Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ނަޕޯލީއާ ދެކޮޅަށް ދެއްކީ ރަނގަޅު ކުޅުމެއް: ޒަވީ

ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗަށް ބަލާއިރު، އެޓޭކުގައި ވެސް އަދި ޑިފެންސްގައި ވެސް ބާސެލޯނާ އިން ދެއްކީ ރަނގަޅު ކުޅުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2024 | ހުކުރު 04:40
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް، ބާސެލޯނާ އިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ބާސެލޯނާ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ބާސެލޯނާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ނަޕޯލީގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، އަދަދުތަކަށް ބަލާއިރު ގިނަ ކަންކަން ބާސެލޯނާ އަށް ޙާސިލު ކުރެވެން އޮތް ކަމަށެވެ. ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗަށް ބަލާއިރު، އެޓޭކުގައި ވެސް އަދި ޑިފެންސްގައި ވެސް ބާސެލޯނާ އިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް ޒަވީ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ މެޗުގައި ބާސެލޯނާ އިން ލަނޑު ޖެހުމަށްފަހު ވެސް، އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ކުރި މަސައްކަތާއި، ދެއްކި ކުޅުމަށް ބަލާއިރު، އެ މެޗުން ބާސެލޯނާ އަށް މޮޅެއް ޙައްޤު ކަމަށެވެ. ނަމަވެސް ބާސެލޯނާ އިން ކުޅުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްކަން ފާހަގަކޮށް ޒަވީ ބުނީ، ޗެމްޕިއަންސް ލީގުގައި ވާދަކުރާ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށެވެ. ޒަވީ ދެކޭ ގޮތުގައި ނަޕޯލީ މެޗަކީ ބާސެލޯނާ އަށް މޮޅުވެވޭނެ މެޗެކެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ، ބާސެލޯނާ އިން ދެން ވިސްނާނީ އަންނަ މަހު އޮންނަ ދެ ވަނަ ލެގުގެ މެޗަށް ކަމަށެވެ. އޭގެ ކުރިން ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ކުޅެން އޮތް ތިން މެޗަށް ސަމާލުކަން ދޭން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، ލީގުގެ އުންމީދު ވެސް ބާސެލޯނާ އިން ގެއްލުވާ ނުލާނެ ކަމަށެވެ. އެހެންކަމުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބާސެލޯނާ އިން މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު