Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިހާބު

ރޯދައިގެ ފަހަށް މަޖިލިސް އިންތިހާބު ބާއްވަން ގެނައި އިސްލާހު ތަސްދީގުނުކުރާތީ ކުއްލި މައްސަލައެއް

21 ފެބުރުއަރީ 2024 | ބުދަ 08:06

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ފެބުރުއަރީ 2024 | ބުދަ 08:06
ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)

ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)

ރޯދައިގެ ފަހަށް މަޖިލިސް އިންތިހާބު ބާއްވަން ގެނައި އިސްލާހު ތަސްދީގުނުކުރާތި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ކުއްލި މައްސަލަ ހުށަހަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. މި މައްސަލައިގައި ބުނެފައިވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައި ބިލު، ރައްޔިތުންގެ މަޖިލީހުން ވަނީ 11 ފެބްރުއަރީ 2024 ވަނަ ދުވަހު ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާފައި ކަމަށެވެ.

Advertisement - newsAdvertisement

އަދި ބިލު ފޮނުވާފައިވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ބިލު ތަސްދީގުކުރާނެކަމުގެ އެއްވެސް އިޝާރާތެއް ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އަދި 19 ފެބްރުއަރީގައި އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވެފައިވާއިރު، ގާނޫނު އަސާސީގެ 191 ވަނަ މާއްދާގެ (ނ) ގެ ދަށުން ބިލު ތަސްދީގުނުކޮށް، އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ނުލައްވާ ވަގުތު ބޭކާރުކޮށް ބިލު ހިފަހައްޓަވައިގެން ހުންނަވަނީ ސަރުކާރުން ބޭނުންވާ ގޮތަށް މާޗްމަހުގެ 17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ބެލެވޭ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހާއި ދިމާވާތީ ރޯދަ މަހުގެ 10 ދުވަސް ފަހުން އިިންތިހާބު ބާއްވަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް ރޯދަ މަހު އިންތިހާބު ބޭއްވުމުން ދިމާވާނެ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމަށް ބުނެފައިވެއެވެ. އަދި މިގޮތަށް އެ ބަދަލު ގެނައުމަށް ސަރުކާރަށް ނިސްބަތްވާ ޕީޕިއެމް ޕީއެންސީ ކޯލިޝަން ހިމެނޭހެން ހުރިހާ މެންބަރުންގެ ތާއީދާއެކުގައި ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

ނަމަވެސް މި ބިލު ތަސްދީގުނުކޮށް ހިފަހައްޓަވައިގެން ހުންނެވުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ތާރީހަކާއި މެދު އޮޅުންބޮޅުން އަރާ ހާލަތަކަށް ރައްޔިތުން ތިބެން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށާއި، މި ހައްސާސީ މައްސަލައަށް އަވަށް ހައްލެއް ހޯދުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިޖްރާއަތްތަކާއި އެއްގޮތަށް ފުރުސަތު ދިނުމަށް ބިލު ތަސްދީގުކުރުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

މި މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ކުއްލި މައްސަލަ ބަލައިގަނެފައެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް 23 މެންބަރުން ވޯޓު ދެއްވި އިރު މައްސަލަ ބަލައި ނުގަތުމަށް ވޯޓު ދެއްވީ 1 މެންބަރެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް