Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކޮވިޑް-19

ކޮވިޑް-19ގެ ޕީޕީއީ، ޑައެޕަރއަށް!

މި މަސައްކަތުން ޢާއިލާތަކަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބޭނެ ކަމަށް ޔާސިރު އުންމީދު ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2024 | ހުކުރު 13:40
ފެހުންތެރިންގެ މިއަދުގެ ޒިންމާއަކީ ނެޕީ ނުވަތަ ޑައެޕަރ ފެހުން

ފެހުންތެރިންގެ މިއަދުގެ ޒިންމާއަކީ ނެޕީ ނުވަތަ ޑައެޕަރ ފެހުން

ޢާންމު މުޖުތަމަޢުގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން މިއަދު އެތަނަކަށް ހުއްޓިފައި އޮތް ޣައްޒާގެ ރަފަޙުގައި ހުރި ފަހާ ތަނެއްގެ ބޭރު ޒީނަތްތެރި ކޮށްފައި ވަނީ، ކައިވެނީގެ ޙަފުލާތަކުގައި އަންހެނުން ލާ އުޅޭ ފަދަ ހިތްގައިމު ހެދުންތަކެއްގައި ތިބި ޒުވާން އަންހެން ކުދިންތަކެއްގެ ތަސްވީރުތަކުންނެވެ. ފެހުގެ ޚިދުމަތް ދޭ އެ ތަނުގެ ތެރެއިން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ފެހުންތެރިންގެ މިއަދުގެ ޒިންމާއަކީ ނެޕީ ނުވަތަ ޑައެޕަރ ފެހުމެވެ. މިއީ ނިރުބަވެރި ޔަހޫދީންގެ ޤަތުލުޢާންމުގައި 4 މަހަށް ވުރެ ގިނަ ދުވަސް ގުނަމުން އަންނަ ޣައްޒާއިން މިހާރު އެއްވެސް ވަރަކަށް ލިބެން ނެތް ޛަރޫރީ އެތައް އެއްޗެއްގެ ތެރެއިން އެކައްޗެވެ.

2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ އެންމެން ކަހަލަ ގޮތަކަށް ރަފަޙުގައި ތޮއްޖެހިފައި ވާއިރު، ޑައެޕަރ ނުލިބުމުގެ މައްސަލައަކީ ތުއްތު ކުދިންނާއި އެކުދިންގެ މައިންބަފައިންނާ ބެލެހެއްޓުންތެރިންގެ ދިރިއުޅުމަށް ކުރިމަތިވެފައި އޮތް އިތުރު ތަކުލީފެކެވެ.

މިހާރު މުޅިން ޑައެޕަރ ފެހުމުގެ މަސައްކަތަށް ހުރިހާ ވަގުތެއް ހުސްކޮށްގެން ހިންގާ ފަހާ ތަނުގެ ވެރިޔާ، ޔާސިރު އަބް ޣަރާރާ ބުނި ގޮތުގައި، 1.5 މިލިއަން މީހުން، ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަ ރަފަޙުގައި ޑައެޕަރ އެއް ލިބެން ނެތް ކަމަށެވެ.

ފައްޗަކަށް އަތުރާފައިވާ ފަހާ ފޮށިތައް ދޮށުގައި ޑައެޕަރ ފެހުމުގެ މަސައްކަތުގައި އަންހެންވެރިން އަވަދިނެތި އުޅެމުން ދިޔަތަނާ ކައިރީގައި ހުރެ، ވާހަކަ ކުރިއަށް ގެންދަމުން ޔާސިރު ވަނީ، ރެޑީމޭޑް ޑައެޕަރގެ އަގަށް އައިސްފައިވާ ބޮޑު ބަދަލުވެސް ފާހަގަ ކޮށްފައެވެ. އެ އަގަކީ، މިއަދު ކައިބޮއެ ހަދާލާނެ ފަދައެއްވެސް ނެތް ޣައްޒާގެ ޢާއިލާތަކަށް އަތްފޯރާ ވަރަށް ވުރެ މާ މަތީގައި ހުރި އަގުތަކެކެވެ.

ޔާސިރުގެ ފަހާ ތަނުގައި ޑައެޕަރ ތައްޔާރު ކުރަނީ، ކޮވިޑް-19ގެ ބަލިމަޑުގައި ބޭނުންކޮށްފައި ހުރި ޕީޕީއީތައް ރީސައިކަލްކޮށްގެންނެވެ. އެކަން އެހެން އޮތް ނަމަވެސް، މި މަސައްކަތުން ޢާއިލާތަކަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބޭނެ ކަމަށް ޔާސިރު އުންމީދު ކުރެއެވެ.

ގެދޮރު ގެއްލިފައިވާ އީނާސް އަލް-މަސްރީއަކީ ތުއްތު ތުއްތު އެއްމާބަނޑު ދެބެންނާއި، ކުޑަ ތަންކޮޅެއް ދޮށީ އަންހެން ދަރިއެއްގެ މަންމައެވެ. އެ 3 ކުދިންނަށްވެސް ޑައެޕަރ ބޭނުންވެއެވެ. އެއްމާބަނޑު ދެބެންގެ ތެރެއިން އެއްކުއްޖަކު އޮތީ އެތެރެ ފެންނަ ތުނި ޕްލާސްޓިކް ކޮތަޅަކުން ހަދާފައި އޮތް 'ސޯޓު ކޮޅެއް' ލައްވާފައެވެ. އެ ސޯޓުވެސް އެ ކުއްޖާއަށް ބާރެވެ. އީނަސް ސޯޓު ލައްވަމުން ދިޔަ އިރު، ޓެންޓެއްގެ ބިންމަތީގައި އޮތް އެ ކުއްޖާ ދިޔައީ ރޮމުންނެވެ.

ހާނީ ޞުބްޙްއަކީވެސް ހަމަ އެފަދަ ޙާލެއްގައި ހުރި ބައްޕައެކެވެ. އެ ބައްޕައަށްވެސް ޚިޔާރު ކުރަން ޖެހިފައި އޮތް، ނިންމަން ދަތި ނިންމުމެކެވެ.

ޔާސިރު ފަދަ ޣައްޒާގެ ބަޠަލުންގެ ގަދަ ހިތްވަރާއި ސާބިތު ކަމަކީ، މިއަދު މުޅި ދުނިޔެވެސް ދަސްކުރަން ޖެހޭ ކަމެކެވެ. އަޚުންނާއި އުޚުތުންގެ ޙައްޤަށްޓަކައި، ޖާނާއި މާލުން ޤުރުބާން ވަމުން އެންމެ މުއްސަނދި، މަހުޖަނުންނަށްވެސް މިސާލު ދައްކަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއީ ކިޓު ހަދިޔާ ކުރުމަށް ސޮނާކްޝީ ގޮވާލައިފި

ޕީޕީއީ ކިޓު ހަދިޔާ ކުރުމަށް ސޮނާކްޝީ ގޮވާލައިފި

02 މެއި 2020
ހެލްތް ވޯކަރުންނަށް 1000 ޕީޕީއީ ކިޓު ވިދްޔާ ބާލަން ހަދިޔާ ކޮށްފި!

ހެލްތް ވޯކަރުންނަށް 1000 ޕީޕީއީ ކިޓު ވިދްޔާ ބާލަން ހަދިޔާ ކޮށްފި!

26 އެޕްރީލު 2020

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު