Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންނާއި ފުލުހުންގެ މުސާރަ

ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކުރުމުގެ ވައުދު ލަސްވާތީ މައްސަލައެއް ހުށަހަޅައިފި

ސިފައިންނާއި ފުލުހުންގެ މުސާރަ މާޗް މަހާ ހަމައަށްވެސް ބޮޑު ނުވެދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ފެބުރުއަރީ 2024 | ބުދަ 10:42
ސިފައިންގެ ޕެރޭޑެއްގެ ތެރެއިން

ސިފައިންގެ ޕެރޭޑެއްގެ ތެރެއިން

ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކުރުމުގެ ވައުދު ލަސްވާތީ، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ފުވައްމުލަކު މެދުދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައިވަނީ، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން 15 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރޭގައި އާޓިފިޝިއަލް ބީޗްގައި ބޭއްވި ޖަލްސާގައި، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ރިޔާސީ ވައުދުތަކުގެ ތެރެއިން، ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވެފައި ވާކަމަށެވެ.

އަދި ޑރ. މުުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި އެހެން ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރު ނިމުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ސިފައިންނާއި ފުލުހުންގެ މުސާރަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރުމަށް އިއުލާންކުރައްވައި، އޮނިގަނޑުތައް ބެހިގެންދާނެ ގޮތްވެސް ހާމަކުރައްވައިފައި ވަނިކޮށް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ފުލުހުންނާއި ސިފައިންނަށް މުސާރަ ބޮޑުކުރަން ނިންމާފައިވާ ނިންމުން މި ވަގުތު ތަންފީޒު ކުރެވެން ނެތްކަމަށާއި، ފަސްކޮށްފައިވާކަން، ނެޝަނަލް ޕޭ ކޮމިޝަނުން އަންގާފައި ވާކަމަށެވެ. އަދި އާ ޕޭ ފްރޭމްވޯރކަށް އަމަލުކުރަން ފަށާނީ 2024 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކަމަށް އިއުލާންކޮށްފައި ވާކަމަށެވެ.

މި ގޮތަށް ނިންމުން ނިންމާފައިވަނީ ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ކަމަށާއި، އަދި މާލީ ހާލަތު ހުރޮގޮތުން އާ ޕޭ ފްރޭމްވޯރކަކަށް އަމަލުކުރުމަށް ގޮންޖެހުންތަކެއް ހުރުމުން ކަމުގައި ހާމަކޮށްފައި ވާކަމަށެވެ. މި މައްސަލައިގައި ބުނެފައިވަނީ، މާޗުމަހާ ހަމައަށް މާލީ ހާލަތު ރަނގަޅުވެއްޖެނަމަ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ތަންފީޒުކުރާނެ ކަމަށް ހާމަކޮށްފައި ވާކަމަށެވެ.

އަދި މިކަމާ ގުޅިގެން ރައްދުދެއްވައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2024 މާޗް 1 ވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އަންގާފައި ވާކަމަށެވެ. އަދި ހަމައެއާއެކު ވިދާޅުވެފައިވަނީ، މުސާރަ ދެގުނައަށް ބޮޑުކުރާނީ 5 އަހަރުގެ ދައުރަކަށް ބަހާލައިގެން ކަމަށާއި، 2024 ވަަނަ އަހަރު 35 އިންސައްތަ، 2026ގައި 30 އިންސައްތަ އަދި 2028ގައި 30 އިންސައްތައަށް ކަމަށެވެ.

6 ފެބްރުއަރީ 2024 ވަނަ ދުވަހު ތ. ގުރައިދޫގައި ބޭއްވުނު ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދެތިން މަސް ވެގެންދާނީ އިގްތިސާދީ ގޮތުން ވަރަށް އުނދަގޫ، ހައްސާސް ދުވަސްވަރަކަށް ކަމަށެވެ. އަދި މިފަދަ އިބާރާތުން ހާލަތު ބަޔާންކޮށްދެއްވާފައި ވުމަކީ މި ވައުދު އިތުރަށް ލަސްވެގެންދާނެ ކަމެއް ކަމުން، މިކަމާ ގުޅިގެން ސިފައިންނާއި ފުލުހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އަދި ސިފައިންނާއި ފުލުހުންނަކީ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ދެ އިދާރާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. އަދި ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކުރައްވާނެ ކަމަށް އިދާރާތަކުން ފޮނުވާފައިވާ މުސާރައާގުޅޭ އޮނިގަނޑުގައި ކަނޑައަޅާފައިވާ މުސާއަކީ، ދެގުނަ ބޮޑު މުސާއެއް ނޫންކަމަށާއި، އެއީ ރިޔާސީ ވައުދުފުޅާ ޚިލާފު އޮނިގަނޑެއް ކަމަށް ވާތީއާއި، އަދި މިކަންތައް ދިގުލައިގެންދާތީ، އެއީ އޭގެ ސަބަބުން މި އިދާރާތަކުން ދައުލަތަށް ކުރާ އިތުބާރު ގެއްލި ހިނގައިދާނެ ކަމެއްކަމާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ މާޗް މަހާ ހަމައަށްވެސް ބޮޑު ނުވެދާނެ ކަމުގެ ކަންބޮޑުވުން އޮތުމާއެކު، މި ކަންތައް އަވަސްކޮށްދިނުމަށް އެދި ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މައްސަލަ ވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު