Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލޮޕްގެ ކުރިމަގު

ލިވަޕޫލް ދޫކޮށްލުމަށްފަހު، އެއް އަހަރު ވަންދެން ކްލޮޕް ހުންނާނީ އެއްވެސް ޓީމަކާ ހަވާލު ނުވެ!

އެއް އަހަރު ވަންދެން ކްލޮޕް އެއްވެސް ކުލަބަކާއި ނުވަތަ ޤައުމީ ޓީމަކާ ވެސް ހަވާލު ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2024 | ބުރާސްފަތި 00:43
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ލިވަޕޫލްގެ ކޯޗުކަމުގެ މަޤާމުން ވަކިވުމަށްފަހު، އެއް އަހަރު ދުވަސް ވަންދެން ޔާގަން ކްލޮޕް އެއްވެސް ޓީމަކާ ހަވާލު ނުވާނެ ކަަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

އުމުރުން 56 އަހަރުގެ ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ލިވަޕޫލަށް ގިނަ ކާމިޔާބުތަކެއް ހޯދައި ދިނުމަށްފަހު، މިއަހަރު ކްލޮޕް ނިންމީ މިހާރު ކުރިއަށްދާ ސީޒަނަށްފަހު ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލުމަށެވެ. ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލުމަށްފަހު، ކުރިމަގުގައި ކަންތައް ކުރާނެ ވަކި ގޮތެއް ކްލޮޕް ހާމަކޮށްފައެއް ނުވެ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމަށް ގެންނަން އެ ކުލަބުން ބޭނުންވާ ކޯޗުންގެ ލިސްޓުގައި ކްލޮޕްގެ ނަން ހިމެނެ އެވެ. އެއީ، އެ މަގާމުގައި މިހާރު ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލް ސީޒަން ނިމުމާއެކު، އެ ކުލަބު ދޫކޮށްލަން ނިންމުމުންނެވެ. ނަމަވެސް ކްލޮޕްގެ އެޖެންޓް ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އޭނާ ބުނީ، ލިވަޕޫލް ދޫކޮށްލުމަށްފަހު، އެއް އަހަރު ވަންދެން ކްލޮޕް އެއްވެސް ކުލަބަކާއި ނުވަތަ ޤައުމީ ޓީމަކާ ވެސް ހަވާލު ނުވާނެ ކަމަށެވެ. އަދި އެއީ ބަދަލެއް ނާންނާނެ ނިންމުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ކްލޮޕް އޭނާގެ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު މައިންޒުންނެވެ. އެ ކުލަބުގައި ހަތް އަހަރު މަަސައްކަތް ކުރުމަށްފަހު، 2008 ވަނަ އަހަރު ކްލޮޕް ހަވާލުވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. ޑޯޓްމަންޑުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހު، އިނގިރޭސި ޕްރިމިއާ ލީގުގެ ކޯޗުކަމާ ކްލޮޕް ހަވާލުވީ 2015 ވަނަ އަހަރު އެވެ. ކޯޗިން ކެރިއަރުގަައި ކްލޮޕް އެންމެ ކާމިޔާބު މަސައްކަތެއް ކުރީ ވެސް ލިވަޕޫލްގަ އެވެ. ލިވަޕޫލާ އެކު އޭނާ ވަނީ، އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު