކަށަވަރެއް ނުކޮށްދެއެވެ.

އުމަރު ބުނީ ނަތަންޔާހޫ ބޭނުންވަނީ ޣައްޒާ އަލުން އާރާސްތުކުރުމުގެ ފުރުސަތު ޣައްޒާގެ ރައްޔިތުންނަށް ނުދިނުމަށް ވީއެންމެ ގިނަ ދުވަހެއްވަންދެން އިސްރާއީލު އަސްކަރިއްޔާ ޣައްޒާގައި ބައިތިއްބާށެވެ. އިސްރާއީލުގެ އަސްކަރިއްޔާ ޣައްޒާގައި ހަރަކާތްތެރިވާހާ ހިނދަކު ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި ދިރިއުޅުމަކީ ވަރަށް ނާދިރުކަމެކެވެ. އެއާއެކު ޣައްޒާގެ ރައްޔިތުންނަށް އެންމެ ފަހުން މަޖުބޫރުވާނީ ޣައްޒާ ދޫކޮށް ދިޔުމަށެވެ.

އަނެއްކޮޅުން ނަތަންޔާހޫގެ ސިޔާސީ ހަޔާތުގެ ކުރި މަގު އޮތީ ވެސް ޣައްޒާގައި ކުރިޔަށްދާ ހަނގުރާމަ އެގޮތުގައި ކުރިޔަށް ގެންދިޔުމުގައެވެ. ނަތަންޔާހޫގެ ތާއީދުގެ އިސްރާއީލުގައި އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ކޮންމެ ވަގުތެއްގައި އިންތިޚާބެއް ބޭއްވިނަމަވެސް ނަތަންޔާހޫ އަށް އެމަގާމު ގެއްލޭނެކަމުގެ ބިރު ބޮޑެވެ.

އެހެންކަމުން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ހަނގުރާމަ ދިގު ދައްމާލުމަށް ނަތަންޔާހޫ ރަފަހް ގައި އަސްކަރީ އޮޕަރޭޝަން ކުރިޔަށްގެންދިޔުން ލަސްކުރަމުން ގެންގޮސްފާނެއެވެ.

ރަފަހްގައި މިހާރު ތިބި އެތައް ހާސް ރައްޔިތުންނެއް ތިބީ ކޮންމެ ގޮތަކަށް ވެސް ކަންތައް ވެގެންދާނެ ކަމަށް ބަލައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017
އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

އަދީބުގެ ސިއްހަތު ނުރައްކަލުގައި، ބޭސްފަރުވާއަށް ހުއްދަ ނުދެނީ ކީއްވެ؟

12 ޖޫން 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު