Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޓި ޑިފެކްސްޝަން ޤާނޫނު

އެންޓި ޑިފެކްސްޝަން ޤާނޫނު އެކުލަވާލާނީ ޕާޓީ އާއި މެމްބަރުންނަށް ވެސް ނާޖާއިޒް ފައިދާ ނުލިބޭ ގޮތަށް: ހިސާން

ރާއްޖޭގައި އެންޓި-ޑިފެކްޝަން ގާނޫނެއް އޮތުން މުހިންމުކަމަށް އާންމުން ދިޔައީ ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2024 | ބުރާސްފަތި 15:25
ހިސާން ހުސައިން

ހިސާން ހުސައިން

އެންޓި ޑިފެކްސްޝަން ޤާނޫނު އެކުލަވާލާނީ ޕާޓީ އާއި މެމްބަރުންނަށް ވެސް ނާޖާއިޒް ފައިދާ ނުލިބޭ ގޮތަށްކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުށަހެޅި އެންޓި ޑިފެކްޝަންގެ ޤާނޫނާއި މިހާރު ހުށަހަޅާ ޤާނޫނާއި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އޭރު އެ ޤާނޫނު އޮތީ ޕާޓީން ބޭނުންވާ ގޮތަކަށް މެމްބަރުން ވަކި ކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަމަށް ހިސާން ވިދާޅުވިއެވެ. ނަމަވެސް މިހާރު އެންޓި ޑިފެކްޝަން ޤާނޫނު އެކުލަވާލަން އެމްޑީޕީން މަސައްކަތް ކުރަނީ މެމްބަރުންނަށް ވެސް ޕާޓީ އަށް ވެސް ޤާނޫނުގެ ކޮންޓްރޯލް ނުނެގޭނެ ގޮތަކަށް ކަމަށް ވެސް ހިސާން ވަނީ ވިދާޅުވެފައެވެ. ކުރިން ވެސް އެމްޑީޕީން ވާނީ ޕާޓީން ބޭނުން ވުމުން މެމްބަރުންގެ ގޮނޑި ގެއްލުވާލުމާއި ދެކޮޅަށް ވަކާލާތުކުރައްވާފައިކަން ހިސާން ފާހަގަކުރެއްވިއެވެ. އެހާ ބޮޑު ބާރުވެރި ކަމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ފޯރުވަން ޕާޓީއަކަށް ފުރުސަތު ލިބިގެން ނުވާނެ ކަމަށް ހިސާން ވަނީ ވިދާވެފައެވެ.

Advertisement - newsAdvertisement

އަލަށް އެކުލަވާލާ ޤާނޫނުގައި ވާގޮތުން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވާ ހާލަތުގައި އޭނާ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ. ހަމައެހެންމެ މެމްބަރަކު ނިސްބަތްވާ ޕާޓީން އޭނާ ވަކިކުރާ ނަމަ އިލެކްޝަން ކޮމިޝަން (އީސީ)އިން އޭނާ ނިސްބަތްވާ ދާއިރާއެއްގައި އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގާ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށާއި އެއީ އޭނާ މަޤާމުގައި ހުންނަން ފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. އަދި އޭނާ މަޤާމުގައި ހުންނަން ދާއިރާގެ ރައްޔިތުންނަށް ނުފެންނަ ނަމަ އެ ހިސާބުން އެ މަޖިލިސް މެންބަރަކު އެ ގޮނޑިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

ރައްޔިތުން އެ މެންބަރަކު ގޮނޑިއަށް އިންތިޚާބުކުރަނީ ވަރަށް ބޮޑު އިތުބާރަކާއެކު ކަމަށާއި، އެހެން ނަމަވެސް މެންބަރުން ގޮނޑި ބަދަލުކުރުމަކީ އެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން ރައްޔިތުން ޑިމޮކްރެސީއާމެދު އޮންނަ އިތުބާރު ގެއްލި ވޯޓުލާން ނުކުންނަ ނިސްބަތް މަދުވާކަމަށް ވެސް އެ ޕާޓީން މީގެ ކުރިން ބުނެފައިވެއެވެ.  2019 ވަނަ އަހަރު ފެށުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ގޮތުގައި އޮތް އެމްޑީޕީން ގިނަ މެންބަރުންތަކެއް ދާދި ފަހުން ވެސް ވަކިވެވަޑައިގެން ސަރުކާރު ޕީޕީއެމް-ޕީއެންސީއާ ގުޅިވަޑައިގެންފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ އެމްޑީޕީގެ ތެރެއިން މެންބަރުންތަކެއް ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެ ޕާޓީ ވުޖޫދުކުރެއްވިއިރު، ރައީސް މުއިއްޒުގެ ސަރުކާރުގައި އިތުރު މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އަދި ޕީޕީއެމްއާ ވެސް ވަނީ ގުޅިވަޑައިގެންފައެވެ.

އެއާއެކު، ރާއްޖޭގައި އެންޓި-ޑިފެކްޝަން ގާނޫނެއް އޮތުން މުހިންމުކަމަށް އާންމުން ދިޔައީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު